Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ

މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ދަތުރުކުރެއްވި ބޯޓު ވެއްޓިއްޖެ

ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހާމަކޮށްފައިވާ ފުރަތަމަ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި ބޯޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ވެސް ސަލާމަތްވެފަ އެއް ނުވޭ.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 06:54
ވެއްޓުނު ލިއަރޖެޓް 45 އަކީ ކެނެޑާގެ ބޮމްބާޑިއަރ އެއަރޯސްޕޭސް ކުންފުނިން އުފައްދާފައިވާ މެދު ސައިޒުގެ ބިޒްނަސް ޖެޓް މަތިންދާބޯޓެކެވެ. 1995 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު މި މޮޑެލްގެ ބޯޓުތައް އުފެއްދި މުއްދަތުގައި، އެ ކުންފުނިން ވަނީ މިފަދަ ގާތްގަނޑަކަށް 640 މަތިންދާބޯޓު އުފައްދާފައެވެ.

ވެއްޓުނު ލިއަރޖެޓް 45 އަކީ ކެނެޑާގެ ބޮމްބާޑިއަރ އެއަރޯސްޕޭސް ކުންފުނިން އުފައްދާފައިވާ މެދު ސައިޒުގެ ބިޒްނަސް ޖެޓް މަތިންދާބޯޓެކެވެ. 1995 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު މި މޮޑެލްގެ ބޯޓުތައް އުފެއްދި މުއްދަތުގައި، އެ ކުންފުނިން ވަނީ މިފަދަ ގާތްގަނޑަކަށް 640 މަތިންދާބޯޓު އުފައްދާފައެވެ. | އިންޑިއަން އެކްސްޕްރެސް

މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ދަތުރުކުރެއްވި ބޯޓު ވެއްޓިއްޖެ އެވެ.

އިންޑިއާގެ ލޯކަލް މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓިފައިވަނީ، އުދުހެމުން ދިޔަތާ ގާތްގަނޑަކަށް 35 މިނެޓު ފަހުން ކަމަށް ފްލައިޓް ޓްރެކިންގ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހާމަކޮށްފައިވާ ފުރަތަމަ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި ބޯޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ވެސް ސަލާމަތްވެފައެއް ނުވެ އެވެ.

މިއީ ނުރައްކާތެރި، ސީރިއަސް ހާދިސާއަކަށް ވުމާއެކު، އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ބެލެވެ އެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ "ވީއެސްއާރު އޭވިއޭޝަން" އިން އޮޕަރޭޓްކުރާ، ރަޖިސްޓްރީ ނަންބަރު VT-SSK ގެ މި "ލިއަރޖެޓް 45" މަރުކާގެ ބޯޓު މުމްބާއީގެ ޗަޓްރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލީ ބުދަ ދުވަހު ހެނދުނު 8:10 ހާއިރު އެވެ. ނަމަވެސް، ފްލައިޓްރާޑަރ24 ގެ މައުލޫމާތުތަކަށް ބަލާއިރު، 8:45 ހާއިރު މި ބޯޓު ވަނީ ރާޑަރުން ގެއްލިފަ އެވެ. ބޯޓު ދަތުރުކުރި މަގަށް ބަލާއިރު، ބާރާމަތީ އެއާޕޯޓަށް ޖައްސަން ތައްޔާރުވުމުގެ ގޮތުން ރަންވޭއާ އެޕްރޯޗް ކުރަން ބޯޓު ބުރެއް ޖަހާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން، ޓްރެކަރުން ބޯޓުގެ މައުލޫމާތު ވަނީ ގެއްލިފަ އެވެ.

ބާރާމަތީ ގައި ހިނގި ނުރައްކާތެރި މި ވައިގެ ހާދިސާ ގައި މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަމުގެ ކުއްލި ސިހުމާއި ފުން ހިތާމަ ފާޅުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މޯދީ ވަނީ، ޕަވާރަކީ އާންމު ރައްޔިތުންނާ ނުހަނު ގާތް ގުޅުމެއް ބޭއްވި، މަހާރާޝްތުރާގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި، ގިނަ ބައެއްގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"ޝްރީ އަޖިތު ޕަވާރު ޖީ އަކީ އާންމު ރައްޔިތުންގެ މެދުގައި މަގުބޫލު، އަދި ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން މަސައްކަތް ކުރެއްވި ލީޑަރެކެވެ. މަހާރާޝްތުރާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އެންމެ ކުރީ ސަފުގައި ހުންނަވައިގެން އޭނާ ދެއްކެވި ހީވާގީ މަސައްކަތްތެރިކަމަށްޓަކައި އޭނާ އަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

އަޖިތު ޕަވާރުމަހާރާޝްޓުރާމުމްބާއީޗަޓްރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓުވީއެސްއާރް އޭވިއޭޝަންބާރާމަތީމަތިންދާބޯޓު ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޮނީޝިއާގެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާ އެކު ގެއްލުނު މަތިންދާ ބޯޓުގެ ބައިތައް ފެނިއްޖެ

އިންޑޮނީޝިއާގެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާ އެކު ގެއްލުނު މަތިންދާ ބޯޓުގެ ބައިތައް ފެނިއްޖެ

18 ޖެނުއަރީ 2026
އިންޑޮނޭޝިޔާގެ ފަރުބަދަމަތީ ސަރަޙައްދަކަށް 11 މީހުންނާއެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަން ފަށައިފި

އިންޑޮނޭޝިޔާގެ ފަރުބަދަމަތީ ސަރަޙައްދަކަށް 11 މީހުންނާއެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަން ފަށައިފި

17 ޖެނުއަރީ 2026
ދުބާއީ އެއާޝޯ ގައި އުދުހެމުން ދިޔަ އިންޑިއާގެ ފައިޓާ ޖެޓެއް ވެއްޓި ޕައިލެޓް މަރުވެއްޖެ

ދުބާއީ އެއާޝޯ ގައި އުދުހެމުން ދިޔަ އިންޑިއާގެ ފައިޓާ ޖެޓެއް ވެއްޓި ޕައިލެޓް މަރުވެއްޖެ

21 ނޮވެމްބަރު 2025
ޔޫޕީއެސް ކާގޯ މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ

ޔޫޕީއެސް ކާގޯ މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025
އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

22 މެއި 2024

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު