Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑައިވިން ހާދިސާ

އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން-ވަގުތީ ނަތީޖާ

ވ. އަތޮޅު ހޮހަޅައަށް ފީނަނިކޮށް މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލާފައިވާއިރު، މި މައްސަލަ އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދަނީ އިހުމާލުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން. މި ހާދިސާގައި މަރުވި މީހުންގެ ޕޯސްޓްމޯޓަމް ރިޕޯޓްތައް ރާއްޖޭގެ ތަހުގީގީ އިދާރާތަކާ ހިއްސާކުރުމަށް އެއްބަސްވެފައިވާ އިރު، އެމީހުން ބޭނުންކުރި ޑައިވް ސާމާނުތަކާއި ކެމެރާތައް ދިރާސާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 29 މެއި 2026 | ހުކުރު 13:26
ދިވެހިރާއްޖޭގައި ހިނގި ޑައިވިން ހާދިސާއެއްގައި މަރުވި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު، ވައިގެ މަގުން އިޓަލީގެ މިލާން މަލްޕެންސާ އެއާޕޯޓަށް ގެންދިއުމަށްފަހު، އެ ގައުމުގެ ގަލަރާޓޭގައި ހުންނަ ސެއިން އެންޓޯނިއޯ އެބާޓޭ ހޮސްޕިޓަލުގެ މޯޗަރީއަށް ގެންދަނީ.

ދިވެހިރާއްޖޭގައި ހިނގި ޑައިވިން ހާދިސާއެއްގައި މަރުވި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު، ވައިގެ މަގުން އިޓަލީގެ މިލާން މަލްޕެންސާ އެއާޕޯޓަށް ގެންދިއުމަށްފަހު، އެ ގައުމުގެ ގަލަރާޓޭގައި ހުންނަ ސެއިން އެންޓޯނިއޯ އެބާޓޭ ހޮސްޕިޓަލުގެ މޯޗަރީއަށް ގެންދަނީ. | ގެޓީ އިމޭޖަސް

މި މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގެ "ދެވަނަ ކަނޑު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދުގެ ހޮހަޅައަށް ފޭބި އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން ކަމަށް، އެމީހުންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ މިހާރު ވަނީ ލިބިފައެވެ. އެއީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ ހަށިގަނޑެވެ.

Advertisement - newsAdvertisement

ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، މި ދެމީހުންވެސް މަރުވާން މެދުވެރިވީ އެމީހުން ބޭނުންކުރި އޮކްސިޖަން ސިލިންޑަރުން ވައި ހުސްވުމުގެ ސަބަބުން ނުވަތަ "އެނޮކްސިއާ" ގެ ހާލަތެއް ކުރިމަތިވެގެން ކަމަށެވެ. މިއީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބުމުގެ ސަބަބުން ނުވަތަ ގެނބިގެން މަރުވުމަށް ކިޔާ ނަމެކެވެ.

މި ހާދިސާގެ ފުރިހަމަ ޕޯސްޓްމޯޓަމް ރިޕޯޓް ލިބޭނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކަމަށްވެސް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލައަކީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އިޓަލީގެ ޕްރޮސިކިއުޓަރސް އޮފީހުން ވަނީ މި ތަހުގީގަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދި ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވާފައެވެ.

ވ. އަތޮޅުއިޓަލީމޮނިކާ މޮންޓެފަލްކޯންޖިއޯޖިއާ ސޮމަކާލްމުޙައްމަދު މަހުދީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި

ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި

28 މެއި 2026
އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

27 މެއި 2026
އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

25 މެއި 2026
އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

23 މެއި 2026
4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

22 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު