Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑައިވިން ހާދިސާ

ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައެއްގައި މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިތައް ފެނުމާ ގުޅިގެން، މި ހާދިސާ ހިނގީ އިންސާނީ ގޯހަކުން ނުވަތަ ފަރުވާކުޑަވުމުން ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައި. މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް އިޓަލީއަށް ފޮނުވާލާފައިވާއިރު، ކަނޑުއަޑީގައި ހަށިގަނޑު ކުނިވާ ގޮތާ ބެހޭގޮތުން މަރުވާ މީހުންގެ ހަށިގަނޑާ ބެހޭ ތަޖުރިބާކާރަކު ވަނީ މައުލޫމާތު ހިއްސާކޮށްފައި. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި، ކަނޑުއަޑިން ފެނުނު ގޯޕްރޯ ކެމެރާގެ ވީޑިއޯތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.

ރާއްޖެ އެމްވީ | 28 މެއި 2026 | ބުރާސްފަތި 13:09
ދިވެހިރާއްޖޭގައި ހިނގި ޑައިވިން ހާދިސާއެއްގައި މަރުވި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު، ވައިގެ މަގުން އިޓަލީގެ މިލާން މަލްޕެންސާ އެއާޕޯޓަށް ގެންދިއުމަށްފަހު، އެ ގައުމުގެ ގަލަރާޓޭގައި ހުންނަ ސެއިން އެންޓޯނިއޯ އެބާޓޭ ހޮސްޕިޓަލުގެ މޯޗަރީއަށް ގެންދަނީ.

ދިވެހިރާއްޖޭގައި ހިނގި ޑައިވިން ހާދިސާއެއްގައި މަރުވި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު، ވައިގެ މަގުން އިޓަލީގެ މިލާން މަލްޕެންސާ އެއާޕޯޓަށް ގެންދިއުމަށްފަހު، އެ ގައުމުގެ ގަލަރާޓޭގައި ހުންނަ ސެއިން އެންޓޯނިއޯ އެބާޓޭ ހޮސްޕިޓަލުގެ މޯޗަރީއަށް ގެންދަނީ. | ގެޓީ އިމޭޖަސް

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައެއްގައި ކަނޑުގެ ދިރާސާއެއް ކުރުމަށްޓަކައި، އިޓަލީގެ ހަތަރު ފަތުރުވެރިއަކާއި އެމީހުންގެ ޑައިވިން އިންސްޓްރަކްޓަރު މެއި މަހުގެ 14 ވަނަ ދުވަހު ފީނަން ފޭބި ނަމަވެސް، އެމީހުން އަނބުރާ މައްޗަކަށް ނާރައެވެ.

މި ހާދިސާއާ ގުޅިގެން އެމީހުން ހޯދުމަށް ވަގުތުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފެށި ނަމަވެސް، އެއްވެސް ނަތީޖާއެއް ނުފެނި ގިނަ ވަގުތުތަކެއް ފާއިތުވުމާ ގުޅިގެން، އެ މަސައްކަތް ބަދަލުކުރީ މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ އޮޕަރޭޝަނަކަށެވެ. މި މަސައްކަތުގައި އެހީތެރިވުމަށް ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ކަމަށްވާ ސާމީ ޕާކަރިނެން އާއި، ޕެޓްރިކް ގްރޮންކްވިސްޓް އަދި ޖެނީ ވެސްޓަލަންޑް ގެނެވުނެވެ. އެމީހުން ވަނީ މެއި 18 އާއި 19 އާ ދެމެދު ފަތުރުވެރިންގެ ހަށިތައް ކަނޑުއަޑިން ނަގާފައެވެ. އަދި މެއި 23 ވާ ހޮނިހިރު ދުވަހު އެ ހަށިތައް ވަނީ އަނބުރާ އިޓަލީއަށް ފޮނުވާލާފައެވެ.

Advertisement - newsAdvertisement

މަރުވި މީހުންގެ ހަށިތައް އާއިލާތަކާ ހަވާލުކުރުމުގެ ކުރިން އިޓަލީގައި ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާއިރު، ޔޫޓިއުބްގައި މަގުބޫލުކަން ހޯދާފައިވާ މޯޓިޝަން (މަރުވާ މީހުންގެ ހަށިގަނޑާ ބެހޭ ތަޖުރިބާކާރު) ލޯރެން ފްރޮސްޓް ވަނީ އެ ހަށިތަކާ ގުޅޭގޮތުން އާދަޔާ ޚިލާފް މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. ލޯރެން އަކީ 593،000 ސަބްސްކްރައިބަރުން ތިބި ޔޫޓިއުބް ޗެނަލެއް ހިންގާ، ލައިސަންސް ލިބިފައިވާ ފިއުނަރަލް ޑައިރެކްޓަރެއްގެ އިތުރުން އެމްބާމާއެކެވެ.

މެއި 26 ވާ އަންގާރަ ދުވަހު ރާއްޖޭގެ މި ޑައިވިން ހާދިސާއާ ގުޅޭގޮތުން އާންމުކުރި ވީޑިއޯއެއްގައި ލޯރެން ބުނީ، ހަފުތާއެއް ވަންދެން ކަނޑުއަޑީގައި ހަށިގަނޑު އޮތުމަކީ ވަރަށް ދިގު މުއްދަތެއް ކަމަށާއި، ހާއްސަކޮށް ރާއްޖެ ފަދަ ހޫނު ސަރަހައްދުތަކުގެ ލޮނުގަނޑުގައި ހަށިގަނޑު ކުނިވުމުގެ މަރުހަލާ ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އެ މަރުހަލާ ކުރިއަށްދާ ގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

އޭނާ އިތުރަށް ބުނިގޮތުގައި، ގިނަ ބަޔަކަށް ފިލްމުތަކުން ފެންނަ ފަދައިން ކަނޑުއަޑީގައި ހަށިތައް އޮޔާދާ މަންޒަރު ސިފަވީ ނަމަވެސް، ހަގީގަތުގައި ކަން ހިނގަނީ އެހެންނެއް ނޫނެވެ. ފުރަތަމަ މަރުހަލާގައި ގިނަ ހަށިތައް އަޑިއަށް ފެތޭނެ ކަމަށާއި، ހާއްސަކޮށް ޑައިވަރުން ބޭނުންކުރާ ބަރު އޮކްސިޖަން ސިލިންޑަރާއި، ބަރުދަން ހިފަހައްޓާ ނިޒާމުތަކާއި، ވެޓްސޫޓް ފަދަ ސާމާނުތަކަކީ ފެނުގެ ލޮނުގަނޑުގައި ހަށިގަނޑު ހިފެހެއްޓުމަށް ފަރުމާކޮށްފައިވާ ތަކެތި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، ހަށިގަނޑު ކުނިވާން ފެށުމުން އޭގެ ތެރޭގައި ހުންނަ ބެކްޓީރިއާގެ ސަބަބުން ގުދުރަތީ ގޮތުން ގޭސް އުފެދެން ފަށާ ކަމަށާއި، ވަގުތު ފާއިތުވަމުންދާ ވަރަކަށް މި ގޭސްތަކުގެ ސަބަބުން ހަށިގަނޑު މައްޗަށް އެރުމަށް ނުވަތަ ފެންމަތީގައި އޮތުމަށް ބަދަލުތަކެއް އަންނަ ކަމަށް ލޯރެން ކިޔައިދިނެވެ.

ލޯރެން ބުނި ގޮތުގައި، "ޝާކް ކޭވް" ގެ ނަމުން މަޝްހޫރުވެފައިވާ، ކަނޑުގެ 165 ފޫޓު އަޑީގައި އޮންނަ ތިނަވަަނަ ކަނޑުގެ ހޮހަޅައިން ފެނުނު ހަށިތައް، އާންމުކޮށް މީހުން ހީކުރާ ވަރަށްވުރެ މާ ގިނަ ދުވަހު އަޑީގައި އޮތުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މަރުވި މީހުންގެ ތެރެއިން އެކަކު ހޮހަޅައިގެ މަތީގައި ޖެހިފައި އޮއްވާ ފެނުނު ކަމަށް ބުނާ ރިޕޯޓުތަކާ މެދު އޭނާ ހައިރާންކަން ފާޅުކުރިއެވެ.

އެހެންނަމަވެސް، އެކަން އެގޮތަށް މެދުވެރިވެދާނެ ސައިންޓިފިކް ސަބަބުތަކެއް އޭނާ ހިއްސާކުރިއެވެ. އޭނާ ބުނި ގޮތުގައި ކޮންމެ މީހެއްގެވެސް ހަށިގަނޑު އުފެދިފައިވާ ގޮތާއި، ޑައިވިން ސާމާނުގެ ތެރޭގައި ބަންދުވެފައި ހުންނަ ވައިގެ މިންވަރާއި، އަދި ކަނޑުގެ އޮއިވަރު ހުރި ގޮތުގެ ސަބަބުން ހަށިގަނޑު އަޑިއަށް ދިއުން ނުވަތަ މައްޗަށް އެރުމަށް ބަދަލުތަކެއް އަތުވެދާނެއެވެ.

ރާއްޖޭގައި އާންމުކޮށް ފީނުމުގެ ހުއްދަ ދެނީ 30 މީޓަރު (98 ފޫޓު) އަޑިއަށް ނަމަވެސް، މި ހާދިސާގައި މަރުވި މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކަލް، މުރިއަލް އޮޑެނީނޯ، ފެޑެރިކޯ ގުއަލްޓިއޭރީ އަދި ޖިއަންލޫކާ ބެނެޑެޓީ ވަނީ 50 މީޓަރު (164 ފޫޓު) އަޑިއަށް ފީނުމުގެ ހާއްސަ ހުއްދައެއް ހޯދާފައެވެ.

މި ހާދިސާއާ ގުޅިގެން ސާމީ ޕާކަރިނެން "ލާ ރިޕަބްލިކާ" ނޫހަށް މައުލޫމާތު ދެމުން ބުނީ، ހަށިތައް ފެނުމާއެކު މި ހާދިސާ ހިނގަން މެދުވެރިވީ "އިންސާނީ ގޯހެއް" ހެދިގެންކަން އެމީހުންނަށް ވިސްނުނު ކަމަށެވެ.

އޭނާ ސުވާލު އުފެއްދީ، ހޮހަޅައަށް ފީނާއިރު މަގު ދައްކައިދޭން ބޭނުންކުރާ "އެރިއަޑްނޭސް ތްރެޑް" ނުވަތަ ގައިޑް ރޯޕް ބޭނުންނުކޮށް އެމީހުން ހޮހަޅައަށް ވަނީ ކީއްވެގެންތޯއެވެ. އަދި އެފަދަ ވަސީލަތަކާ ނުލައި އޭނާ އާއި އޭނާގެ ޓީމުން ދުވަހަކުވެސް އެފަދަ ނުރައްކާތެރި ތަނަކަށް ނުވަންނާނެ ކަމަށް ބުންޏެވެ. ޕާކަރިނެން މާ ބޮޑު ތަފްސީލަކަށް ނުދިޔަ ނަމަވެސް، އެ ގްރޫޕުން ހޮހަޅައަށް ފީނުމަށް ބޭނުންކުރާ އެކަށީގެންވާ ސާމާނު ބޭނުންކޮށްފައި ނުވާ ކަމަށާއި، މިއީ އެމީހުންގެ ފަރުވާކުޑަކަން ހާމަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"ދެރައީ ހޮހަޅައަށް ފީނުމުގެ ތެރޭގައި ހިނގާ ގިނަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ އަބަދުވެސް އިންސާނީ ގޯހަކަށް ވުން،" އޭނާ ބުންޏެވެ.

ކަނޑުއަޑިން ފެނުނު ތަކެތީގެ ތެރޭގައި ގޯޕްރޯ ކެމެރާއެއް ހިމެނޭއިރު، އޭގެ އެހީގައި މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ސާފު މައުލޫމާތު ލިބޭނެ ކަމަށް އޮފިޝަލުން އުންމީދު ކުރެއެވެ.

މަރުވި މޮނިކާގެ ބޭބެ ކާލޯ ސޮމަކަލް، މޮނިކާ ސިފަކުރީ ދުނިޔޭގެ އެންމެ މޮޅު ޑައިވަރުންގެ ތެރޭގައި ހިމެނޭ މީހެއްގެ ގޮތުގައެވެ. އޭނާ ބުނި ގޮތުގައި މޮނިކާ ވަނީ 5،000 އަށްވުރެ ގިނަ ޑައިވް ފުރިހަމަކޮށްފައެވެ. އަދި އޭނާއަކީ އަބަދުވެސް ކަންކަމަށް ސަމާލުކަންދޭ، ދުވަހަކުވެސް ނުރައްކާތެރި ގޮތަކަށް އަމަލުކުރި މީހެއް ނޫން ކަމަށްވެސް ބުންޏެވެ.

"އަހަންނަކީ މިކަމުގެ ތަޖުރިބާކާރެއް ނޫން. އެކަމަކު ފެންނަން ހުރި ކަންކަމާއި ރިޕޯޓުތަކަށް ބަލާއިރު، ތަޖުރިބާކާރުންނަށްވެސް އަދި ސީދާ ޖަވާބެއް ނޭނގޭ، އެމީހުންވެސް މިހާރު ހަމައެކަނި ލަފާކުރަނީ،" ރޮއިޓާސްއަށް ފޮނުވި ވަޓްސްއަޕް މެސެޖެއްގައި ކާލޯ ބުންޏެވެ. އޭނާ ބުނީ ގޯޕްރޯ ވީޑިއޯއިން މި ހާދިސާގައި ކަންވީގޮތް އެނގިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިޓަލީލޯރެން ފްރޮސްޓްސާމީ ޕާކަރިނެންޑައިވިން ހާދިސާއިޓަލީ-ދިވެހިރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

27 މެއި 2026
އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

25 މެއި 2026
އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

23 މެއި 2026
4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

22 މެއި 2026
މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

22 މެއި 2026

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު