Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަޕާން

ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި

ޖަޕާނުގެ އޮސާކާ ފުލުހުން "އައިކޯ" ނަމަކަށް ކިޔާ އޭއައި އެވަޓާއެއް ތައާރަފްކުރީ، އެ ގައުމުގައި އާންމުވަމުންދާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުން ރައްޔިތުން ހޭލުންތެރިކުރުވުމަށް. ޒުވާނުންނާއި ދުވަސްވީ މީހުންނަށް އަމާޒުކޮށް ޔޫޓިއުބް މެދުވެރިކޮށް އައިކޯ ދޭ އިރުޝާދުތަކަކީ، އަހަރަކު 2 ބިލިއަން ޑޮލަރުގެ ގެއްލުންވަމުންދާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ފެށި މުހިންމު މަސައްކަތެއް.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 16:02
ޗީފް އައިކޯގެ ކްރައިމް ޕްރިވެންޝަން ކްލާހުގައި ކިޔައިދޭ ގޮތުގައި، ފުލުހުންގެ އެއްވެސް އޮފިސަރަކު އެމީހުންގެ އައިޑީ ކާޑާއި ހައްޔަރު ކުރުމުގެ އަމުރު (އެރެސްޓް ވޮރަންޓް) އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ނުދައްކާނެ

ޗީފް އައިކޯގެ ކްރައިމް ޕްރިވެންޝަން ކްލާހުގައި ކިޔައިދޭ ގޮތުގައި، ފުލުހުންގެ އެއްވެސް އޮފިސަރަކު އެމީހުންގެ އައިޑީ ކާޑާއި ހައްޔަރު ކުރުމުގެ އަމުރު (އެރެސްޓް ވޮރަންޓް) އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ނުދައްކާނެ | ސްކްރީން އިމޭޖް

ޖަޕާނުގައި ރެކޯޑް މިންވަރަކަށް އިތުރުވަމުންދާ މަކަރާއި ހީލަތުގެ މައްސަލަތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ "ޕޮލިސް ޗީފް" އެއް އެ ގައުމުން ބޭނުންކުރަން ފަށައިފި އެވެ.

"އައިކޯ" (AIko) ގެ ނަމުން ނަންދެވިފައިވާ މި އޭއައި އެވަޓާ ތައާރަފްކޮށްފައިވަނީ އޮސާކާ ޕްރިފެކްޗަރަލް ޕޮލިހުންނެވެ. މިއީ ދުވަސްވީ މީހުންގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ، އޮޅުވާލުމުގެ ނުރައްކާތެރި އަމަލުތަކުން ރައްޔިތުން ސަލާމަތްކުރުމަށް ފެށި ކެމްޕޭނެއްގެ ބައެކެވެ.

ޒުވާން އަންހެނެއްގެ ސިފަޔާއި އަޑު ހިމަނައިގެން ޔޫޓިއުބް މެދުވެރިކޮށް ފެންނަ އައިކޯ، އާންމުންނަށް އިންޒާރުދެނީ ވީޑިއޯ ކޯލް މެދުވެރިކޮށް ފުލުހެއް ކަމަށް ބުނެ މީހަކު ވާހަކަދައްކާނަމަ އެއީ ޔަގީނުންވެސް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށެވެ. އައިކޯ ތައާރަފްކޮށްފައި މިވަނީ، ވޭތުވެދިޔަ އަހަރު އެކަނިވެސް އިންވެސްޓްމަންޓްތަކާއި، ލޯބީގެ މަޅިތަކާއި، ފުލުހުންނާއި މަޝްހޫރު މީހުންގެ ނަމުގައި ހިންގި މަކަރާއި ހީލަތުގެ މުއާމަލާތްތަކުން 2 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ.

އޭއައި (AI) އާއި ޖަޕާނު ބަހުން އަންހެން ކުދިންގެ ނަމުގެ ފަހަތަށް އިތުރުކުރާ "ކޯ" (ko) ގުޅުވައިގެން ނަންދީފައިވާ އައިކޯ ފުރަތަމަ ފެނިފައިވަނީ މިދިޔަ މެއި މަހުގެ ފަހުކޮޅު އޮސާކާ ފުލުހުންގެ ޔޫޓިއުބް ޗެނަލުންނެވެ. ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވީޑިއޯތަކުގައި، މަކަރުވެރިން މީހުންނަށް އޮޅުވާލާ ގޮތާއި، އެފަދަ ކަންކަން ދެނެގަންނާނެ ގޮތް އޭނާ ކިޔައިދެ އެވެ. "ޗީފް އައިކޯސް ކްރައިމް ޕްރިވެންޝަން ކްލާސް" ގެ ނަމުގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ހަނދާންކޮށްދީފައިވަނީ، އެއްވެސް ފުލުހަކު އިންޓަނެޓް މެދުވެރިކޮށް އައިޑީ ކާޑާއި ހައްޔަރުކުރުމުގެ އަމުރު ނުދައްކާނެ ކަމަށެވެ.

ފުލުހުން އުންމީދު ކުރަނީ، އާންމުކޮށް ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ، ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މަޅިތަކުގައި ޖެހުމުގެ ފުރުސަތު ބޮޑު ޒުވާނުންގެ މެދުގައި މި ވާޗުއަލް އޮފިސަރު މަގުބޫލުވާނެ ކަމަށެވެ. މި އާ އުސޫލަކީ ޖަޕާނުގައި މަކަރާއި ހީލަތް ހިންގާ ގޮތަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވާލާފައިވާ ސިޔާސަތެކެވެ.

ކިޔޯޑޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އޮސާކާގައި މަކަރާއި ހީލަތުގެ ޝިކާރައަކަށްވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ އުމުރުން 64 އަހަރުން ދަށުގެ މީހުންނެވެ. މީގެއިން އެނގެނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައަކީ ހަމައެކަނި ދުވަސްވީ މީހުންނަށް ކުރިމަތިވާ ކަމެއް ނޫން ކަމެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ފުލުހުންނާއި، މަޝްހޫރު އިންވެސްޓްމަންޓް އެޑްވައިޒަރުންނާއި، އަދި ލޯބިވެރިންގެ ގޮތުގައި ހެދިގެން ތިބެ ކުށްވެރިން ދަނީ މީހުންނަށް އޮޅުވާލަމުންނެވެ.

އައިކޯ އުފެއްދުމުގެ ފަހަތުގައި ހުންނެވީ ކަގާވާ ޔުނިވާސިޓީގެ ސައިބަރ ސެކިއުރިޓީ ސެންޓަރުގެ ވިޒިޓިންގް ޕްރޮފެސަރު ތޮޝިނޯރީ ހިރާނޯ އެވެ. އޭނާއަކީ މީގެ ކުރިންވެސް އޮސާކާ ފުލުހުންނާއެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހިރާނޯ ކިޔޯޑޯ ނިއުސްއަށް ވިދާޅުވި ގޮތުގައި، އޭނާގެ އުންމީދަކީ ޓެކްނޮލޮޖީގެ އެހީގައި ކުށްތަކުން ސަލާމަތްވުމަށް އާންމުން ހޭލުންތެރިވާ މިންވަރު އިތުރުކުރުމެވެ.

ޖަޕާނުގެ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ގިނަ ގްރޫޕްތައް ހަރަކާތްތެރިވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގަ އެވެ. ހާއްސަކޮށް މިޔަންމާ އަދި ކެމްބޯޑިއާގެ ބޯޑަރު ސަރަހައްދުތަކުގައި މިފަދަ ނެޓްވޯކްތައް ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން، ޖަޕާނުގެ ނޭޝަނަލް ޕޮލިސް އެޖެންސީގެ އިސްވެރިން ދާދިފަހުން ވަނީ ކެމްބޯޑިއާގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ ޖަރީމާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށާއި، ޖަޕާނުގެ ރައްޔިތުން ހިމެނޭ މައްސަލަތަކުގެ ތަހުގީގުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެކަނިވެސް، ދެކުނު އިރުމަތީ އޭޝިއާގައި ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ޖަޕާނުގެ 30 އަށްވުރެ ގިނަ ރައްޔިތުން ވަނީ ހައްޔަރުކޮށްފަ އެވެ.

އައިކޯ ތައާރަފްކުރުމަކީ ސަރުކާރުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް ވައްދަން ޖަޕާނުން ކުރަމުންދާ ބޮޑު މަސައްކަތުގެ ބައެކެވެ. ޖަޕާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ޑިޖިޓަލް އެޖެންސީން ދަނީ "ގެންނައި" (Gennai) ގެ ނަމުގައި އޭއައި ޕްލެޓްފޯމެއް ތައާރަފްކުރަން ތައްޔާރުވަމުންނެވެ. މިއީ ސަރުކާރުގެ 39 އިދާރާއެއްގައި މަސައްކަތްކުރާ 180،000 އެއްހާ މުވައްޒަފުންނަށް ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ގާނޫނީ ދިރާސާތައް ކުރުމާއި، ތަރުޖަމާ ކުރުމުގެ އިތުރުން ގާނޫނު ހަދާ މަޖިލީހަށް ދޭންޖެހޭ ޖަވާބުތައް ތައްޔާރުކުރުމުގައި އެހީތެރިވުމަށް އުފައްދާ ސިސްޓަމެކެވެ.

ޖަޕާނު ސަރުކާރުން ބުނާ ގޮތުގައި، މި ސިސްޓަމްގެ ސަބަބުން އިދާރީ މަސައްކަތްތައް ލުއިވެގެންދާނެ އެވެ. އަދި މިއީ ސިއްރު މައުލޫމާތު ބޭރުވިޔަ ނުދިނުމަށްޓަކައި ރައްކާތެރި ނެޓްވޯކެއްގެ ތެރޭގައި ހިންގާ ސިސްޓަމެއް ކަމަށާއި، މީގެ ބޭނުމަކީ ސަރުކާރުގެ ހުރިހާ ދާއިރާއެއްގައި އޭއައި ބޭނުންކުރުން އަވަސްކުރުން ކަމަށްވެސް ސަރުކާރުން ހާމަކުރެ އެވެ.

ޖަޕާންއާޓިފިޝިއަލް އިންޓެލިޖެންސްއައިކޯ

އިތުރަށް ކިޔާލަން

29 ޖޫން 2026

ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

29 ޖޫން 2026
ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
28 ޖޫން 2026

ގޫގުލުން މެޓާއަށް ޖެމިނައި ބޭނުންކުރުމުގެ ހުއްދަ ހަނިކޮށްފި

28 ޖޫން 2026
ގޫގުލުން މެޓާއަށް ޖެމިނައި ބޭނުންކުރުމުގެ ހުއްދަ ހަނިކޮށްފި
25 ޖޫން 2026

މެމަރީގެ އަގު ބޮޑުވުމުން އެޕަލްއިން ޕްރޮޑަކްޓްތަކުގެ އަގު އުފުލަނީ

25 ޖޫން 2026
މެމަރީގެ އަގު ބޮޑުވުމުން އެޕަލްއިން ޕްރޮޑަކްޓްތަކުގެ އަގު އުފުލަނީ
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
23 ޖޫން 2026

ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި

23 ޖޫން 2026
ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި
21 ޖޫން 2026

އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި

21 ޖޫން 2026
އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި
17 ޖޫން 2026

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި

17 ޖޫން 2026
އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި
16 ޖޫން 2026

ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި

16 ޖޫން 2026
ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި
16 ޖޫން 2026

ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި

16 ޖޫން 2026
ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި
16 ޖޫން 2026

ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި

16 ޖޫން 2026
ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު