Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އިޓަލީ

ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކަށް އިޓަލީގެ އެހީތެރިކަން ނުލިބޭ ކަމަށް ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި. މެލޯނީގެ މަގުބޫލުކަން ކުޑަވެފައިވާ ކަމަށާއި އޭނާ ޓްރަމްޕާ އެކުވެރިވާން އުޅެނީ އަމިއްލަ ފައިދާއަށް ކަމަށް ވިދާޅުވުމުން، މެލޯނީ ވަނީ އެމެރިކާގެ ރައީސް އެކުވެރި ގައުމުތަކާ މެދު އަމަލުކުރައްވާ ގޮތާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައި. މި މައްސަލަ ހޫނުވުމާ ގުޅިގެން އިޓަލީގެ ފޮރިން މިނިސްޓަރު އެމެރިކާއަށް ކުރައްވަން އޮތް ދަތުރުފުޅުވެސް މިހާރު ވަނީ ކެންސަލް ކުރައްވާފައި.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 16:02
ފްރާންސްގެ އެވިއަން-ލެ-ބެއިންސްގައި 2026 ޖޫން 16 ވީ އަންގާރަ ދުވަހު ބޭއްވި ޖީ7 ގެ ގައުމުތަކާއި މެދުއިރުމަތީގެ ލީޑަރުންގެ މެންދުރުގެ ފަރިއްކޮޅެއްގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޒްއާ ވާހަކަފުޅު ދައްކަވާއިރު އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ބަލަހައްޓަވައިގެން.

ފްރާންސްގެ އެވިއަން-ލެ-ބެއިންސްގައި 2026 ޖޫން 16 ވީ އަންގާރަ ދުވަހު ބޭއްވި ޖީ7 ގެ ގައުމުތަކާއި މެދުއިރުމަތީގެ ލީޑަރުންގެ މެންދުރުގެ ފަރިއްކޮޅެއްގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޒްއާ ވާހަކަފުޅު ދައްކަވާއިރު އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ބަލަހައްޓަވައިގެން. | ގެޓީ އިމޭޖަސް

މި ހަފުތާގައި ބޭއްވި ޖީ7 ސަމިޓުގެ ތެރެއިން ޓްރަމްޕާއެކު ފޮޓޯއެއް ނެގުމަށް މެލޯނީ "ވަރަށް ބޮޑަށް" އެދިވަޑައިގަތް ކަމަށް ވިދާޅުވާ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ނުވަތަ އުފެއްދުން ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް މެލޯނީ އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އެކަމަނާ އަށް ފާޑު ވިދާޅުވެފައެވެ.

އީރާނުގައި އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް އިޓަލީގެ ވައިގެ މަރުކަޒުތައް ބޭނުންކުރުން މެލޯނީ މަނާކުރެއްވުމުގެ ސަބަބުން، ލޮޖިސްޓިކް ގޮތުން އެމެރިކާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މެލޯނީ ފޮޓޯއަކަށް "އާދޭސްކުރެއްވި" ކަމަށް ވިދާޅުވެ ޓްރަމްޕް ކުރިން ދެއްކެވި ވާހަކަތަކާ ގުޅިގެން، އެކަމާ ހައިރާންވާ ކަމަށް ހުކުރު ދުވަހު ބޮޑުވަޒީރު މެލޯނީ ވަނީ ވިދާޅުވެފައެވެ.

އޭގެ އެއްދުވަސް ފަހުން ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ، އިޓަލީގައި މެލޯނީގެ މަގުބޫލުކަން އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ.

"މިހާރު، އެމެރިކާއިން އަސްކަރީ ގޮތުން އީރާނު ބަލިކުރުމުން، އޭނާގެ 'މަގުބޫލުކަން އިތުރުކުރުމަށް' އަނެއްކާވެސް އެކުވެރިވާން އެބަ ބޭނުންވޭ. ނޫނޭ، ޝުކުރިއްޔާ!،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

މިދިޔަ މާރިޗު މަހު، އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް ސިސިލީގައި ހުންނަ ސިގޮނެއްލާ އެއާ ބޭސްގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ޖެއްސުމުގެ ހުއްދަ އިޓަލީން ނުދިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އަހަރު އީރާނާ ދެކޮޅަށް ޓްރަމްޕް ފެއްޓެވި އަސްކަރީ ފިޔަވަޅުތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން މި ބަހުގެ ހަމަލާތަކުން ވަނީ އިތުރަށް ހާމަވެފައެވެ.

މި މައްސަލަތަކާ ގުޅިގެން، އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ އަންނަ ހަފުތާގެ ކުރީކޮޅު އެމެރިކާއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅުވެސް މިހާރު ވަނީ ކެންސަލް ކުރައްވާފައެވެ.

ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގެ ތެރެއިން ޓްރަމްޕާއި މެލޯނީ ގާތްކޮށް ވާހަކަދައްކަވަނިކޮށް ފޮޓޯއަކުން ފެނިފައިވާއިރު، ދެ ބޭފުޅުންގެ ގުޅުމަށް ބަދަލެއް ނާންނަ ކަމަށާއި އެއްވެސް ޝަކުވާއެއް ނެތް ކަމަށް މެލޯނީ ފަހުން ނޫސްވެރިންނަށް ވިދާޅުވިއެވެ.

ނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން، އިޓަލީގެ ލާ7 ޓީވީ ޗެނަލަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި، މެލޯނީ އޭނާއާއެކު ފޮޓޯއެއް ނެގުމަށް އާދޭސްކުރެއްވުމުން، އޭނާގެ މައްޗަށް ހަމްދަރުދީ އުފެދުނީއެވެ.

"އަޅުގަނޑު އެކަމަނާ އާ ވާހަކަދެއްކުމުން އޭނާ ހުންނަވާނީ އުފަލުން ކަމަށް ބެލެވޭ،" ޓްރަމްޕް ވިދާޅުވިއެވެ. ލާ7 ޗެނަލުން ޓްރަމްޕްގެ އަސްލު އިނގިރޭސި ބަސްތައް ބްރޯޑްކާސްޓް ކުރުމުގެ ބަދަލުގައި، އޭނާގެ ވާހަކަތައް ގެނެސްދިނީ އިޓަލީ ބަހުން އަޑު އަޅައިގެންނެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މެލޯނީ އިންސްޓަގްރާމްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އެ ވާހަކަތަކުން އޭނާ ހުރީ "ބަސްހުއްޓިފައި" ކަމަށެވެ.

"އެމެރިކާގެ ރައީސް އެކުވެރި ގައުމުތަކާ މެދު މިފަދަ ގޮތަކަށް އަމަލުކުރައްވަނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގޭ،" މިފަދަ ކަމެއް ހިނގި މިއީ ފުރަތަމަ ފަހަރު ނޫންކަން ފާހަގަކުރައްވަމުން މެލޯނީ ވިދާޅުވިއެވެ.

"އަޅުގަނޑަށް ބުނެވެން އޮތީ، ހުޅަނގުގެ ދުޝްމަނުންނާއި އެމެރިކާގެ ދުޝްމަނުންނާ މެދު އޭނާ މިފަދަ ހަރުކަށިކަމެއް ނުދައްކަވާތީ ހިތާމަކުރާ ކަމަށް. އޭގެ ބަދަލުގައި އެފަދަ ލީޑަރުންނަށް އެމަނިކުފާނު މާ ބޮޑަށް ދޫދެއްވާ ތަން ފެނޭ."

"އެކަމަކު އޭނާ ހަނދާން ބަހައްޓަންޖެހޭ އެއް ކަމެއް އެބައޮތް: އަޅުގަނޑު ވެސް އަދި އިޓަލީން ވެސް ދުވަހަކުވެސް އާދޭހެއް ނުކުރާނެ."

މި ދެ ލީޑަރުންގެ މެދުގައި މީގެ ކުރިން ސިޔާސީ ގޮތުން ގާތް ގުޅުމެއް އޮތްއިރު، ޖެނުއަރީ 2025 ގައި ބޭއްވި ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ވިލާތުގެ ހަމައެކަނި ލީޑަރަކީވެސް މެލޯނީއެވެ.

މަސްދަރު: ބީބީސީ

ޑޮނަލްޑް ޓްރަމްޕްޖިއޯޖިއާ މެލޯނީއިޓަލީޖީ-7 ސަމިޓްއެމެރިކާ-އިޓަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ

އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ

19 ޖޫން 2026
އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި

އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި

19 ޖޫން 2026
ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"

ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"

18 ޖޫން 2026
އެމެރިކާ-އީރާން ސުލްހައާއެކު ތެލުގެ އަގު ދަށަށް، ހިއްސާ ބާޒާރު މައްޗަށް!

އެމެރިކާ-އީރާން ސުލްހައާއެކު ތެލުގެ އަގު ދަށަށް، ހިއްސާ ބާޒާރު މައްޗަށް!

18 ޖޫން 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު