Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ބޮލީވުޑް

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

އާސްރާނީ ވަނީ އެތައް ބައިވަރު މަޝްހޫރު ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ޝޯލޭ"، "ނަމަކް ހަލާލް"، "ޗުޕްކޭ ޗުޕްކޭ"، "ބާޒީގަރު" އަދި "އަމަރް އަކްބަރް އެންތަނީ" ފަދަ ކްލާސިކް ފިލްމުތައް ހިމެނެއެވެ. ކޮމެޑީ ރޯލްތަކުގެ އިތުރުން، އޭނާ ވަނީ ސީރިއަސް ކެރެކްޓަރުތަކުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ޕަރފޯމަންސްތަކެއް ދައްކުވައިދީފައެވެ.

ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 12:10
އިންޑިއާގެ ބޮލީވުޑްގެ އެކްޓަރު އާސްރާނީ

އިންޑިއާގެ ބޮލީވުޑްގެ އެކްޓަރު އާސްރާނީ

ގޮވަރދަން އަސްރާނީ، ގިނަ ބަޔަކަށް ހަމައެކަނި އަސްރާނީގެ ނަމުން މަޝްހޫރު އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ އެވެ. އޭނާގެ އުމުރަކީ 84 އަހަރެވެ.

އަސްރާނީ މަރުވި ޚަބަރު ހާމަ ކުރީ އޭނާގެ މެނޭޖަރު ބާބޫ ބާއީ ތިބާ އެވެ. ތިބާ ބުނި ގޮތުގައި އަސްރާނީ މަރުވީ އޮކްޓޯބަރު 20 ވަނަ ދުވަހުގެ މުންބާއީ ސިޓީގެ ހޮސްޕިޓަލެއްގައެވެ. އޭނާ ހޮސްޕިޓަލަށް އެޑްމިޓްކޮށްފައިވަނީ 4 ދުވަސް ކުރިން ނޭވާލުމުގެ ދަތިކަން ދިމާވުމާ ގުޅިގެންނެވެ.

އަސްރާނީގެ ދިގު މުއްދަތުގެ ކެރިއަރުގައި ހިންދީ އަދި ގުޖަރާތީ ސިނެމާގައި 50 ށް ވުރެ ގިނަ އަހަރު ހޭދަކުރިއެވެ. މި މުއްދަތުގެ ތެރޭގައި 400 އަށްވުރެ ގިނަ ހިންދީ އަދި ގުޖުރާތީ ފިލްމުތަކުގައި އޭނާ ފެނިގެން ދިޔައެވެ. އަދި ޚާއްޞަކޮށް ކޮމެޑީގެ ދާއިރާ އިން އޭނާގެ ހުނަރުވެރިކަމަށްޓަކައި ވަރަށް ގިނަ ބައެއްގެ ސަޕޯޓް ހާސިލު ކުރިއެވެ.

އަސްރާނީ އުފަންވީ 1 ޖެނުއަރީ 1941 ގައި އޭރުގެ ބްރިޓިޝް އިންޑިއާގެ ރާޖަސްތާން ސްޓޭޓްގެ ޖައިޕޫރު ސިޓީ ގައެވެ. އަސްރާނީ ނިސްބަތްވީ މެދުފަންތީގެ ޢާއިލާއަކަށެވެ. ކިޔަވަމުން ދިޔައިރު ޖައިޕޫރުގެ އޯލް އިންޑިއާ ރޭޑިއޯގައި އަޑު އަޅާ މީހެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އޭގެފަހުން 1962 ގައި ފިލްމީ ދާއިރާއަށް ވަނުމަށްޓަކައި މުންބާއީ އަށް ބަދަލުވިއެވެ.

އޭނާ ރަސްމީކޮށް ތަމްރީނު ހޯދީ ޕޫނޭ ގެ ފިލްމް އެންޑް ޓެލެވިޜަން އިންސްޓިޓިއުޓް އޮފް އިންޑިއާ (އެފްޓީއައިއައި) އިންނެވެ. އެތަނުން 1966 ގައި ގްރެޖުއޭޓްވިއެވެ. އަދި ޖެހިގެން އައި އަހަރު 1967 ގައި "ހަރޭ ކާންޗް ކީ ޗޫރިޔާން" ނަމަކަށް ކިޔުނު ފިލްމުން ހިންދީ ފިލްމުތަކުގައި ފުރަތަމަ ފަހަރަށް ފެނިގެން ދިޔައެވެ.

އަސްރާނީ އޭނާގެ ކެރިއަރު ފެށީ ސީރިއަސް އަދި ސަޕޯޓިންގ ރޯލްތަކުން ނަމަވެސް، އޭނާގެ ހަޤީޤީ ހުނަރު ފާހަގަކުރެވުނީ ކޮމެޑީ އަދި ހަނދާންނައްތާނުލެވޭ ފަދަ ކެރެކްޓަރު ރޯލްތަކުންނެވެ. އޭނާގެ ފުރަތަމަ ފެނިލުންތަކުގެ ތެރޭގައި "ސަތްޔަކަމް" (1969) އަދި "މޭރޭ އަޕްނޭ" (1971) ހިމެނެއެވެ. ނަމަވެސް އޭނާގެ ކޮމެޑީ ޓައިމިންގ ގެ ސަބަބުން 1970 އަދި 1980 ގެ އަހަރުތަކުގައި ހިންދީ ސިނަމާ ގައި ވަރަށް މުހިންމު ޝަޚުސިއްޔަތެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައެވެ.

އޭނާގެ ކެރިއަރުގެ ތެރޭގައި، އަސްރާނީ ވަނީ އެތައް ބައިވަރު މަޝްހޫރު ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ޝޯލޭ"، "ނަމަކް ހަލާލް"، "ޗުޕްކޭ ޗުޕްކޭ"، "ބާޒީގަރު" އަދި "އަމަރް އަކްބަރް އެންތަނީ" ފަދަ ކްލެސިކް ފިލްމުތައް ހިމެނެއެވެ.

އާސްރާނީ މަރުވި ޚަބަރާ އެކު، އިންޑިއާގެ ފިލްމީ ސިނާޢަތުގެ މަޝްހޫރު އެތައް ފަންނާނުންނެއް ހިތާމަ ފާޅު ކުރުމުގެ ޕޯސްޓުތައް ސޯޝަލް މީޑިއާ ގައި ޖަހާފައިވެއެވެ.

އަސްރާނީހިންދީ ސިނަމާބޮލީވުޑް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

07 ފެބުރުއަރީ 2022
ލަތާ މަންގޭޝްކަރު: 36 ބަހަކުން ހާހަކަށްވުރެ ގިނަ ލަވަ ރެކޯޑު ކޮށްފައިވޭ

ލަތާ މަންގޭޝްކަރު: 36 ބަހަކުން ހާހަކަށްވުރެ ގިނަ ލަވަ ރެކޯޑު ކޮށްފައިވޭ

06 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު