Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަނޑުމަތީ ހަމަލާ

ޕެނަމާ ދިދަ ނަގާ އުޅަނދަކަށް ޑްރޯން ހަމަލާ، ފަޅުވެރިއަކު މަރު

ކަޅު ކަނޑުގައި ދިން މި ހަމަލާއާ ގުޅިގެން ޒަޚަމްވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ނަމަވެސް، އުޅަނދުގެ ދަތުރު ހުއްޓާނުލާ ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕެނަމާގެ މެރިޓައިމް އޮތޯރިޓީން ބުނެފި. މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު، ރަޝިއާ އާއި ޔޫކްރެއިންގެ ކަނޑުގެ ސަރަހައްދުތަކުން ދަތުރުނުކުރުމަށް އެ އިދާރާއިން ވަނީ އުޅަނދުފަހަރަށް އިރުޝާދު ދީފައި. ދުނިޔޭގެ ވިޔަފާރި އުޅަނދުފަހަރުގެ 16 އިންސައްތަ ރަޖިސްޓްރީކޮށްފައިވާ ޕެނަމާއަކީ މި ދާއިރާގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ގައުމު.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 10:12
ކަޅު ކަނޑުގެ ތެރެއިން މުދާ އުފުލާ ބޯޓުތަކެއް ދަތުރުކުރަމުންދާ މަންޒަރު.

ކަޅު ކަނޑުގެ ތެރެއިން މުދާ އުފުލާ ބޯޓުތަކެއް ދަތުރުކުރަމުންދާ މަންޒަރު. | ރޮއިޓާސް

ކަޅު ކަނޑުގައި ދަތުރުކުރަމުންދިޔަ ޕެނަމާގެ ދިދަ ނަގާފައިވާ އުޅަނދަކަށް ޑްރޯން ހަމަލާއެއް ދީ، އޭގެއިން ދަތުރުކުރި ފަޅުވެރިއަކު މަރާލައި އިތުރު ދެ މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށް ޕެނަމާގެ މެރިޓައިމް އޮތޯރިޓީ (އޭއެމްޕީ) އިން ހުކުރު ދުވަހުގެ ރޭ ބުނެފިއެވެ.

އޭއެމްޕީން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި މި ހަމަލާގައި ޒަޚަމްވި ފަޅުވެރިންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި، ނަމަވެސް ހަމަލާއަށްފަހު ވެސް އެ އުޅަނދަށް ދަތުރު ކުރިއަށް ގެންދެވުނު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅޭ ރަސްމީ މައުލޫމާތު އެއްކުރުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި، މިކަމާ ގުޅުންހުރި ފަރާތްތަކާ މުއާމަލާތް ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން އިތުރަށް ބުނެފައިވެއެވެ.

މި ޑްރޯން ހަމަލާ ދިނީ ކޮން ފަރާތަކުން ކަމެއް އޭއެމްޕީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ކަޅު ކަނޑާއި އޭގެ އުތުރުގައިވާ ސީ އޮފް އަޒޯވްގައި ހިމެނޭ ޔޫކްރެއިން އަދި ރަޝިއާގެ ކަނޑުގެ ސަރަހައްދުތަކުން ދަތުރުނުކުރުމަށް އެ އިދާރާއިން ވަނީ އުޅަނދުފަހަރަށް އިރުޝާދު ދީފައެވެ.

ދުނިޔޭގެ ވިޔަފާރި އުޅަނދުފަހަރުގެ 16 އިންސައްތަ އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ޕެނަމާގައެވެ. މިއާއެކު، ޕެނަމާއަކީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި އުޅަނދުފަހަރު ރަޖިސްޓްރީކޮށްދޭ ގައުމެވެ.

ޕެނަމާކަޅު ކަނޑު (ބްލެކް ސީ)ޕެނަމާގެ މެރިޓައިމް އޮތޯރިޓީޔޫކްރެއިންރަޝިޔާ

އިތުރަށް ކިޔާލަން

17 ޖޫން 2026

ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް

17 ޖޫން 2026
ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް
16 ޖޫން 2026

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

16 ޖޫން 2026
ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި
15 ޖޫން 2026

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް
14 ޖޫން 2026

އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

14 ޖޫން 2026
އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
10 ޖޫން 2026

އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި

10 ޖޫން 2026
އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު