Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026 | ހުކުރު 04:07

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރަން ތާއީދު ނުކުރައްވާ ކަމަށާއި، ދިވެހިން ބޭނުންވަނީ ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓާނެ ޔުނިޓަރީ ދައުލަތެއް އޮންނަ ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުތައް އަވަސްއަވަހަށް ބަދަލުވުމުގެ ފުރުސަތު އޮތްއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުން ކުރިން ސާފު ނިންމުމެއް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވި. އެހެންކަމުން، މަދު ބަޔަކު ބޭނުންވި ނަމަވެސް، ގައުމުގެ ހަމަޖެހުން ގެއްލޭ ފަދަ ނިޒާމަކަށް ބަދަލުވުމަކީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި.

ރާއްޖެ އެމްވީ | 26 ޖޫން 2026 | ހުކުރު 04:07
ނޭޝަންޗެޓް: އެޕިސޯޑް 2 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.

ނޭޝަންޗެޓް: އެޕިސޯޑް 2 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. | ރައީސް އޮފީސް

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދޭ، "ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ 2ވަނަ އެޕިސޯޑްގައި ހުކުރު ވިލޭރޭ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement

އެ ގޮތުން، ވެރިކަމުގެ ނިޒާމާ މެދު ދިވެހިން އޮތީ ކުރިން ގޮތް ނިންމާފައި ކަމަށާއި ދިވެހިންގެ އެއްބައިވަންތަ ކަމަށް އަސަރު ކުރާ ނިޒާމެއް ބޭނުމެއް ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ފެންނަ، ނުފެންނަ ވޯޓަށް އިޝާރާތް ކުރައްވާ، ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު ވަރަށް ސާފު ނިންމުމެއް ދިވެހިން ނިންމާފައިވާ ކަމަށެވެ.

"ދިވެހިން އެދެނީ އެ ޚާއްސަ ސިފަތައް ދަމަހައްޓަން. އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މަދު ބަޔަކު އެގޮތަށް ތާއީދުކޮށްފާނެ. އެ ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމީމަ" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ތާއީދު ނުކުރައްވާކަން ފާޅު ކުރައްވާ، މިއީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެކަށީގެންވާ ދަނޑިވަޅުތޯ ސުވާލު ކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ ނިޒާމަކަށް ރާއްޖެ ހިންގަމުންދާ އިރު، ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނެސްފި ނަމަ ރާއްޖެ އަށް ވެގެންދާނެ ގޮތް ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށެވެ.

"އަހަރަކު އެއްފަހަރު ވެސް ބަދަލުވެދާނެ ބޮޑުވަޒީރު، ދެން ރައްޔިތުން ކައިރީ އަހާލުމެއް ނެތް އެ ބޮޑުވަޒީރު ބަދަލުވީ. ދެން އަނެއްކާ އެހެން މީހަކާ ހަވާލުވާންވީ، އެހެންވީމާ އެކަލަހަ ނިޒާމެއް ނޫން ރައްޔިތުން ބޭނުންވީކީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ބަރުލަމާނީ ނިޒާމަކީ ގައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ނިޒާމެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ. އެ ގޮތުން، ރާއްޖެ އަކީ ވަކިވަކި ރަށްތަކުގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއިއެކު، ދިވެހިން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ނިޒާމެއް ކަމަށާއި، އެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

"އެހެންވީމާ މި ނިޒާމު މިއޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަވާފައި. އެހެންވީމާ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާ ގޮތް މިއީ،" ރައީސް ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީބަރުލަމާނީ ނިޒާމްރިޔާސީ ނިޒާމުނޭޝަން ޗެޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖޫން 2026

އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު

26 ޖޫން 2026
އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު
25 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!

25 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!
25 ޖޫން 2026

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު

25 ޖޫން 2026
ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ

25 ޖޫން 2026
ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ
25 ޖޫން 2026

ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި

25 ޖޫން 2026
ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
24 ޖޫން 2026

އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި

24 ޖޫން 2026
އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
24 ޖޫން 2026

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި

24 ޖޫން 2026
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް