Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލަތާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވުން

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ލަތާގެ ވަކިވުމަކީ އިންޑިއާއަށް ގެއްލިގެން ދިޔަ ތަރިކަ އެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2022 | ހޯމަ 01:30
މަޝްހޫރު ލަވަކިޔުންތެރިތާ ލަތާ މަންގޭޝްކަރު

މަޝްހޫރު ލަވަކިޔުންތެރިތާ ލަތާ މަންގޭޝްކަރު

އިންޑިޔާގެ މަޝްހޫރު ލެޖެންޑްރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ލަތާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ލަތާ މަރުވުމުގެ ހިތާމަފާޅު ކުރައްވާ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަތާގެ ވަކިވުމަކީ އިންޑިއާއަށް ގެއްލިގެން ދިޔަ ތަރިކައެއް ކަމަށެވެ. ލަތާގެ ތަފާތު ލަވަތަކުން އަދިވެސް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ހިތްހަމަޖެހުން ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލަތާ މަރުވުމުން އޭނާގެ އާއިލާއާ އިންޑިއާގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އުމުރުން 92 އަހަރުގެ ލަތާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު ކޮވިޑުން ފަސޭހަވެފައި ވީނަމަވެސް އޭނާ މަރުވިއިރު ގެންދިޔައީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވީއިރު، އޭނާ ވަނީ ނިއުމޯނިއާއަށްވެސް ފަރުވާކޮށްފައެވެ.

ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ލަތާ މަންގޭޝްކަރަށް ފަރުވާދިން ޑޮކްޓަރ، ޑރ.ޕްރެޓިޓް ސަމްދާނީ ވިދާޅުވި ގޮތުގައި, ވެންޓިލޭޓަރުގައި ފަރުވާދޭން ފެށީ ލަތާގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުންނެވެ. ޑޮކްޓަރުން ދިޔައީ އޭނާގެ ޙާލަތު ގާތުން މޮނިޓަރ ކުރަމުންނެވެ. އޭނާ މަރުވެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

36 ބަހަކުން ހާހަކަށްވުރެ ގިނަ ލަވަ ރެކޯޑު ކޮށްފައިވާއިރު، އޭނާގެ ލަވަތަކަކީ ބެލުންތެރިންގެ މެދުގައި ނުހަނު މަޤްބޫލު ލަވަތަކެއްވެސްމެއެވެ. އޭނާގެ ޖަނާޒާގެ ކަންކަންވެސް ކުރިއަށް ގެންދިޔައީ ދައުލަތުގެ އިއްޒަތާއި ޝަރަފާއެކުއެވެ. ދެ ދުވަހުގެ ހިތާމަފާޅު ކުރުންވެސް އެ ޤައުމުގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވެއެވެ. ހަމައެއާއެކު ޤައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާއިރު، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ލަތާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާގެ ‘ނައިޓިންގޭލް’ ލަތާ މަންގޭޝްކަރު ވަނީ ލަވަކިޔުމުގެ ދާއިރާއިން ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

ލަތާގެ ހިތްގައިމު އަދި އަޑު އަހާލަން ފަސޭހަ ލަވަތަކުގެ ތެރޭގައި "ތުމްސޭ ނަޒަރް" އާއި "ބާހޯމެ ޗަލެ އާއޯ" ގެ އިތުރުން "މެހްބޫބު މެރޭ" ފަދަ ބެލުންތެރިންގެ މެދުގައި މަޤުބޫލުވެގެންދިޔަ ލަވަތައް ފާހަގަކޮށްލެވެއެވެ.

ބޮލީވުޑްރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު