Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްލާލް ސިންގ ޗައްޑާ

'ލާލް ސިންގ ޗައްޑާ'ގެ ބައެއް ސީންތަކާއި ގުޅިގެން އާމިރު ޚާން އާއި ދެކޮޅަށް މައްސަލަ އެއް!

އެ ފިލްމުން އަސްކަރިއްޔާ އާއި ހިންދޫންގެ ގަދަރަށް އުނިކަން އަންނަ ކަމަށް ތުހުމަތުކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޯގަސްޓު 2022 | ހޮނިހިރު 18:07
ލާލް ސިންގ ޗައްޑާގެ ފިލްމުގެ މަންޒަރެއް

ލާލް ސިންގ ޗައްޑާގެ ފިލްމުގެ މަންޒަރެއް

ހިންދީ ފިލްމް، ލާލް ސިންގ ޗައްޑާގެ ބައެއް ސީންތަކާއި ގުޅިގެން އެ ފިލްމްގެ ބަތަލް އާމިރު ހާން އާއި ދެކޮޅަށް މައްސަލަ އެއް ހުށަހަޅައިފިއެވެ.

ހުކުރު ދުވަހު އިންޑިއާގެ ދިއްލީ އަށް ނިސްބަތްވާ ލޯޔަރަކު ދިއްލީ ފުލުހުންނަށް ހުށަހެޅި އެ މައްސަލަ އަކީ އާމިރު ހާންގެ އެ ފިލްމުގެ ބައެއް މަންޒަރުތަކުން އިންޑިއާގެ އަސްކަރިއްޔާ އާއި ހިންދޫންގެ ގަދަރަށް އުނިކަން އަންނަ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. އެޑްވޮކޭޓް ވިނީތް ޖިންދާލް އެ މައްސަލަ ހުށަހަޅާފައި ވަނީ ފިލްމުގެ ބަތަލުގެ އިތުރުން ފިލްމް އުފައްދާ ފަރާތާއި ދެކޮޅަށެވެ.

އެގޮތުން އެ ފިލްމުގައި ބުއްދި ސަލާމަތުން ނެތް މީހަކު އަސްކަރިއްޔާ އަށް ވައްދާ ކާގިލް ހަނގުރާމައިގައި ބައިވެރިވާން ހުއްދަ ދީފައިވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެންނަމަވެސް ކާގިލް ހަނގުރާމައިގައި ބައިވެރިކުރީ ފުރިހަމަ އަސްކަރީ ތަމްރީނު ލިބިފައިވާ މީހުން ކަމަށް ވާއިރު އެ ހަގީގަތް އޮޅުވާލާފައި ވަނީ އަސްކަރިއްޔާގެ އަގު ވައްޓާލަން ކަމަށް ވިނީތް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ހިންދޫންގެ ދީނަށް މަލާމާތްކޮށް އެ ފިލްމުގެ ބައެއް ޑައިލޮގްތައް ހިމަނާފައިވާތީ އެ މައްސަލަ ބަލާދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ. މިއީ އިންޑިއާގައި އޮތް ދީނީ ހިލާލު ތަފާތު ވުންތައް ބޮޑުވެ ހަމަނުޖެހުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އަދްވައިތް ޗަންދަން ޑައިރެކްޓްކޮށްފައިވާ ލާލްސިންގ ޗައްޑާ އަކީ ހޮލީވުޑްގެ ފޮރެސްޓް ގަމްޕް އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުން މޯނާ ސިންގ އާއި ކަރީނާ ކަޕޫރުގެ އިތުރުން ނަގާ ޗައިތަންޔާ ފަދަ ތަރިން ފެނިގެންދެއެވެ.

އާމިރު ޚާންބޮލީވުޑް ލައިފް

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2021

ބޮލީވުޑްގެ ތަރި ރާޖުކުމާރު ރާއޯ 11 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާއާ ކައިވެނިކޮށްފި

15 ނޮވެމްބަރު 2021
ބޮލީވުޑްގެ ތަރި ރާޖުކުމާރު ރާއޯ 11 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާއާ ކައިވެނިކޮށްފި
03 ޖުލައި 2021

އާމިރު ސިންގަލްވި ކަން އެނގޭތަ؟

03 ޖުލައި 2021
އާމިރު ސިންގަލްވި ކަން އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު