Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
އުމުރުން ދުވަސްވުން

އުމުރުން ދުވަސްވާއިރު ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، ސައިންސުގެ އަލީގައި މިހާރުން މިހާރަށް ގެނެވިދާނެ ބައެއް ބަދަލުތައް

އުމުރުން ދުވަސްވުމުން ސިކުނޑިއަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނެސްގެން ކޮންޓްރޯލް ކުރެވިދާނެ ކަންކަމެއްކަން ދިރާސާތަކުން ދައްކާ. މިގޮތުން އާ ހުނަރުތައް ދަސްކުރުމާއި، ފައިބަރާއި ރަނގަޅު ފެޓްސް އެކުލެވޭ ސިއްހީ ކާނާ ބޭނުންކުރުމުގެ އިތުރުން، ގަވާއިދުން ކަސްރަތުކޮށް އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަކީ ހަނދާން ނެތޭ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް. މިފަދަ ދުޅަހެޔޮ އާދަތަކުގެ ސަބަބުން ސިކުނޑީގެ ޒުވާންކަން ދަމަހައްޓައި، ވިސްނުމާއި ހަނދާން ކުރުމުގެ ބާރު ގަދަކޮށްދޭ.

ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 14:23
އުމުރުން ދުވަސްވީ ދެމަފިރިއަކު އެކުގައި ޕާކެއްގައި ހިނގާލަނީ.

އުމުރުން ދުވަސްވީ ދެމަފިރިއަކު އެކުގައި ޕާކެއްގައި ހިނގާލަނީ. | ގެޓީ އިމޭޖަސް

ގަވާއިދުން ތަޅުދަނޑި ފަދަ ތަކެތި ބޭއްވޭ ތަން ހަނދާން ނެތުމަކީ ހަމައެކަނި ތިބާއަށް ދިމާވާ ކަމެއް ނޫނެވެ. ހަނދާން ބަލިވުމަކީ އުމުރުން ދުވަސްވުމާ ގުޅިފައިވާ އާންމު ކަމެކެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް ސިކުނޑީގެ ވިސްނުމާއި ހަނދާން ކުރުމުގެ ބާރު ދަށްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ނަމަވެސް، ވިސްނުމާއި ހަނދާނަށް ބަދަލު އައުމަކީ އުމުރުން ދުވަސްވުމުން ކޮންމެހެން ވާންޖެހޭނެ ކަމެއް ނޫނެވެ. ދިގު މުއްދަތަކަށް ދުޅަހެޔޮކޮށް ހުރުމަށާއި، ސިކުނޑީގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެޅިދާނެ ފިޔަވަޅުތަކެއް އެބަހުއްޓެވެ.

ތުއްތު ކުއްޖެއްގެ އުމުރުގެ ކުރީކޮޅު، ސިކުނޑީގެ ނިއުރޯންތަކުގެ މެދުގައި މެދުނުކެނޑި އާ ގުޅުންތައް އުފެދި، ނުވަތަ ހުރި ގުޅުންތައް ވަރުގަދަވަމުންދެއެވެ. ހަޔާތުގެ ފުރަތަމަ މަދު އަހަރުތަކުގެ ތެރޭގައި، ކޮންމެ ސިކުންތަކު އެއް މިލިއަނަށްވުރެ ގިނަ އާ ނިއުރަލް ކަނެކްޝަންތައް އުފެދެއެވެ. ނަމަވެސް، އުމުރުން ދުވަސްވާ ވަރަކަށް މި މަސައްކަތް ލަސްވާން ފަށައެވެ. ހާއްސަކޮށް ބައެއް ގުޅުންތަކުގެ ބޭނުން ނުހިފޭ ނަމަ މިކަން ބޮޑަށް ފާހަގަވެއެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި، އިންސާނާގެ ހަޔާތުގައި ސިކުނޑި ފަސް މުހިންމު މަރުހަލާއެއް ނުވަތަ "އެޕޮކްސް" ކަޑައްތުކުރެއެވެ. މިގޮތުން އުމުރުން 9 އަހަރު، 32 އަހަރު، 66 އަހަރު އަދި 83 އަހަރަކީ ފާހަގަކޮށްލެވޭ ބަދަލުތައް އަންނަ އުމުރުތަކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، ސިކުނޑި "ބޮޑު މީހެއްގެ" ފުރިހަމަ މަރުހަލާއަށް ދަނީ އުމުރުން 30 ގެ އަހަރުތަކުގައެވެ. އަދި އުމުރުން 60 ގެ މެދުތެރޭގައި ސިކުނޑީގެ އޮނިގަނޑުން މުސްކުޅިވުމުގެ އަލާމާތްތައް ފެންނަން ފަށައެވެ.

އެހެންނަމަވެސް، ސިކުނޑީގެ މި ބަދަލުތަކަކީ އެންމެންނަށް އެއްގޮތަކަށް ހިނގާ، ނުވަތަ ބަދަލު ނުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ބެހެއްޓުމަށް ކަސްރަތު ކުރާ ފަދައިން، ސިކުނޑީގެ ގުޅުންތައް ދެމެހެއްޓުމަށްޓަކައި ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުން މުހިންމެވެ. ބޮޑު ދިރާސާއަކުން ހާމަވި ގޮތުގައި، ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަކީ ހަނދާން ނެތޭ ބަލި ނުވަތަ "ޑިމެންޝިއާ" އިން ރައްކާތެރިވުމަށް ނުވަތަ އެ ބަލި ޖެހުން ލަސްކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ދިރާސާ ކުރި ޓީމުން ބުނާގޮތުގައި، ތައުލީމު ހާސިލުކުރުމާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި، މަސައްކަތްތެރިކަމާއި، ހުސްވަގުތު ހޭދަކުރާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ސަބަބުން "ކޮގްނިޓިވް ރިޒާވް" (ވިސްނުމުގެ ރައްކާ) އިތުރުވެއެވެ. މިއީ އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ސިކުނޑިއަށް ލިބޭ ގާބިލުކަމެކެވެ. މީގެ ސަބަބުން ސިކުނޑި އަމިއްލައަށް އާ މަގުތައް ހޯދައި، އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކަށް ކެތްކުރުމުގެ ބާރު ސިކުނޑީގައި އިތުރުވެގެންދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އަހަރެމެންގެ ދިރިއުޅުމުގެ އާދަތަކަށް ގެންނަ ކުދިކުދި އަދި ދެމެހެއްޓެނިވި ބަދަލުތަކުން އުމުރު ދިގުކުރުމަށް ބާރުފޯރުވިދާނެއެވެ. މިސާލަކަށް، ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ފައިދާހުރި ކަމެކެވެ. މިކަންކަމަށް ރިއާޔަތްކޮށް، ސިކުނޑީގެ ޒުވާންކަން ދަމަހައްޓައި ދުޅަހެޔޮކަން އިތުރުކުރެވިދާނެ ފަސް ގޮތެއް ތިރީގައި އެވަނީއެވެ.

އާ ކަންކަން ދަސްކުރުމަކީ ދުވަހަކުވެސް ލަސްވެފައިވާ ކަމެއް ނޫން

ފުރަތަމަ ކަމަކަށް، ސިކުނޑީގެ ދުޅަހެޔޮކަމަކީ އަހަރެމެން ދުވާލަކު ބޭނުންކުރާ ތަފާތު ހުނަރުތަކެއްގެ މައްޗަށް އެކުލެވިގެންވާ ކަމެއްގެ ގޮތުގައި ދެކުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ކަންކަމާ މެދު ބުއްދިވެރިކަމާއެކު ވިސްނުމާއި، މައްސަލަތައް ހައްލުކުރުމާއި، ކަންކަމަށް ސަމާލުކަން ދިނުމުގެ އިތުރުން މައުލޫމާތުތައް ސިކުނޑީގައި ދެނެގަންނަ ދުވެލި ހިމެނެއެވެ.

މި ހުނަރުތަކަކީ ތަފާތު، އަދި އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ބަދަލުވެ ތަރައްގީވަމުންދާ ކަންކަމެވެ. އެންމެ މުހިންމު ކަމަކީ، ކޮންމެ އުމުރެއްގައި ވެސް މި ހުނަރުތައް ރައްކާތެރިކޮށް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމެވެ. ސްކޮޓްލޭންޑްގެ އެޑިންބަރާގައި ހުންނަ ހެރިއޮޓް-ވޮޓް ޔުނިވާސިޓީގެ ސައިކޮލޮޖިސްޓެއް ކަމަށްވާ އެލަން ގޯ ފާހަގަކުރައްވާ ގޮތުގައި، އުމުރުން ދުވަސްވުމުން ބައެއް މަސައްކަތްތައް ލަސްވި ނަމަވެސް، ސިކުނޑީގެ ބާރު މުޅިން ދެރަވުމަކީ (cognitive decline) ކޮންމެހެން ވާންޖެހޭނެ ކަމެއް ނޫނެވެ. "ކޮންމެ އުމުރެއްގައި ވެސް އަދި ކޮންމެ މަރުހަލާއެއްގައި ވެސް ސިކުނޑީގެ ދުޅަހެޔޮކަން ރައްކާތެރިކޮށް ކުރިއެރުވުމުގެ ފުރުސަތު އަހަރެމެންނަށް އެބައޮތް،" އޭނާ ވިދާޅުވިއެވެ.

ހަގީގަތުގައި، މުސްތަގުބަލުގައި ވިސްނުމުގެ ބާރު ގަދަކުރުމަށްޓަކައި އަހަރެމެންގެ މި ހުނަރުތަކަށް އިތުރު ކުރިއެރުމެއް ގެނެވިދާނެއެވެ. ގޯ ވިދާޅުވާ ގޮތުގައި، މައުލޫމާތު ދެނެގަންނަ ދުވެލި ފަދަ ބައެއް ކަންކަމަށް އުމުރުން ދުވަސްވުމުން ބަދަލު އައި ނަމަވެސް، އެއީ މައްސަލައެއް ކަމަށް ދެކިގެން ނުވާނެއެވެ. އަދި މިފަދަ ބަދަލުތައް އުމުރުގެ އެންމެ އުފެއްދުންތެރި ދުވަސްވަރު ވެސް އަންނަން ފަށާފާނެއެވެ. 'އަލްޒައިމާސް ރިސާޗް' އިން ކުރިއަށްގެންދާ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއްގެ މުހިންމު މެސެޖެއްގައި ބުނެފައިވާ ފަދައިން، "ކަމެއް ފެށުމަށް މާ އަވަސް ވަގުތެއް ނުވަތަ މާ ލަސް ވަގުތެއް ނެތެވެ."

ސިކުނޑީގެ މަސައްކަތްތައް ހަރުދަނާކޮށް، ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) އިން ރައްކާތެރިވުމަށް ކުރެވިދާނެ އެއް ކަމަކީ އާ ކަމެއް ތަޖުރިބާ ކުރުމެވެ. ގަސް އިންދައި ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ގަސް ހެއްދުމަކީ ސިކުނޑީގެ ހުނަރުތައް ދަމަހައްޓައިދީ އުމުރު ދިގުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ޑޮކްޓަރުން މިހާރު އަންނަނީ ސިއްހީ ފަރުވާގެ ތެރޭގައި ވެސް މިކަން ހިމަނަމުންނެވެ. އުމުރުން ދުވަސްވާ ވަރަކަށް ގަސްގަހާގެއްސާ ބެހޭ ގޮތުން ދަސްކުރުމާއި، އެ ތަކެތި ދިރުވައި އާލާކުރާނެ ގޮތްތައް ހޯދުމަކީ، އާންމުކޮށް ބޭނުން ނުކުރެވޭ ސިކުނޑީގެ ބައިތައް ހަރަކާތްތެރިކުރުވުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ނުވަތަ އާ ބަހެއް ދަސްކުރުމަކީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟

އާ ބަހެއް ދަސްކުރުމުގެ ސަބަބުން ސިކުނޑީގެ އެކި ބައިތައް މަސައްކަތްކޮށް، އެ ބައިތަކުގެ މެދުގައިވާ ގުޅުންތައް ވަރުގަދަވެގެންދެއެވެ. މިކަމުގެ ސަބަބުން އަލްޒައިމާސް ބަލީގެ އަލާމާތްތައް ފެނުން ފަސް އަހަރާ ގާތްކުރާ މުއްދަތަކަށް ލަސްކޮށްދޭކަން ވަނީ ހޯދިފައެވެ.

ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި އެކަށީގެންވާ ފައިދާހުރި ކާނާ ބޭނުންވެއެވެ.

ވޭތުވެދިޔަ އެތައް އަހަރެއްގެ ދިރާސާތަކުން ދައްކާގޮތުގައި، ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް އެކުލެވޭ ސިއްހީ ގޮތުން ރަނގަޅު ކާނާ ބޭނުންކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ކާނާގެ ބާވަތްތައް ގިނަކަމުން ކާންވީ ކޯޗެއްކަން ނޭނގޭ ހާލަތްތަކުގައި، އަމަލުކުރަން އޮތް އެންމެ ފަސޭހަ އުސޫލަކީ ކެއުމުގައި ތަރުކާރީ އާއި މޭވާގެ ތަފާތު ކުލަތައް ވީހާވެސް ގިނައިން ހިމެނުމެވެ. މިގޮތަށް އަމަލުކުރުމުން ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި، މިނަރަލްސް އަދި ފައިބަރު ލިބި، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ.

ދުވާލަކު ކާ ކެއުމުގައި އިތުރު އެއް މޭވާ ނުވަތަ ތަރުކާރީގެ ބައެއް ހިމެނުމަކީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބޮޑު ބަދަލެއް އަންނަ ކަމެއްކަން ވަނީ ހާމަވެފައެވެ. ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި މޭވާ އާއި ތަރުކާރީ ގިނައިން ބޭނުންކުރުމަކީ ސިކުނޑި އާއި ހިތުގެ ސިއްހަތަށް އޮތް އެންމެ ބޮޑު އެހީތެރިކަމެވެ. އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެބަރޑީންގެ ޕްރޮފެސަރެއް ކަމަށްވާ ކޭރަން ސްކޮޓް ފާހަގަކުރައްވާ ގޮތުގައި، ވިސްނުމުގެ ބާރު ގަދަކުރުމަށްޓަކައި ކާނާގައި ފައިބަރު ހިމެނޭ މިންވަރު އިތުރުކުރުމަކީ އެންމެ މުހިންމު އެއް ބަދަލެވެ. ދާދި ފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، ތިން މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު ފައިބަރު ސަޕްލިމެންޓް ބޭނުންކުރި މީހުންގެ ސިކުނޑީގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. ބަދަން، މޭވާ އަދި ތަރުކާރީ ފަދަ ތަފާތު ގިނަ ބާވަތްތަކުން ފައިބަރު ލިބެން ހުރުމަކީ މި ބަދަލު ގެނައުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.

ހަމައެއާއެކު، ސިކުނޑިއަށް ބޭނުންވާ ރަނގަޅު ފެޓްސް ނުވަތަ ސަރުބީ ބޭނުންކުރުމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. މިގޮތުން ސަލްމަން އާއި ޓްރައުޓް ފަދަ ތެޔޮ މަހާއި، ވޯލްނަޓްސް އިން ލިބޭ "ޕޮލީއަންސެޗުރޭޓެޑް ފެޓްސް" އަކީ ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާ އިން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. ހަމައެއާއެކު، ޕްރޮސެސްކޮށްފައި ހުންނަ މަހުގެ ބާވަތްތަކުގައި ގިނައިން ހުންނަ "ސެޗުރޭޓެޑް ފެޓްސް" ބޭނުންކުރާ މިންވަރު މަދުކުރުމަކީވެސް ފައިދާހުރި ކަމެކެވެ. މިފަދަ ތަކެތީގެ ސަބަބުން ފުރަމޭގައި "ސެރަމައިޑްސް" ކިޔާ ގެއްލުންދެނިވި މާއްދާއެއް އުފެދި، އޭގެ ސަބަބުން ހިތުގެ ބަލިތަކާއި އަލްޒައިމަރސް ބައްޔަށް މަގުފަހިވެއެވެ.

މީގެ އިތުރުން، ކާނާގައި "ކޯލިން" (Choline) އެކުލެވޭ މިންވަރު އިތުރުކުރަން ޖެހެއެވެ. ބިހާއި ޖަނަވާރުން އުފައްދާ ކާނާގެ ބާވަތްތަކުން ލިބޭ މި މާއްދާއަކީ ހަނދާންގަދަކޮށްދޭ މާއްދާއެކެވެ. މި މާއްދާ ހަށިގަނޑުގައި މަދުވުމަކީ ޕާކިންސަންސް އަދި އަލްޒައިމަރސް ފަދަ ބަލިތަކަށް ހުށަހެޅޭ ކަމެކެވެ. އަދި ކޯލިން ގިނައިން ބޭނުންކުރުމަކީ މާޔޫސްވުން ނުވަތަ ޑިޕްރެޝަނަށް މަގުފަހިވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ކަސްރަތު ކުރުމަކީ ހަށިގަނޑަށް ދިރުން ލިބި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަރަކާތްތެރިވުމަށް އަޅުގަނޑުމެން ކިތަންމެ ބޭނުންވި ނަމަވެސް، ކޮންމެ ހަފުތާއަކު ކުރުމަށް ލަފާދޭ މިންވަރަށް ކަސްރަތު ކުރުމަކީ ބައެއް ފަހަރު ދަތި ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ކަސްރަތުގެ ފައިދާ ހޯދުމަށްޓަކައި ކޮންމެހެން ބުރަ ކަސްރަތުތަކެއް ކުރަން ނުޖެހޭކަން ދަނެގަތުން މުހިންމެވެ. ގަވާއިދުން ހިނގާލުމަކީ ވެސް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެކެވެ. ފިހާރައަށް ނުވަތަ ޕާކަށް ދާއިރު ތިބާ ހިނގާ ބާރުމިނަކީ، ތިބާގެ އާންމު ސިއްހަތާއި ސިކުނޑީގެ ދުޅަހެޔޮކަން ދެނެގަތުމަށް ލިބޭ މުހިންމު ނިޝާނަކަށް ވެދާނެއެވެ. އަދި އޮފީހުގައި އެސްކަލޭޓަރު ހުރި ނަމަވެސް، ސިޑިން އެރުމަށް އާދަކުރާށެވެ. ދުވާލަކު މަދު ހަރުފަތްތަކަކުން އެރުމަކީ ވެސް ތިބާގެ ސިއްހަތަށާއި ފިކުރަށް އާރޯކަން ގެނެސްދޭނެ ކަމެކެވެ.

ތިބާ ކުރަނީ ކޮންމެ ކަހަލަ ކަސްރަތެއް ކަމުގައި ވިޔަސް، ގަވާއިދުން ހަށިގަނޑު ހަރަކާތްތެރި ކުރުވުމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިންތިހާއަށް ފައިދާހުރި ކަމެކެވެ. މީގެ ސަބަބުން އަލްޒައިމާ ބައްޔަށް ހުށަހެޅޭ ސިކުނޑީގެ ބައިތައް ވަރުގަދަކޮށްދީ، ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް އަންނަ ބަދަލުތަކުން ރައްކާތެރިކޮށްދީ، ވިސްނުމާއި ހަނދާން ކުރުމުގެ ބާރު ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ދާދި ފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުގެ މެދުތެރޭގައި އެންމެ ގިނައިން ކަސްރަތުކުރާ މީހުންނަށް، އެންމެ މަދުން ކަސްރަތުކުރާ މީހުންނާ އަޅާބަލާއިރު ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ޖެހުމުގެ ފުރުސަތު 45 އިންސައްތަ ކުޑައެވެ.

ކަސްރަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާއަކީ، އޭގެ ސަބަބުން މީހާގެ މިޒާޖު އުޖާލާކޮށްދީ، ނަފްސާނީ ބަލިމަޑުކަމާއި މާޔޫސްކަން ކުޑަކޮށްދިނުމެވެ. އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީގެ ޕްރޮފެސަރ މެލަނީ ބާކް ވިދާޅުވާ ގޮތުގައި، ދުޅަހެޔޮ ގޮތުގައި މުސްކުޅިވުމަށްޓަކައި ބޭރުފުށުގެ ސިފަތަކަށްވުރެ ބޮޑަށް ބަލަންޖެހެނީ އެތެރެހަށީގެ ދުޅަހެޔޮކަމަށެވެ. ސަބަބަކީ، ހަށިގަނޑަށް ދުޅަހެޔޮކަން އިހުސާސްކުރެވޭ ނަމަ ބޭރުފުށުން ވެސް އެކަން ފެންނާނެތީއެވެ. އަދި ދުޅަހެޔޮކަން އިހުސާސްކުރެވުމަކީ ހަރަކާތްތެރިވެ އުޅުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

ދިގު އުމުރަކަށްޓަކައި އެކުވެރިންނަށް އިސްކަންދިނުން

އެހެން މީހުންނާ އޮންނަ އިޖުތިމާޢީ ގުޅުންތަކުގެ ސަބަބުން އުމުރު ދިގުވުމަށް މަގުފަހިވެއެވެ. އަދި އެކަނިވެރިކޮށް އުޅޭ މީހުންނަށްވުރެ، އިޖުތިމާޢީ ގުޅުންތައް ބަދަހި މީހުންގެ ސިއްހަތު މާ ރަނގަޅެވެ. އެކުވެރިކަމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމުން ފެށިގެން ހިތުގެ ބަލިތަކުން މަރުވުމުގެ ފުރުސަތު ކުޑަކުރުމާ ހަމައަށް، ހުރިހާ ކަމަކަށް ނުފޫޒު ފޯރުވާ ކަމެކެވެ. މީގެ އިތުރުން، ދިގު އުމުރެއް ވޭތުކުރުމަށްވެސް މިފަދަ ގުޅުންތައް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ.

ޑިމެންޝިޔާއަލްޒައިމަރސްސިކުނޑީގެ ސިއްހަތުޕާކިންސަންސްސިއްހަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ

ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ

22 މެއި 2026
ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން

ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން

07 މެއި 2026
ހެނދުނުގެ ނާސްތާއަށް އެވޮކާޑޯ އާއި ބިސް ކެއުމުން ހަށިގަނޑަށް އަންނާނީ ކޮން ބަދަލުތަކެއް؟

ހެނދުނުގެ ނާސްތާއަށް އެވޮކާޑޯ އާއި ބިސް ކެއުމުން ހަށިގަނޑަށް އަންނާނީ ކޮން ބަދަލުތަކެއް؟

02 މެއި 2026
ކްރިއޭޓިން: ހަށިގަނޑު ބިނާކުރުމަށް ބޭނުންކުރާ ސަޕްލިމެންޓެއް، ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ވެސް އެއްޗެއް

ކްރިއޭޓިން: ހަށިގަނޑު ބިނާކުރުމަށް ބޭނުންކުރާ ސަޕްލިމެންޓެއް، ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ވެސް އެއްޗެއް

17 ޖެނުއަރީ 2026
މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި

މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު