Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފެނަކަ

ހަތަރު މަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިން ވަކިވާން އެދިއްޖެ

ފެނަކައިގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ހަތަރު މަހުގެ މުސާރަ ދޭ ގޮތަށް ހުޅުވާލި ފުރުސަތުގައި، އަމިއްލައަށް ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ވަނީ ހުށަހަޅާފަ. ކުންފުނީގެ މުސާރައަށް މަހަކު 90 މިލިއަން ރުފިޔާ ހޭދަވާކަން ފާހަގަކުރައްވައި، އެމްޑީ މުޙައްމަދު ޢަފީފް ވިދާޅުވީ މި ފިޔަވަޅަކީ މަސައްކަތެއް ނެތް މުވައްޒަފުން ގިނަވުމުގެ ސަބަބުން ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ބުރަ ކުޑަކުރުމަށް ކުރާ މަސައްކަތެއް ކަމަށް. ނަމަވެސް، މިއީ ސިޔާސީ ގޮތުން ވަކި ބަޔަކު ވަޒީފާއިން ވަކިކުރުމަށް ކުރާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 10:35
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް | ކޯޕަރޭޓް މޯލްޑިވެސް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ކުރިއަށްގެންދާ "ރައިޓްސައިޒް" ކުރުމުގެ މަސައްކަތުގެ ދަށުން، އެ ކުންފުނިން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅައިފި އެވެ.

މިއީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ނަމުގައި ކުރިއަށްގެންދާ އިސްލާހީ މަސައްކަތުގެ ބައެއް ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

ފެނަކަ އިން މިމަހުގެ ފުރަތަމަ ދުވަހު މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ. މި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ މުވައްޒަފުންނަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސައިން ވިދާޅުވީ، ކުންފުނި އިސްލާހު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 97 މުވައްޒަފަކު އަމިއްލައަށް ވަކިވާން ހުށަހަޅާފައިވާ ކަމަށެވެ.

އަފީފު ވިދާޅުވި ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، އެ ކުންފުނީގެ މުވައްޒަފުންގެ ޖުމްލަ އަދަދު 8000 އަށް އަރަ އެވެ. ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭ ކަމަށް ޢަފީފް ވިދާޅުވި އެވެ.

ޢަފީފް އިތުރަށް ވިދާޅުވި ގޮތުގައި، ކުންފުނީގައި މިހާރު ތިބި ބައެއް މުވައްޒަފުންގެ ތެރޭގައި ލިޔަންކިޔަން ނޭނގޭ މީހުންނާއި، ޑިއުޓީ ގަޑީގައި މަސައްކަތަށް ނުގޮސް ގޭގައި ނިދަން ތިބޭ މީހުންވެސް ހިމެނެ އެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތަކެއްވަމުންދާ ކަމަށާއި، މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ނުހުންނަނީ މިފަދަ އިސްރާފުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ އިސްލާހީ މަސައްކަތުގެ ދަށުން، ކުރާނެ މަސައްކަތެއް ނެތް ބައެއް މުވައްޒަފުން ވަޒީފާއިން ވަކިވަމުންދާކަން އަފީފު ފާހަގަކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފެނަކަ އަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންތިޚާބުތަކާ ދިމާކޮށް އެންމެ ގިނަ ބަޔަކަށް ވަޒީފާ ދިން ކުންފުންޏެވެ. އަދި މިހާރު ތަފާތު ޕޮލިސީތައް ހަދައިގެން ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަކީ ސަރުކާރާ ފިކުރު ތަފާތު މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަށް ހިންގާ ސިޔާސީ އަމަލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

ފެނަކަ ކޯޕަރޭޝަންރައިޓްސައިޒިންމުހައްމަދު އަފީފު ހުސައިން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު

ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު

06 ޖޫން 2026
ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި

ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި

04 ޖޫން 2026
8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

04 ޖޫން 2026
ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

03 ޖޫން 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު