Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްއާމިރު ޚާން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން އާއި ގޯރީ ސްޕްރެޓް ކައިވެނި ކުރަނީ

4 ޖުލައި 2026 | ހޮނިހިރު 08:30

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން އާއި ގޯރީ ސްޕްރެޓްގެ ކައިވެނި އަންނަ އާދީއްތަ ދުވަހު މުމްބާއީގައި ބޭއްވުމަށް ވަނީ ނިންމާފައި. އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނަށް އެކަނި ދައުވަތު ދީގެން ބާއްވާ މި ހަފުލާގައި ދެ ފަރާތުގެ ކުރީގެ ކައިވެނިތަކަށް ލިބިފައިވާ ދަރިންވެސް ބައިވެރިވާނެ. އާމިރުގެ 60 ވަނަ އުފަންދުވަހު އާންމުންނަށް ތައާރަފުކުރި ގޯރީއަކީ ލަންޑަނުން މަތީ ތައުލީމު ހާސިލުކޮށްގެން މުމްބާއީގައި ސެލޫންއެއް ހިންގަމުން އަންނަ ފަރާތެއް.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 08:30
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން (މެދުގައި)، އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓް (ވ) އަދި ދަރިފުޅު އާޒާދު ރާއޯ ޚާންއާއެކު، މުމްބާއީގައި ބޭއްވި ހިންދީ ފިލްމު 'ސިތާރޭ ޒަމީން ޕަރ' ގެ ސްކްރީނިންގްގެ ތެރެއިން ފޮޓޯއަކަށް ހުއްޓިލައިގެން.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން (މެދުގައި)، އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓް (ވ) އަދި ދަރިފުޅު އާޒާދު ރާއޯ ޚާންއާއެކު، މުމްބާއީގައި ބޭއްވި ހިންދީ ފިލްމު 'ސިތާރޭ ޒަމީން ޕަރ' ގެ ސްކްރީނިންގްގެ ތެރެއިން ފޮޓޯއަކަށް ހުއްޓިލައިގެން. | ގެޓީ އިމޭޖަސް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން، އޭނާގެ ބައިވެރިޔާ ގޯރީ ސްޕްރެޓްއާ އަންނަ އާދީއްތަ ދުވަހު ކައިވެނި ކުރާނެކަން ކަށަވަރުކޮށްދީފި އެވެ. މި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީގައި ހުންނަ އާމިރު ޚާންގެ ގޭގައި، އާއިލާގެ ގާތް މީހުންގެ ބައިވެރިވުމާއެކުގަ އެވެ.

އޭއެންއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން އާމިރު ޚާން ބުނީ، އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު އޭނާ ކައިވެނިކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދުވަހަކީ އެ ދެމީހުންނަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި، ކައިވެނީގެ ރަސްމިއްޔާތު ވަރަށް އާދައިގެ ގޮތަކަށް ގޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ހިންދީ ބަހުން އޭނާ ބުންޏެވެ.

ހިންދީ ސިނަމާގެ އެންމެ ނުފޫޒުގަދަ އެއް ތަރި ކަމަށްވާ އާމިރު ޚާން އަކީ "ލަގާން"، "ލާލް ސިންގް ޗައްޑާ" އަދި "ދަންގަލް" ފަދަ ފިލްމުތަކުން ބައިނަލްއަގުވާމީ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާ މި ކައިވެނީގެ ޚަބަރު ހިއްސާކުރީ، މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އުފައްދާ އޭނާގެ ކުރިއަށް އޮތް ސީރީޒް "ޕްރީތަމް އެންޑް ޕެޑްރޯ" ގެ ސްކްރީނިންގ ގެ ތެރެއިންނެވެ.

އާމިރު ޚާން އިތުރަށް ބުނީ، އެ ދެމީހުންގެ އުފާވެރި ދިރިއުޅުމަށް އެދި ހެޔޮދުއާ ކޮށްދިނުމަށެވެ. އަދި މި ކައިވެނީގެ ހަފުލާއަކީ ހަމައެކަނި އާއިލާގެ މެންބަރުންނާއި ކުޑައިރުގެ މަދު ރަހުމަތްތެރިންގެ މެދުގައި ބާއްވާ ވަރަށް ކުޑަ އަދި ޕްރައިވެޓް ހަފުލާއެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

ދަ އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކައިވެނި ރަޖިސްޓްރީ ކުރުން އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ގިނަ ފިލްމީ ތަރިންތަކެއް ދިރިއުޅޭ މުމްބާއީގެ މުއްސަނދި އަވަށެއް ކަމަށްވާ ބަންދްރާގައި ހުންނަ އާމިރު ޚާންގެ ގޭގަ އެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމުން ބޭރުން އަންނަ އާއިލީ މެންބަރުން ހިމެނޭހެން ގާތްގަނޑަކަށް 150 މެހެމާނުން މި ހަފުލާގައި ބައިވެރިވާނެ އެވެ. އަދި މި ދެމީހުންގެ ކުރީގެ ކައިވެނިތަކަށް ލިބިފައިވާ ދަރިން މި ރަސްމިއްޔާތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ.

މީގެ ތެރޭގައި އާމިރު ޚާންގެ ފުރަތަމަ ކައިވެނި ރީނާ ދައްތާއަށް ލިބިފައިވާ ދެ ދަރިން ކަމަށްވާ ޖުނައިދު ޚާން އާއި އީރާ ޚާންގެ އިތުރުން، ދެވަނަ ކައިވެނި ކިރަން ރާއޯއަށް ލިބިފައިވާ ދަރިފުޅު އާޒާދު ރާއޯ ޚާން ހިމެނެ އެވެ. މީގެ އިތުރުން ގޯރީ ސްޕްރެޓްގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިފުޅުވެސް މި ރަސްމިއްޔާތުގައި ބައިވެރިވާނެ އެވެ.

ޝާހްރުކް ޚާން އާއި ސަލްމާން ޚާންއާއެކު ހިންދީ ސިނަމާގެ "ތިން ޚާނުން" ގެ ތެރޭގައި ހިމެނޭ އާމިރު ޚާން އަކީ، ފާއިތުވި 40 އަހަރެއްހާ ދުވަހުގެ ތެރޭގައި މަދު ނަމަވެސް ފެންވަރު ރަނގަޅު އަދި ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ.

އާމިރު ޚާން އެންމެ ފުރަތަމަ ކައިވެނިކުރީ 1986 ވަނަ އަހަރު ރީނާ އަށެވެ. އެ ކައިވެނި 2002 ވަނަ އަހަރު ރޫޅުނު ފަހުން، އޭނާ 2005 ވަނަ އަހަރު ކިރަން ރާއޯއާ ކައިވެނިކުރި އެވެ. ކިރަންއާ އޭނާ ދިމާވީ "ލަގާން" ފިލްމުގެ މަސައްކަތުގެ ތެރެއިންނެވެ. އެ ދެމީހުން 2021 ވަނަ އަހަރު ވަކިވި ނަމަވެސް، ދަރިފުޅު ބެލުމުގެ ކަންކަމުގައި ދެމީހުން ގުޅިގެން މަސައްކަތް ކުރެ އެވެ.

އާމިރު ޚާން، ގޯރީ ސްޕްރެޓްއާއެކު އޮތް ގުޅުން ރަސްމީކޮށް ހާމަކުރީ 2025 ވަނަ އަހަރުގެ މާޗް މަހު އޭނާގެ 60 ވަނަ އުފަންދުވަހުގެ ފާހަގަކުރުމުގެ ތެރެއިންނެވެ. އެ ދުވަހު މީޑިއާއަށް ގޯރީ ތައާރަފުކޮށްދެމުން އޭނާ ވަނީ "ބޫވަންއަށް އެންމެ ފަހުން އޭނާގެ ގޯރީ ފެނިއްޖެ" ކަމަށް ބުނެ ސަމާސާކޮށްފަ އެވެ. މިއީ "ލަގާން" ފިލްމުގައި އޭނާ ކުޅުނު ކެރެކްޓަރާއި އެ ފިލްމުގެ ބަތަލާއަށް ނިސްބަތްކޮށް ބުނި ވާހަކަ އެކެވެ.

އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބެންގަލޫރަށް އުފަން ގޯރީ ސްޕްރެޓް އަކީ އާންމުކޮށް މީޑިއާގެ ކުރިމައްޗަށް ނުކުމެ އުޅޭ މީހެއް ނޫނެވެ. ޔުނިވާސިޓީ އޮފް ދަ އާޓްސް ލަންޑަނުން ސްޓައިލިންގް އަދި ފޮޓޯގްރަފީ ކިޔަވާފައިވާ ގޯރީ މިހާރު ހިންގަނީ މުމްބާއީގައި ހުންނަ ސެލޫންއެކެވެ.

މިދިޔަ އޭޕްރީލް މަހު ނަވްބާރަތު ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އާމިރު ޚާން ބުނީ، ގޯރީއާ ބައްދަލުވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި، އޭނާގެ ސަބަބުން ހިތްހަމަޖެހުން ލިބޭ ކަމަށެވެ. އަދި އޭނާގެ ދިރިއުޅުން ފުރިހަމަވީ މިހާރު ކަމަށް އިހުސާސްކުރެވޭ ކަމަށްވެސް އާމިރު ޚާން ބުންޏެވެ.

އާމިރު ޚާންގޯރީ ސްޕްރެޓްމުމްބާއީބޮލީވުޑް

އިތުރަށް ކިޔާލަން

30 މެއި 2026

އެކިފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

30 މެއި 2026
އެކިފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުވާކޮށްފި
12 އެޕްރީލު 2026

ބޮލީވުޑްގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

12 އެޕްރީލު 2026
ބޮލީވުޑްގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ
28 ޖެނުއަރީ 2026

މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ދަތުރުކުރެއްވި ބޯޓު ވެއްޓިއްޖެ

28 ޖެނުއަރީ 2026
މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ދަތުރުކުރެއްވި ބޯޓު ވެއްޓިއްޖެ
24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
21 އޮކްޓޯބަރު 2025

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ
10 އޮކްޓޯބަރު 2024

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް
22 މެއި 2024

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

22 މެއި 2024
އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
13 އޯގަސްޓު 2022

'ލާލް ސިންގ ޗައްޑާ'ގެ ބައެއް ސީންތަކާއި ގުޅިގެން އާމިރު ޚާން އާއި ދެކޮޅަށް މައްސަލަ އެއް!

13 އޯގަސްޓު 2022
'ލާލް ސިންގ ޗައްޑާ'ގެ ބައެއް ސީންތަކާއި ގުޅިގެން އާމިރު ޚާން އާއި ދެކޮޅަށް މައްސަލަ އެއް!
31 މެއި 2022

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ
07 ފެބުރުއަރީ 2022

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

07 ފެބުރުއަރީ 2022
ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް