Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެޓްނާ އަލިފާން ފަރުބަދަ ގޮވުން

ޔޫރަޕްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ މައުންޓް އެޓްނާ އަނެއްކާވެސް ގޮވައިފި

އިޓަލީގެ ސިސިލީގައި ހުންނަ މައުންޓް އެޓްނާ އަލިފާން ފަރުބަދަ އަނެއްކާވެސް ގޮވައި، ލާވާ ބޭރުވާން ފެށުމާ ގުޅިގެން އެ ސަރަހައްދުގެ އެލާޓް ލެވެލް ވަނީ ރީނދޫ ކުލައަށް މަތިކޮށްފަ. މި ހާދިސާގައި އާންމުންނަށް ނުރައްކަލެއް ނެތް ނަމަވެސް، ފަހަކަށް އައިސް މި ފަރުބަދަ ގޮވާ މިންވަރު އިތުރުވަމުންދާތީ ކަމާބެހޭ އިދާރާތަކުން ދަނީ އެ ސަރަހައްދު ވަރަށް ގާތުން މޮނިޓަރ ކުރަމުން. ދުނިޔޭގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ މި ފަރުބަދައިގެ 3،000 މީޓަރު އުސްމިނުން މިހާރު ދަނީ ދުމާއި ލާވާ ބޭރުވަމުން.

ޖިނާ
ޖިނާ | 1 ޖުލައި 2026 | ބުދަ 12:33
Your browser does not support the video tag.
0:00 / 0:00

އިޓަލީގެ ސިސިލީގައި ހުންނަ، ޔޫރަޕްގެ އެންމެ ބޮޑު އެކްޓިވް ވޮލްކޭނޯ ނުވަތަ އަލިފާން ފަރުބަދަ ކަމަށްވާ މައުންޓް އެޓްނާ ގޮވުން | އޭޕީ

އިޓަލީގެ ސިސިލީ އައިލެންޑުގައި ހުންނަ މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން، އޮރެންޖު ކުލައިގެ އުޖާލާ ލާވާތަކުން ރޭގަނޑުގެ އުޑުމަތި ދިއްލިގެން ދިޔައިރު، އެ މަންޒަރު އެތައް މޭލެއްގެ ދުރަށް ފެންނަން ހުއްޓެވެ.

މައުންޓް އެޓްނާ އަކީ އާންމުކޮށް ގޮވާ އަލިފާން ފަރުބަދައަކަށް ވީނަމަވެސް، މިކަމުގެ ސަބަބުން އެ ސަރަހައްދުގެ އާންމު ދިރިއުޅުމަށް މާބޮޑު ބުރޫއެއް ނާރާ ފަދައިން، މިއީ އާންމު ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަކަށްވެސް ބެލެވިފައެއް ނުވެ އެވެ.

ޔޫރަޕްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ ކަމަށްވާ މައުންޓް އެޓްނާ އަނެއްކާވެސް ގޮވުމާ ގުޅިގެން، އެ ފަރުބަދައިގެ ބޭރުން ރަތްކުލައިގެ ދިޔާ އަލިފާންގަނޑުތައް ކޯރުތަކެއް ފަދައިން ތިރިއަށް ފައިބަން ފަށައިފި

ޔޫރަޕްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ ކަމަށްވާ މައުންޓް އެޓްނާ އަނެއްކާވެސް ގޮވުމާ ގުޅިގެން، އެ ފަރުބަދައިގެ ބޭރުން ރަތްކުލައިގެ ދިޔާ އަލިފާންގަނޑުތައް ކޯރުތަކެއް ފަދައިން ތިރިއަށް ފައިބަން ފަށައިފި | ރޮއިޓާސް

އެހެންނަމަވެސް، ސައިންސްވެރިން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް މި އަލިފާން ފަރުބަދަ ގޮވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި މިގޮތަށް ގޮވާ ވަގުތުތަކުގައި ބާރުގަދަ ގޮވުންތައް ގޮވާކަންވެސް ސައިންސްވެރިން ފާހަގަކުރައްވަ އެވެ.

މައުންޓް އެޓްނާ ހުންނަނީ އިޓަލީގެ އައްސޭރިފަށުގައި އޮންނަ މެޑިޓެރޭނިއަން ކަނޑުގެ ރަށެއް ކަމަށްވާ ސިސިލީގަ އެވެ.

މި ފަރުބަދަ ގޮވަމުންދަނީ "ސްޓްރޮމްބޯލިއަން" އުސޫލުން ކަމަށްވާއިރު، މިއީ އަލިފާން ފަރުބަދައިގެ އެތެރެއިން ގޭހާއި ދިޔާ އަލިފާން ނުވަތަ ލާވާ ބޭރުވަމުންދާ ގޮތެކެވެ

މި ފަރުބަދަ ގޮވަމުންދަނީ "ސްޓްރޮމްބޯލިއަން" އުސޫލުން ކަމަށްވާއިރު، މިއީ އަލިފާން ފަރުބަދައިގެ އެތެރެއިން ގޭހާއި ދިޔާ އަލިފާން ނުވަތަ ލާވާ ބޭރުވަމުންދާ ގޮތެކެވެ | ގެޓީ އިމޭޖަސް

މިއީ ދުނިޔޭގައި ހުރި އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އަދި އަހަރަކު އެތައް ފަހަރަކު، ބައެއް ފަހަރު މަހެއްގެ ތެރޭގައި އެތައް ފަހަރަކުވެސް މި އަލިފާން ފަރުބަދަ ގޮވަ އެވެ.

އިޓަލީގެ އަލިފާން ފަރުބަދަތައް މޮނިޓަރ ކުރާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޖިއޯފިޒިކްސް އެންޑް ވޮލްކަނޮލޮޖީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޓްނާގެ އިރުމަތީ ފަރާތުން މިހާރު ވަނީ ލާވާ ފޭބުމަށް ފަށާފަ އެވެ.

އަލިފާން ފަރުބަދަ ގޮވައި، އޭގެއިން ބޭރުވި އޮރެންޖު ކުލައިގެ ދިލަ އަލިގަދަ ލާވާތަކުން މުޅި ރޭގަނޑުގެ އުޑުމަތި ދިއްލާލައިފިއެވެ

އަލިފާން ފަރުބަދަ ގޮވައި، އޭގެއިން ބޭރުވި އޮރެންޖު ކުލައިގެ ދިލަ އަލިގަދަ ލާވާތަކުން މުޅި ރޭގަނޑުގެ އުޑުމަތި ދިއްލާލައިފިއެވެ | ރޮއިޓާސް

މި ފަހަރުގެ ގޮވުން ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މާހިރުން ވިދާޅުވާ ގޮތުގައި ގާތްގަނޑަކަށް 3،000 މީޓަރުގެ އުސްމިނުގައި ހުރި އަލިފާން ފަރުބަދައިގެ ދިގު ރެނދަކުން (ވެންޓް) ދިޔާވެފައިވާ ހިލަތައް ނުވަތަ ލާވާ ވަނީ ބޭރުވާން ފަށާފަ އެވެ.

މީގެ އިތުރުން ފަރުބަދައިން ދުން އަރަމުންދާކަން ފާހަގަކުރެވިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ވަނީ އަލިފާން ފަރުބަދައިގެ އެލާޓް ލެވެލް ފެހި ކުލައިން ރީނދޫ ކުލައަށް މަތިކޮށްފަ އެވެ. އަދި އެޓްނާގެ ހަރަކާތްތައް އިތުރުވޭތޯ ބެލުމަށްޓަކައި މޮނިޓަރިންގެ މަސައްކަތްތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

މައުންޓް އެޓްނާއިޓަލީސިސިލީނޭޝަނަލް އިންސްޓިޓިއުޓް އޮފް ޖިއޯފިޒިކްސް އެންޑް ވޮލްކަނޮލޮޖީމެޑިޓެރޭނިއަން

އިތުރަށް ކިޔާލަން

27 ޖޫން 2026

އިންސާނުންގެ ދަތްތަކާ ވައްތަރު ދަތްތަކެއް ހުންނަ ވިހަ މަހެއްގެ އުނދަގޫ ގްރީސް ގައި ބޮޑުވެއްޖެ

27 ޖޫން 2026
އިންސާނުންގެ ދަތްތަކާ ވައްތަރު ދަތްތަކެއް ހުންނަ ވިހަ މަހެއްގެ އުނދަގޫ ގްރީސް ގައި ބޮޑުވެއްޖެ
26 ޖޫން 2026

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

26 ޖޫން 2026
ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

20 ޖޫން 2026

ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި

20 ޖޫން 2026
ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި
19 ޖޫން 2026

އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ

19 ޖޫން 2026
އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ
15 ޖޫން 2026

މަޝްހޫރު ބޫޓު ބްރޭންޑެއްގެ ފަހަތުގައިވާ ބެލީނީ ދެބެއިން ހިނގުމަށް ފަސޭހަ އައު ބޫޓެއް ތަޢާރަފްކޮށްފި - އަދި މި ބޫޓުތައް ވަރަށް ހަލުވިކަމާއެކު ދަނީ ވިކެމުންނެވެ

15 ޖޫން 2026
މަޝްހޫރު ބޫޓު ބްރޭންޑެއްގެ ފަހަތުގައިވާ ބެލީނީ ދެބެއިން ހިނގުމަށް ފަސޭހަ އައު ބޫޓެއް ތަޢާރަފްކޮށްފި - އަދި މި ބޫޓުތައް ވަރަށް ހަލުވިކަމާއެކު ދަނީ ވިކެމުންނެވެ
06 ޖޫން 2026

އިޓަލީގެ ރައީސް ފިންލޭންޑުގެ ފީނުންތެރިންނަށް ޝަރަފު އަރުވައިފި

06 ޖޫން 2026
އިޓަލީގެ ރައީސް ފިންލޭންޑުގެ ފީނުންތެރިންނަށް ޝަރަފު އަރުވައިފި
29 މެއި 2026

އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން-ވަގުތީ ނަތީޖާ

29 މެއި 2026
އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން-ވަގުތީ ނަތީޖާ
28 މެއި 2026

ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި

28 މެއި 2026
ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި
27 މެއި 2026

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

27 މެއި 2026
އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު