Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދ. ކުޑަހުވަދޫ

މި ސަރުކާރުގައި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެންމެ މަގެއް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިނުވޭ

ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުގެ މަސައްކަތްތައް މިހާރު ހުއްޓިފައިވާތީ އެ ދާއިރާގެ ރައީސް ޝާތިރު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 9 މަގެއްގައި ޕޭމަންޓު ހަދައި ހޮޅި އަޅާފައިވީ ނަމަވެސް، މި ސަރުކާރު އައިފަހުން އެންމެ މަގެއްގައި ވެސް ތާރުއަޅާފައި ނުވާކަން އޭނާ ފާހަގަކުރެއްވި. މި މަޝްރޫއަކީ 122 މިލިއަން ރުފިޔާ ހޭދަކޮށްގެން 450 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 28 މެއި 2026 | ބުރާސްފަތި 07:17
ދ.ކުޑަހުވަދޫ މަގެއްގައި ގައު ޖެހުމުގެ މަސައްކަތް ކުރަނީ.

ދ.ކުޑަހުވަދޫ މަގެއްގައި ގައު ޖެހުމުގެ މަސައްކަތް ކުރަނީ. | އާރްޑީސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ދ. ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެންމެ މަގެއް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިނުވާކަން ހާމަވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވަނީ އެ ދާއިރާގެ ރަށްތަކުގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

ކުޑަހުވަދޫ އަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެ ވަނަ ފޭސްގެ އަމަލީ މަސައްކަތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާކޮށް ފެށި ކަމަށެވެ.

ނަމަވެސް އިންތިޚާބަށްފަހު އަމަލީ މަސައްކަތް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުޑަހުވަދޫގެ މަގުތަކުގައި ތާރު އެޅުމަށްޓަކައި ގެނެސްފައިވަނީ މާމިގިލިން ކަމަށާއި، އެއީ އެރަށުގެ މަގުތަކުގައި އަޅަން ގެނެސްފައި ހުރި ތާރު ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

ކުޑަހުވަދޫގެ މަގު ޕްރޮޖެކްޓަކީ ވަރަށް ބާރު ސްޕީޑްގައި ގެންގޮސް ނިންމާލާނެ ކަމަށް ވަދުވެ ކުޑަހުވަދޫގައި ދެ ވަނަ ފޭސްގެ މަސައްކަތުގައި ސޮއިކުރެއްވި މުއިއްޒު. މިދަންނަވާ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު. އެ ޕްރޮޖެކްޓްގައި ވެސް އަދި މިއަދާ ހަމައަށް މިއުޅެނީ އެންމެ މަގެއްގައި ވެސް ތާރު ނޭޅިގެން ތިން އަހަރަށް މިދަނީ. ތިން އަހަރުވާން މިދަނީ މުއިއްޒު އެމަސައްކަތް އެއީ އެމްޑީޕީ ސަރުކާރުގައި ކޮށްކޮށް ހުރި މަސައްކަތެއް. އަލުން ފެށި މަސައްކަތެއް ނޫން. ކުރަމުން ކުރަމުން ދިޔަ މަސައްކަތެއް އެމްޑީޕީ ސަރުކާރު ނިމުނު އިރުގައި 9 މަގުގައި ޕޭމަންޓު ހަދާ ނިންމާ ހޮޅިތައް އަޅާ ނިންމާފައި އޮންނާނީ. މިސަރުކާރަށް 3 އަހަރު ވީއިރު އަދި އެ މަގުތަކުގައި އަދި ތާރު ނޭޅޭ. އިތުރު މަގެއްގައި މަސައްކަތް ކުރުމުގެ ބަދަލުގައި އޭރުގައި އެމްޑީޕީ ސަރުކާރުގައި މަސައްކަތް ކޮށްފައި އޮތްތަނެއްގައި ވެސް ތާރު ނޭޅޭ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން 

ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ނިންމާފައިވެ އެވެ. 

ފޭސް ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމަޝްރޫއު އާރްޑީސީއާ ހަވާލު ކޮށްފައިވަނީ 450 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އަދި މިމަޝްރޫއަށް 122 މިލިއަން ރުފިޔާ ހޭދަވާނެ ކަަމަށް ސަރުކާރުން ބުނެ އެވެ.

ޝާތިރު އަބްދުއްރަހްމާންއާރްޑީސީދ.ކުޑަހުވަދޫ

އިތުރަށް ކިޔާލަން

25 މެއި 2026

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
13 މެއި 2026

ކުޑަހުވަދޫގެ ތަރައްގީ ވަނީ ހުއްޓިފައި، 2024 ވަނަ އަހަރު ބިންގާ އެޅި ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ: ޝާތިރު

13 މެއި 2026
ކުޑަހުވަދޫގެ ތަރައްގީ ވަނީ ހުއްޓިފައި، 2024 ވަނަ އަހަރު ބިންގާ އެޅި ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ: ޝާތިރު
09 މެއި 2026

ވޯޓާ ދިމާކޮށް މުވައްޒަފުން ނެގިނަމަވެސް، މަޑުއްވަރީ އާރްޑީސީ އަދި އެމްޓީސީސީ ސައިޓުގެ މަސައްކަތް މުޅިން ހުއްޓިފައި!

09 މެއި 2026
ވޯޓާ ދިމާކޮށް މުވައްޒަފުން ނެގިނަމަވެސް، މަޑުއްވަރީ އާރްޑީސީ އަދި އެމްޓީސީސީ ސައިޓުގެ މަސައްކަތް މުޅިން ހުއްޓިފައި!
19 އެޕްރީލު 2026

އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު

19 އެޕްރީލު 2026
އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު
15 އެޕްރީލު 2026

ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

15 އެޕްރީލު 2026
ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު