Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ ކޯޕަރޭޝަން

ރާއްޖޭގެ އަސްކަރިއްޔާ އަށްވުރެ ފެނަކައިގެ މުވައްޒަފުން ގިނަ: ބޮންޑާ

3 ޖުލައި 2026 | ހުކުރު 08:41

ބޮންޑާ ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ އަދަދު 8،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، އެއީ ރާއްޖޭގެ މުޅި އަސްކަރިއްޔާއަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށް. މި ސަރުކާރުން ބޭކާރު ގޮތުގައި ވަޒީފާތައް އިތުރުކޮށް ހަރަދުތައް ބޮޑުކުރުމުގެ ސަބަބުން ދައުލަތުގެ ފައިސާ ހުސްވަމުންދާ ކަމަށާއި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަނީ ސަރުކާރަށް ކަންކަން މެނޭޖްކުރަން ނޭނގުމުން ކަމަށް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖުލައި 2026 | ހުކުރު 08:41
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ވަނީ އަތޮޅުތެރޭގެ ބްރާންޗުތަކުން ގިނަ މީހުންނަށް ވަޒީފާ ދީފައި.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ވަނީ އަތޮޅުތެރޭގެ ބްރާންޗުތަކުން ގިނަ މީހުންނަށް ވަޒީފާ ދީފައި. | ކޯޕަރޭޓް މޯލްޑިވެސް

ދިވެހިރާއްޖޭގެ އަސްކަރިއްޔާ އަށްވުރެ ފެނަކާ ކޯޕަރޭޝަން ލިމިޓެޑުގައި މަސައްކަތް ކުރާ މުވައްޒަފުން ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ބޮންޑާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިގައި މަސައްކަތް ކުރަމުންދިޔައީ 3000 މުވައްޒަފުން ކަމަށާއި، އެ އަދަދު އިތުރުވެ، އެކަމުގެ ކަންބޮޑުވުން އޭރު ވެސް ފާޅުކުރި ކަމަށެވެ. އަދި މުވައްޒަފުން މަދު ކުރުމަށް އަންގައި، ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީކޮށް، މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުން ހުރިހާ ގޯސްކަމެއްގައި ކުރީ ސަރުކާރު ކުށްވެރި ކުރަމުން ގެންދާއިރު، މިސަރުކާރުގައި ފެނަކައިގެ މުވައްޒަފުންގެ އަދަދު 3000ން 8000ށް ވުރެ މައްޗަށް އިތުރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ބޮންޑާ ވިދާޅުވީ އަސްކަރިއްޔާގައި ސިފައިން ހަރަކާތްތެރިވާ މިންވަރަށް ވުރެ އިތުރަށް އިންޖީނުގެތައް ހިންގުމަށް ފެނަކައިގައި މަސައްކަތް ކުރާ މީހުންގެ އަދަދުތައް އިތުރު ކަމަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގެ އަސްކަރިއްޔާ. އަސްކަރިއްޔާގެ މައްޗަށް އެބައޮތް ލާޒިމްކުރޭ ކަންކަމެއް. އަސްކަރިއްޔާގައި އޮންނާނެ ފަޔަރފައިޓަރސް. އަލިފާން ނިއްވާ ބަޔަކު ވެސް ތިބޭނެ. އަދި މުޅި އަތޮޅުތެރެ އާއި ރަށުތެރެ ކޯސްޓުގާޑެއް ވެސް އޮންނާނެ. ޔުނިޓެއް ވެސް އޮންނާނެ. ރިޒަރވް ސިފައިން ވެސް ތިބޭނެ. މިހެންގޮސް އަސްކަރީ އަދި ވައިގެ ސިފައިން ވެސް ތިބޭނެ. ވައިގެ ބަނދަރުތައް ބަލަހައްޓާ އެކި ބަނދަރުތަކުގެ ސިފައިން ވެސް ތިބޭނެ. މި ހުރިހާ އެންމެން އެއްކޮށްލީމަ މިވަނީ ކިހާވަރެއްތޯ؟ ލަފާކޮށްލާފަ. 5000 ހަމަނުވޭ. މުޅި ދިވެހިރާއްޖޭގެ އަސްކަރިއްޔާ ބަޑިގުދަނާ ހުރިހާ ތަންތަނުގައި މި ތިބި ހުރިހާ އެންމެ އެއްކޮށްލީމަ ވެސް 5000 ހަމަނުވޭ. ފެނަކަ އެކަނި 8000 މީހުން. މިއީ އިންޖީނުގެއެއް ހިންގަން އުޅޭ ބައެއް.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) 

ބޮންޑާ ވިދާޅުވީ ރާއްޖެއިން ފައިސާ ހުސްވަމުން ދަނީ މިސަރުކާރުގެ ބޭކާރު ހަރަދުތަކުގެ ސަބަބުން ކަމަށެވެ. އަދި ފެނަކައަށް އެކަނި މަސައްކަތެއް ނެތި ގިނަ މުވައްޒަފުންތަކެއް ވައްދާފައިވާއިރު، އެއީ ފެންނަން އޮތް މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ބޮންޑާ ވިދާޅުވީ، ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުން ދަނީ ކުރީ ސަރުކާރުންގެ ސަބަބުން ނޫން ކަމަށާއި، މިސަރުކާރަށް ކަންކަން ރަނގަޅަށް މޭނޭޖްކޮށް ހިންގަން ނޭނގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފެނަކަ ކޯޕަރޭޝަންދިވެހި އަސްކަރިއްޔާއިބްރާހީމް ރަޝީދު (ބޮންޑާ)

އިތުރަށް ކިޔާލަން

25 ޖޫން 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

25 ޖޫން 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
21 ޖޫން 2026

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026
މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި
20 ޖޫން 2026

ހަތަރު މަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިން ވަކިވާން އެދިއްޖެ

20 ޖޫން 2026
 ހަތަރު މަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިން ވަކިވާން އެދިއްޖެ
19 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖޫން 2026

ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި

15 ޖޫން 2026
ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި
04 ޖޫން 2026

ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި

04 ޖޫން 2026
ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި
04 ޖޫން 2026

8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

04 ޖޫން 2026
8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ
03 ޖޫން 2026

ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

03 ޖޫން 2026
ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
27 މެއި 2026

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

27 މެއި 2026
ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް