Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑައިވިންގ ހާދިސާ

އިޓަލީގެ ރައީސް ފިންލޭންޑުގެ ފީނުންތެރިންނަށް ޝަރަފު އަރުވައިފި

ވާއު އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައެއްގައި ތާށިވެ މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ނެގުމުގައި އެހީތެރިވި ފިންލޭންޑުގެ ތިން ފީނުންތެރިއަކަށް، އިޓަލީގެ ރައީސް އެ ގައުމުގެ އެންމެ މަތީ ޝަރަފު އަރުވައިފި. މި ނުރައްކާތެރި އޮޕަރޭޝަނުގައި ބައިވެރިވި ދިވެހި ސިފައިންގެ ފީނުންތެރިއަކުވެސް ނިޔާވެފައިވާއިރު، އޮޕަރޭޝަންގައި ބައިވެރިވި ފިންލޭންޑުގެ މާހިރުންނަށް މި އިއްޒަތް އެރުވީ އެ ފަރާތްތަކުން ދެއްކި ފަންނީ ހުނަރާއި އިންސާނިއްޔަތުކަމުގެ އަގުވަޒަންކުރުމުގެ ގޮތުން. އިޓަލީގެ ރައީސްގެ އަމިއްލަ އިސްނެންގެވުމުގެ މަތިން އެރުވި މި ޝަރަފަކީ، އެ ގައުމުން މަދަނީ ފަރާތްތަކަށް އަރުވާ އެންމެ މަތީ ލަގަބު.

ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 08:01
ވައަތުން ކަނާތަށް: ޕެޓްރިކް ގްރޮންކްވިސްޓް، ސާމީ ޕާކަރިނެން އަދި ޖެނީ ވެސްޓަރލަންޑް.

ވައަތުން ކަނާތަށް: ޕެޓްރިކް ގްރޮންކްވިސްޓް، ސާމީ ޕާކަރިނެން އަދި ޖެނީ ވެސްޓަރލަންޑް. | ޑޭން ޔޫރަޕް

ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރޭގައި ތާށިވެ މަރުވި އިޓަލީގެ ހަތަރު ފީނުންތެރިއެއްގެ ހަށިގަނޑު ނެގުމުގައި އެހީތެރިވި ފިންލޭންޑުގެ ތިން ފީނުންތެރިއަކަށް ޝަރަފުގެ އިއްޒަތް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އަރުވައިފިއެވެ.

މޭ މަހުގެ 17 އިން 21 އަށް ކުރިއަށްގެންދިޔަ ނުރައްކާތެރި އަދި އުނދަގޫ އޮޕަރޭޝަނުގައި ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، "އޯޑަރ އޮފް މެރިޓް އޮފް ދަ އިޓަލިއަން ރިޕަބްލިކް" ގެ ޝަރަފު އަރުވާފައިވަނީ ސާމީ ޕާސްކަރިނެން އާއި، ޖެނީ ވެސްޓަރލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް އަށެވެ. މި ޝަރަފަކީ "މޯޓޫ ޕްރޮޕްރިއޯ" ނުވަތަ ރައީސްގެ އަމިއްލަ އިސްނެންގެވުމުގެ މަތިން އެރުވި އިއްޒަތެކެވެ.

Advertisement - newsAdvertisement

މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ 2026 މޭ 14 ވަނަ ދުވަހު، "ޑިއުކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ވާއު އަތޮޅަށް ފީނަން ދިޔަ އިޓަލީގެ ފަސް މީހަކު ޚަބަރެއް ނުވެގެން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މި ހާދިސާގައި މަރުވި އިޓަލީގެ ޑައިވް ގައިޑް އަދި އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު ފެނިފައިވަނީ ފަރުގެ ހޮހަޅައެއްގެ ތެރެއިން ގާތްގަނޑަކަށް 50 މީޓަރު އަޑިންނެވެ.

ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން، ރިސާޗަރުން ކަމަށްވާ މިއުރިއަލް އޮޑެނީނޯ އަދި ފެޑެރިކޯ ގުއަލްޓިއޭރީ ފެނިފައިވަނީ މޭ 18 ވަނަ ދުވަހުއެވެ. އެ މީހުން ފެނިފައިވަނީ ހޮހަޅައިގެ ދެވަނަ ބަޔަށް ވުރެ ފުންކޮށް އޮތް، އެއްކޮޅު ބެދިފައިވާ ހަނި މަގަކުންނެވެ. އެ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އޭގެ ފަހުން ޖެހިގެން އައި ދެ ދުވަހުގެ ތެރޭގައެވެ.

މި ހަށިގަނޑުތައް ހޯދުމުގެ ފުރަތަމަ މަރުހަލާގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ ފީނުންތެރިއެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ، ޑިކޮމްޕްރެޝަން ސިކްނެސް ނުވަތަ "ބެންޑްސް" ޖެހިގެން ވަނީ ނިޔާވެފައެވެ. ސާޖަންޓް މަހުދީ ނިޔާވުމާ ގުޅިގެން ހަށިގަނޑުތައް ނެގުމުގެ މަސައްކަތް މެދުކަނޑާލުމަށްފަހު، ފިންލޭންޑުގެ ތިން މާހިރުން މި މަސައްކަތަށް ގެނައީ ޑައިވާސް އެލާޓް ނެޓްވޯކް (ޑީ.އޭ.އެން) ޔޫރަޕްގެ ފަރާތުންނެވެ. ކަނޑުގެ ފުންމިނާއި، ހަނި މަގުތަކުގެ އިތުރުން ފެންގަނޑު ނުސާފުވުމުގެ ސަބަބުން މި އޮޕަރޭޝަނަކީ އިންތިހާއަށް ގޮންޖެހުން ބޮޑު މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މަރުވި މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ އިޓަލީއަށް ފޮނުވާލާފައެވެ. އަދި އެ މީހުން ބޭނުންކުރި ސާމާނުތައް ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް، އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ތަހުގީގު ވަނީ ފަށާފައެވެ.

އިޓަލީގެ ރައީސްގެ ރަސްމީ އޮފީހުން މޭ 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި މަރުވި އިޓަލީގެ ފަސް ރައްޔިތުންގެ ހަށިގަނޑު ނެގުމުގެ އުނދަގޫ އޮޕަރޭޝަނުގައި ސާމީ ޕާސްކަރިނެން އާއި، ޖެނީ ވެސްޓަރލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ދެއްކެވި ފަންނީ ހުނަރާއި އިންސާނިއްޔަތުކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ އެ ބޭފުޅުންނަށް "ނައިޓް އޮފް ދަ އޯޑަރ އޮފް މެރިޓް އޮފް ދަ އިޓަލިއަން ރިޕަބްލިކް" ގެ ޝަރަފު އަރުވާފައިވާ ކަމަށެވެ.

ފިންލޭންޑުގެ ދައުލަތުގެ މީޑިއާ "ވައި.އެލް.އީ" އަށް ދިން އިންޓަވިއުއެއްގައި ގްރޮންކްވިސްޓް ބުނީ، އެ މީހުންނަށް އެއީ އާދައިގެ މަސައްކަތަކަށް ވީއިރު، މިފަދަ މަތިވެރި ޝަރަފެއް ލިބުމުން ތަފާތު އިހުސާސެއް ކުރެވޭ ކަމަށެވެ.

"އަހަރެމެންނަށް މިއީ އާދައިގެ އޮޕަރޭޝަނެއް. އެހެންނަމަވެސް މިފަދަ މަތިވެރި ޝަރަފެއް ލިބުމަކީ އުފާ ކުރާ ކަމެއް. ހާއްސަކޮށް އިޓަލީ ދައުލަތާއި މަރުވި މީހުންގެ އާއިލާތަކުން މިކަން ބަލައިގަތުމުން އުފާވޭ،" އޭނާ ބުންޏެވެ. މި އިންޓަވިއުގައި ޖެނީ ވެސްޓަރލަންޑް ބުނީ، އިންތިހާއަށް ދަތި ހާލަތެއްގައި އެ މީހުންނަށް ކުރެވުނު އެންމެ ރަނގަޅު މަސައްކަތެއް ކުރި ކަމަށާއި، ހޮހަޅައިގެ ތެރޭގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރިކޮށް ކަމަށެވެ.

"އޯޑަރ އޮފް މެރިޓް އޮފް ދަ އިޓަލިއަން ރިޕަބްލިކް" އަކީ އިޓަލީވިލާތުން މަދަނީ ފަރާތްތަކަށް އަރުވާ އެންމެ މަތީ ޝަރަފެވެ. މި އިއްޒަތް އަރުވަނީ އާންމު ޚިދުމަތް، ސައިންސް، ސަގާފަތް އަދި އިންސާނިއްޔަތަށް މަސައްކަތްކުރުން ފަދަ ދާއިރާތަކުން ގައުމަށް ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދޭ ފަރާތްތަކަށެވެ.

ސާޖިއޯ މަޓަރެއްލާއިޓަލީޑިއުކް އޮފް ޔޯކްޑައިވަރސް އެލާޓް ނެޓްވޯކްޑައިވިން ހާދިސާއިޓަލީ-ދިވެހިރާއްޖެޑޭން ޔޫރަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން-ވަގުތީ ނަތީޖާ

އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން-ވަގުތީ ނަތީޖާ

29 މެއި 2026
ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި

ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި

28 މެއި 2026
އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

27 މެއި 2026
އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

25 މެއި 2026
އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

23 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު