Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖިންސީ ގޯނާގެ މައްސަލަތައް

އެކިފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އަލީ އަފްލަހުގެ މައްޗަށް ޖުމްލަ 6 ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައިފި. މީގެ ތެރޭގައި މަހްރަމަކާއެކު ޖިންސީ އަމަލު ހިންގުމާއި، ކުއްޖާ ގްރޫމްކުރުމުގެ އިތުރުން އަދުލު އިންސާފަށް ހުރަސްއެޅުމުގެ ދައުވާ ހިމެނޭއިރު، އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ. ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އޭނާ ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް އެކި ފަހަރުމަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 30 މެއި 2026 | ހޮނިހިރު 12:40
"ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަލީ އަފްލަހު: އޭނާގެ މައްޗަށް ކުރަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ފަހަރުމަތިން  ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު

"ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަލީ އަފްލަހު: އޭނާގެ މައްޗަށް ކުރަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ފަހަރުމަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު | މޯލްޑިވްސް ޕޮލިސް ސާރވިސް

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ފަހަރުމަތިން  ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، "ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ދައުވާކޮށްފި އެވެ.

ރާއްޖެއެމްވީ މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އެކިދުވަސްމަތިން އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ، އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް އަފްލަހު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު އަފްލަހުގެ މައްޗަށް ޖުމްލަ 6 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި ޖިންސީ ކުށުގެ ޤާނޫނު ގެ 21 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ އާއި ކުޑަކުންދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123 ވަނަ މާއްދާއާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ. 

ޕީޖީ އޮފީހުން ބުނީ އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ވެސް ހިމެނޭ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅެފަ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އެނބުރި ރާއްޖެ އައުމާ އެކުގަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި އަފްލަހު މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މި މައްސަލައިގައި މީގެ ކުރިން ފުލުހުން ވަނީ އަފްލަހު އެ ކުއްޖާއަށް އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައިވާ ކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ބުނެފަ އެވެ. 

ބްރައިޓް މައިންޑްސްއަލީ އަފްލަހުޕްރޮސެކިއުޓަރ ޖެނެރަލްމުމްބާއީޖިންސީ ގޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

19 މެއި 2026
އީޝާއަށް ދައުވާކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޕީޖީ

އީޝާއަށް ދައުވާކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޕީޖީ

18 މެއި 2026
ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު

ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު

12 މެއި 2026
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވައި އޭސީސީ އިން ކުންފުންޏަށް ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް: ޕޮޕިއުލަރ މޯލްޑިވްސް

އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވައި އޭސީސީ އިން ކުންފުންޏަށް ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް: ޕޮޕިއުލަރ މޯލްޑިވްސް

10 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު