Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ބޮލީވުޑް

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

އިންޑިއާގެ ފިލްމީ ލެޖެންޑް "ހީ-މޭން" ދަރުމެންދުރާ 89 އަހަރުގައި ހޯމަ ދުވަހު މަރުވެއްޖެ އެވެ. 60 އަހަރަށްވުރެ ދިގު ފިލްމީ ހަޔާތުގައި 250 އަށް ވުރެ ގިނަ ފިލްމުތަކުގައި އެކްޓްކޮށް "ޝޯލޭ" ފަދަ ބޮލީވުޑްގެ ބޮޑެތި ކާމިޔާބީތަކުގައި އޭނާގެ ހިއްސާ ބޮޑުކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 10:25
ދަރުމެންދުރާ

ދަރުމެންދުރާ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ އެވެ.

ހޯމަ ދުވަހު ދަރުމެންދުރާ މަރުވި ކަން އިންޑިއާގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ އިރު، އޭނާ އަކީ އިންޑިއާގެ ސިނަމާގައި ފަސްދޮޅަސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ހަރަކާތްތެރިވެފައިވާ، އެ ގައުމުގެ އެންމެ މަޝްހޫރު، އަދި ގިނަ ދުވަސްތަކެއް ވަންދެން ފިލުމް އިންޑަސްޓްރީ އަށް ޚިދުމަތް ކުރި ތަރިންގެ ތެރޭގައި ހިމެނޭ ލެޖެންޑެކެވެ.

މަރުވި އިރު އޭނާގެ އުމުރަކީ 89 އަހަރެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި އޭނާ އަށް މުންބާއީގެ ހޮސްޕިޓަލެއްގައި ނޭވާލާ ނިޒާމުގެ މައްސަލަތަކާ ގުޅިގެން ފަރުވާދިނުމަށް ފަހު، ފަހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ހިންދީ ސިނަމާގެ "ހީ-މޭން" ގެ ނަމުން އެތައް ޖީލުތަކަކަށް މަޝްހޫރުވެފައިވާ ދަރުމެންދުރާ، އަކީ އެކްޓިންގެ އާދަޔާ ޚިލާފު ހުނަރުވެރި ފަރާތެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން 1960 ގެ އަހަރުތަކުން ފެށިގެން ދަރުމެންދުރާ އަކީ އެތައް ހާސް ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

އޭނާ 250 އަށް ވުރެ ގިނަ ފިލްމު ތަކުގައި އެކްޓް ކޮށްފައި ވެއެވެ. މިފިލްމުތަކުގެ ތެރޭގައި ބޮލީވުޑް ގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ހިމެނޭ "ޝޯލޭ،" "ޕޫލް އައުރު ޕައްތަރ،" "ސައްތުޔާކަމް،" "ޗުޕްކޭ ޗުޕްކޭ،" "ސީތާ އައުރު ގީތާ،" "ޔާދޯ ކީ ބާރާތު،" "ލޯފަރ،" "ބްލެކްމެއިލް" އަދި "ޖުގްނޫ" ފަދަ ފިލްމުތައް ހިމެނެއެވެ.

ދަރުމެންދުރާބޮލީވުޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

07 ފެބުރުއަރީ 2022
ލަތާ މަންގޭޝްކަރު: 36 ބަހަކުން ހާހަކަށްވުރެ ގިނަ ލަވަ ރެކޯޑު ކޮށްފައިވޭ

ލަތާ މަންގޭޝްކަރު: 36 ބަހަކުން ހާހަކަށްވުރެ ގިނަ ލަވަ ރެކޯޑު ކޮށްފައިވޭ

06 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު