Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑައިވިން ހާދިސާ

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

ޖިއޯޖިއޯ ބެޓިން ބުނި ގޮތުގައި އޭނާގެ އަންހެންނުން މަރުވީ ގައިޑުގެ ނިންމުމަކަށް ކަނޑައެޅިފައިވާ ފުންމިނަށްވުރެ މާ އަޑިއަށް ފީނުމުގެ ސަބަބުން ކަމަށާއި، މިފަހަރުގެ ހާދިސާ ހިނގި ގޮތާއި އޭނާގެ ތަޖުރިބާއާ ވަރަށް ބޮޑަށް އެއްގޮތް ކަމަށް. މި ދެ ހާދިސާގައިވެސް ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ނުރައްކާތެރި ފުން ސަރަހައްދުތަކަށް ފީނާފައިވާކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 06:53
ޖިއޯޖިއޯ ބެޓިން އާއި އޭނާގެ އަންހެނުން އެނާ މާރިއާ ޕިސްޓޮލާޓޯ އަކީ 1983 ވަނަ އަހަރު ރާއްޖޭގައި ހަނީމޫން ހޭދަކުރަމުންދިޔަ ދެމަފިރިން.

ޖިއޯޖިއޯ ބެޓިން އާއި އޭނާގެ އަންހެނުން އެނާ މާރިއާ ޕިސްޓޮލާޓޯ އަކީ 1983 ވަނަ އަހަރު ރާއްޖޭގައި ހަނީމޫން ހޭދަކުރަމުންދިޔަ ދެމަފިރިން. | ނިއުޔޯކް ޕޯސްޓް

ދާދިފަހުން އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ރާއްޖޭގެ ހަމަ އެ ސަރަހައްދަށް ފީނަން ގޮސް އުޅުމުގެ ތެރޭގައި މީގެ 40 އަހަރު ކުރިން، މަރުވި އަންހެނެއްގެ ފިރިމީހާ، އެ ހާދިސާގެ ހިތާމަވެރި ތަފްސީލުތައް ހިއްސާކޮށްފިއެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އަންހެންނުންނަށް ފީނުމަށް ހުއްދަ ދީފައިވަނީ 65 ފޫޓު އަޑިއަށް ނަމަވެސް، ޑައިވް ގައިޑް ވަނީ އޭނާ 175 ފޫޓަށް ވުރެ ފުން ސަރަހައްދަކަށް ގެންގޮސްފައެވެ.

ޖިއޯޖިއޯ ބެޓިންގެ އަންހެނުން އަދި ކަނޑުއަޑީގެ ފޮޓޯގްރާފަރެއް ކަމަށްވާ އެނާ މާރިއާ ޕިސްޓޮލާޓޯ މަރުވީ، 11 ޖެނުއަރީ 1983 ގައި އެ ދެމަފިރިން ކައިވެންޏަށްފަހު ކުރި ފުރަތަމަ ދަތުރުގައި ވ. އަތޮޅުގެ އެ ސަރަހައްދަށް ފީނަން އުޅުމުގެ ތެރޭގައެވެ. މިއީ ދާދިފަހުން އިޓަލީގެ ފަސް މީހުން މަރުވި ސަރަހައްދެވެ.

މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު، ބޭނުންވާ ތަމްރީނާއި ހުއްދަ ނުވަތަ ސާމާނު ނެތި 160 ފޫޓު އަޑީގައި އޮތް ހޮހަޅައެއް ބަލަން ދިއުމަށް ނިންމީ ކޮން ފަރާތަކުންތޯ ބެލުމަށް ރޯމްގެ ޖިނާއީ ތަހުގީގު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، ބެޓިން އިޓަލީގެ 'އިލް ގަޒެޓީނޯ' ނޫހަށް ބުނީ އެއީ ކުރު ޑައިވް އަކަށް ވާނެ ކަމަށް ބެލެވުނު ނަމަވެސް، އޭގެ ފަހުން އޭނާގެ އަންހެންނުން ދިރިހުއްޓާ ފެނިފައިނުވާ ކަމަށެވެ.

ބެޓިން ބުނި ގޮތުގައި، ހަ މީހުންގެ އެ ގްރޫޕުން ރޭވީ 65 ފޫޓު އަޑިއަށް ފީނުމަށެވެ. ނަމަވެސް އޭނާ އުޅަނދުގައި ހުރެ އިންތިޒާރު ކުރަމުން ދަނިކޮށް، ޕިސްޓޮލާޓޯ އަނބުރާ މައްޗަށް ނޭރުމުން އޭނާއަށް ބޮޑު ސިހުމެއް ލިބުނެވެ.

އޭނާގެ ހަށިގަނޑު ފެނުނީ ގެއްލުނުތާ 20 ދުވަސް ފަހުންނެވެ. އެއިރު ހަށިގަނޑު އޮތީ ވަކިކުރަން ނޭނގޭ ވަރަށް ކުނިވެފައެވެ.

ބެޓިން ބުނި ގޮތުގައި، އެ ގްރޫޕުން ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނުމަށް ކަނޑައަޅާފައިވާ ގާނޫނީ އިމަށްވުރެ (100 ފޫޓަށްވުރެ) މާ ފުންކޮށް، މަދުވެގެން 175 ފޫޓު އަޑިއަށް ދިޔަކަން އޭނާއަށް އެނގުނީ މާ ފަހުންނެވެ. އަދި އެއީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ގައިޑް ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ބުންޏެވެ.

"އޭނާގެ މައްޗަށް މާލީ ބަދަލެއް ދިނުމަށް އަމުރުކުރި. އެކަމަކު ތެދަށް ބުނާނަމަ އެއީ އަހަންނަށް އެއްވެސް މާނައެއް ހުރި ކަމެއް ނޫން،" ބަދަލުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ހާމަނުކޮށް ބެޓިން ބުންޏެވެ.

"އެ ދުވަހަށްފަހު އަހަރެން ދުވަހަކުވެސް ފީނަން ނުދަން."

ބެޓިން މި ވާހަކަތައް ހިއްސާކޮށްފައި މިވަނީ، އިޓަލީގެ ފަތުރުވެރިންގެ ގްރޫޕް "ޝާކް ކޭވް" (މިޔަރު ހޮހަޅަ) ތެރޭގައި މަރުވި ގޮތާއި، އެތަނަށް ވަނުމަށް ނިންމި ސަބަބު ރާއްޖޭގެ ފުލުހުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ގްރޫޕުގެ އަތުގައި ހުރީ އާންމުކޮށް ބޭނުންކުރާ އޮކްސިޖަން ޓޭންކުތަކެވެ. އެހާ ފުން ސަރަހައްދުތަކަށް ފީނާއިރު ބޭނުންކުރަންޖެހޭ އޮކްސިޖަން، ނައިޓްރޯޖަން އަދި ހީލިއަމް އެކުލެވޭ 'ޓްރައިމިކްސް' އެ ގްރޫޕް އަތަކު ނެތެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރަކު ބުނި ގޮތުގައި، އެމީހުންގެ ޓޭންކުތަކުގައި ހުރި ވައިގެ މިންވަރަށް ބަލާއިރު، އެހާ ފުން މިނެއްގައި އެމީހުންނަށް ދިރިތިބެވޭނީ ގިނަވެގެން 10 މިނެޓު ވަންދެނެވެ.

އިޓަލީގެ ޓުއާ އޮޕަރޭޓަރު 'އަލްބަޓްރޮސް' އާއި، ބައެއް މެރިން ބަޔޮލޮޖިސްޓުން ރާއްޖެއަށް ކުރި ދިރާސާ ދަތުރު އިންތިޒާމުކުރި ޔުނިވަރސިޓީ އޮފް ޖެނޯއާއިން ވަނީ، އެހާ ފުން ސަރަހައްދަކަށް ފީނުމަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި، އެއީ ޕްލޭންގައި އޮތް ކަމެއް ނޫން ކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގި ގޮތާއި އޭގެ ފަހުން ކަންތައްތައް ވެގެންދިޔަ ގޮތް ބެޓިންގެ އަންހެންނުންގެ ހާދިސާއާ ވަރަށް އެއްގޮތެވެ. ބެޓިން ބުނި ގޮތުގައި އެ ހާދިސާއަށްފަހު އޭނާއާ މެދު ކަންތައް ކުރި ގޮތުން އަދިވެސް އޭނާ ހިތްހަމަނުޖެހެއެވެ.

"ޖެހިގެން އައި ދުވަހުވެސް އެމީހުން އެންމެ ފުރަތަމަ ބޭނުންވީ އަހަރެން ގައުމަށް ފޮނުވާލަން. އެއީ އަންހެނުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، އެމީހުން އަހަންނަށް އެނބުރިދާނެ ފްލައިޓެއް ހޯދައިދީ އިޓަލީއަށް ފޮނުވާލި،" އޭނާ ބުންޏެވެ.

މަސްދަރު: ނިއުޔޯކް ޕޯސްޓް

ޖިއޯޖިއޯ ބެޓިންމާރިއާ ޕިސްޓޮލާޓޯޝާކް ކޭވްއިޓަލީޑައިވިން ހާދިސާސްކޫބާ ޑައިވިންއިޓަލީ-ދިވެހިރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

25 މެއި 2026
އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

23 މެއި 2026
4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

22 މެއި 2026
މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

22 މެއި 2026
އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން

އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން

22 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު