Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޙީ

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި ހައްލުކޮށްދިނުމަކީ ވަޒީރުންގެ ޒިންމާއަކަށް ވާއިރު، އެކަމަށް ވަކި އޮފީހެއް ހުޅުވަން ޖެހުމަކީ ސަރުކާރުގެ ނާކާމިޔާބީއެއް ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު ބޮޑުވުމާއި މަޝްރޫއުތައް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނާ ކުރިމަތިލާން ރައީސަށް ކެރިވަޑައިނުގަންނަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. އަދި ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ނުރުހުން އޮތްކަން ފާހަގަކުރައްވައި، ރައީސަކީ ކޮންމެ ފަދަ ހާލަތެއްގައިވެސް ރައްޔިތުންގެ އަޑުއަހާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް މޫސަ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖޫން 2026 | ބުރާސްފަތި 04:19
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު | ރާއްޖެ އެމްވީ

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި މޫސަ ވިދާޅުވީ، ރައްޔިތުން ގެންނަ ޝަކުވާތައް އަޑުއަހާފައި އެކަންކަން ޙައްލުކޮށްދެވޭ ބަޔަކު މިއަދު ކެބިނެޓުގައިވެސް ނެތް ކަމަށެވެ. އެހެންނަމަވެސް ހަގީގަތުގައި މި ކަންކަން ޤާނޫނުތަކާ އެއްގޮތަށް ކޮށްދިނުމަކީ ވަޒީރުންގެ ޒިންމާއެއް ކަމަށާއި، ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލައި އެކަންކަން ޙައްލުކޮށްދިނުން ވަޒީރުންގެ މަސައްކަތްތަކުގެ ތެރޭގައިވެސް ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނީވެސް އެފަދަ ސަބަބުތަކާހެދި ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިނގީ ތަފާތުކޮށް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި އެންމެ ފުރަތަމަ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސާފުކޮށްފައި ވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި އެކަންކަން ޙައްލުކޮށްދެވޭނެ ގޮތްތަކުގެ މެނިފެސްޓޯތައް އެކުލަވާލާފައިވާ ކަމަށާއި، ރައްޔިތުންގެ ޙައްޤުތައް ކިޔާދީ އެކަމުގެ ވަކި ނިޒާމެއް އޭރު ޤާއިމުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި ރައީސް ރަށްރަށަށްވެސް ވަޑައިނުގެންނެވީ ރައްޔިތުންގެ ޝަކުވާ އަޑުއައްސަވަން ބޭނުންނުވާތީ ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ. އެގޮތުން މަޝްރޫއުތައް ހުއްޓިފައި ހުރުމާއި، ބޭސް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، ކަރަންޓު ނެތުން ފަދަ އެތައް ކަމެއް ހުރުމާއެކު ރައީސަށް ރައްޔިތުންގެ ގާތަށް ދާން ކެރިވަޑައިނުގެންނެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި ރައީސް ރަށްރަށަށްވެސް ވަޑައިނުގެންނެވީ ރައްޔިތުންގެ ޝަކުވާ އަޑުއައްސަވަން ބޭނުންނުވާތީ، އެގޮތުން މަޝްރޫއުތައް ހުއްޓިފައި ހުރުމާއި، ބޭސް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، ކަރަންޓު ނެތުން ފަދަ އެތައް ކަމެއް ހުރުމާއެކު ރައީސަށް ކެރިވަޑައިނުގެންނެވީ ރައްޔިތުންގެ ގާތަށް ދާން،
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު 

އެހެންނަމަވެސް ރައީސަކަށް ހުންނަވާ ބޭފުޅަކީ ރައްޔިތުން އެއްޗެހިކީނަމަވެސް އަޑުއައްސަވަން ކެރޭ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ ވަނީ މި ސަރުކާރުގެ މާލީ އަދި އިޤްތިސާދީ ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު ރައްޔިތުން ނުހަނު ނުރުހިފައި ތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

 

រީކޯ މޫސާ މަނިކުއެމްޑީޕީ20 ވަނަ ރައްޔިތުންގެ މަޖިލީސްރާއްޖެ ޓީވީ

އިތުރަށް ކިޔާލަން

24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
24 ޖޫން 2026

މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު

24 ޖޫން 2026
މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
24 ޖޫން 2026

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

24 ޖޫން 2026
"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

ދިވެހި ވިޔަފާރިވެރިންނަށް ފައިސާ ދެއްކުން ލަސްވެގެންދާއިރު، މިނިސްޓްރީން ދެއްކި ބަހަނާއަކީ އިދާރީ މައްސަލަ ހުރިކަމަށް ބުނުން!

23 ޖޫން 2026
ދިވެހި ވިޔަފާރިވެރިންނަށް ފައިސާ ދެއްކުން ލަސްވެގެންދާއިރު، މިނިސްޓްރީން ދެއްކި ބަހަނާއަކީ އިދާރީ މައްސަލަ ހުރިކަމަށް ބުނުން!
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
22 ޖޫން 2026

އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި

22 ޖޫން 2026
އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި
22 ޖޫން 2026

ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

22 ޖޫން 2026
ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު