Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލ އަތޮޅު އެއާޕޯޓު

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

ލާމު އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މާވަށު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި. ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ބޮޑު ތާއީދެއް ދިން އެ ރަށުގެ ރައްޔިތުން ބުނާ ގޮތުގައި، އެއާޕޯޓު އެހެން ރަށެއްގައި އެޅުމަކީ އެމީހުން ކުރި އިތުބާރަށް ލިބުނު ދެރައެއް ކަމުން، މި ނިންމުން މުރާޖައާކޮށްދިނުމަށް އެދޭ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޖޫން 2026 | އާދީއްތަ 09:39
ހައްދުންމަތީ މާވަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ހައްދުންމަތީ މާވަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން | ރައީސް އޮފީސް

ލާމު އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެ އަތޮޅު މާވަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މި ނިންމުން ހާމަކުރުމާ ގުޅިގެން، މާވަށުގައި ތިބި ސަރުކާރު ހިންގާ ޕީއެންސީގެ އާންމު މެމްބަރުންނާއި ބައެއް ރައްޔިތުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.

އެ ރަށުގެ ރައްޔިތުން ތައްޔާރުކުރަމުންދާ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މާވަށަކީ ތާރީޚީ ގޮތުންނާއި ޖިއޯގްރަފީ ގޮތުން ބަލާއިރު ދަތުރުފަތުރާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ރަށެވެ.

މާވަށު ރައްޔިތުން ބުނާ ގޮތުގައި އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމި ދުވަހަކީ އެ ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެ، މުޅި ރަށް މާޔޫސްކަމުގެ ތެރެއަށް ވައްޓާލި ކަޅު ދުވަހެކެވެ. އެހެން ހުރިހާ ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބޮޑަށް އެ ރަށުގެ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއްގެ ޚިދުމަތް ކަމަށާއި، އެއީ ރަށުގެ އެކަހެރިކަން ނައްތާލުމަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށްވެސް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

މި މައްސަލައިގައި ރަށުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި މާވަށަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ދެވަނައަށް އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދިން ދާއިރާއެވެ. އަދި އެ ރަށުގެ ރައްޔިތުން ސަރުކާރު ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީވެސް އެއާޕޯޓުގެ ބޭނުމުގައި ކަމަށް ރައްޔިތުން ބުނެއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން ރަށުގެ ކޮމިއުނިޓީ ގުރޫޕުތަކުގައި އާންމު މެމްބަރުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. މިކަމުގެ ސަބަބުން ރަށުގެ ސިޔާސީ މަސްރަހު ގަޑުބަޑުވެފައިވާކަން ފާހަގަކުރަމުން، ޕެޓިޝަންގައި ޖުމުލަކޮށް ބުނެފައިވަނީ، މިއީ އެމީހުން ކުރި އިތުބާރަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

މާވަށު ރައްޔިތުން ތައްޔާރުކުރާ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ޕެޓިޝަންގެ މައިގަނޑު ބޭނުމަކީ އެއާޕޯޓު އެޅުމަށް ނިންމާފައިވާ ނިންމުން މުރާޖައާކޮށް، މާވަށު ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންކަން ނިންމުމަށް ސަރުކާރަށް ބާރު އެޅުމެވެ.

ލާމު އަތޮޅުގައި މިހާރުވެސް ކައްދޫގައި އެއާޕޯޓެއް ހިންގަމުން އަންނައިރު، އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެއާޕޯޓު އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ކަނޑައަޅައި، އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އައު އެއާޕޯޓެއްގެ މަޝްރޫއު އިއުލާނުކޮށްފައި މިވަނީ، ކުރީގެ ސަރުކާރުން ފަށާފައިވާ އަދި މި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި އެކި ރަށްރަށުގައި ކުރިއަށްދާ އެއާޕޯޓު މަޝްރޫއުތައްވެސް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރިކަން ފާހަގަކުރެވެއެވެ.

ލ.މާވަށްލ.އިސްދޫކަލައިދޫޑރ. މުޙައްމަދު މުޢިއްޒުކައްދޫޕީއެންސީ

އިތުރަށް ކިޔާލަން

28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
27 ޖޫން 2026

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

27 ޖޫން 2026
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ޖޫން 2026

ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް

27 ޖޫން 2026
ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް
26 ޖޫން 2026

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026
އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު
26 ޖޫން 2026

އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު

26 ޖޫން 2026
އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު
25 ޖޫން 2026

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު

25 ޖޫން 2026
ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ

25 ޖޫން 2026
ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ
25 ޖޫން 2026

ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި

25 ޖޫން 2026
ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި
24 ޖޫން 2026

އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި

24 ޖޫން 2026
އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު