Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއީރާން-އެމެރިކާ

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026 | ހޯމަ 16:20

އީރާނުގެ ނިއުކްލިއާ މައްސަލައާއި ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ބާރުދިނުމުގެ ގޮތުން، އެ ގައުމުގެ ތެލުގެ މުއާމަލާތްތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް 2026 އޯގަސްޓްގެ ނިޔަލަށް ލުޔެއް ދީފި. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު 3.3 އިންސައްތަ ދަށަށް ގޮސްފައިވޭ.

ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 16:20
ފާރިސީ ކަނޑުއޮޅީގެ އައްސޭރިފަށުގައިވާ ޚާރްކް އައިލެންޑްގެ ތެޔޮ ރައްކާކުރާ މަރުކަޒުގެ ޕްލެޓްފޯމަކަށް ޕެނަމާގެ ތެޔޮ އުފުލާ ބޯޓެއް ކައިރިކުރަނީ.

ފާރިސީ ކަނޑުއޮޅީގެ އައްސޭރިފަށުގައިވާ ޚާރްކް އައިލެންޑްގެ ތެޔޮ ރައްކާކުރާ މަރުކަޒުގެ ޕްލެޓްފޯމަކަށް ޕެނަމާގެ ތެޔޮ އުފުލާ ބޯޓެއް ކައިރިކުރަނީ. | ގެޓީ އިމޭޖަސް

އީރާނުން އުފައްދާ ސާފުނުކުރާ ތެލާއި، ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަންނަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ލުޔެއް ދިނުމަށް ނިންމާފައިވާކަން އެމެރިކާ ސަރުކާރުން ހޯމަ ދުވަހު ހާމަކޮށްފިއެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، މި ފިޔަވަޅުތައް މެދުކަނޑާލަން ނިންމީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަހެއްނެތި ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށާއި، އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ އިންސްޕެކްޓަރުންނަށް އީރާނަށް ވަނުމުގެ ހުއްދަ ދިނުމަށް މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން އެއްބަސްވެފައިވާތީ ކަމަށެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ލައިސަންސްގައިވާ ގޮތުން، އީރާނުން އުފައްދާ ސާފުނުކުރާ ތެޔޮ އުފެއްދުމާއި، ވިއްކުމާއި އަދި އުފުލުމާ ގުޅޭގޮތުން މީގެކުރިން މަނާކޮށްފައިވާ ހުރިހާ މުއާމަލާތްތަކަކަށް، 2026 ވަނަ އަހަރުގެ އޯގަސްޓް 21 ވަނަ ދުވަހުގެ ރޭގަނޑު 12:01 (އީސްޓަން ޑޭލައިޓް ޓައިމް) އާ ހަމައަށް ވަނީ ހުއްދަ ދީފައެވެ.

ލުބުނާނު ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނާއި ގަތަރުން ކުރި ބުރަ މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވިއެވެ. އަދި ތެލާއި ޕެޓްރޯކެމިކަލް އެކްސްޕޯޓް ކުރުމަށް ހުރި ހުރަސްތައް ނައްތާލައި، ބްލޮކޭޑް އުވާލައި، ހިފަހައްޓާފައިވާ ބައެއް ފައިސާ ދޫކޮށްލުމުގެ އިތުރުން، އީރާނު އާރާސްތުކުރުމާއި ތަރައްގީގެ ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން، ބްރެންޓް ކްރޫޑް ތެލުގެ އަގު 3.3 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ހުރީ 77.91 ޑޮލަރުގައެވެ.

ގާތްގަނޑަކަށް 40 ދުވަހުގެ ހަނގުރާމައަށްފަހު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސް، 60 ދުވަހުގެ މަޝްވަރާތަކަށް މަގުފަހިކުރުމުގެ ގޮތުން ތެހެރާނާއި ވޮޝިންގޓަނުން މިދިޔަ ހަފުތާގައި ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

އީރާންސްކޮޓް ބެސެންޓްހުރްމުޒް ކަނޑުއޮޅިތެލުގެ އަގުއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!
21 ޖޫން 2026

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

21 ޖޫން 2026
ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ
21 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވީ ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން: ޖަރުމަނުގެ ޑިފެންސް މިނިސްޓަރ

21 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވީ ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން: ޖަރުމަނުގެ ޑިފެންސް މިނިސްޓަރ
21 ޖޫން 2026

80 މިނެޓަށް ފަހު، ކުއްލި ގޮތަކަށް އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިއްޖެ

21 ޖޫން 2026
80 މިނެޓަށް ފަހު، ކުއްލި ގޮތަކަށް އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިއްޖެ
21 ޖޫން 2026

ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް

21 ޖޫން 2026
ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް
21 ޖޫން 2026

މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

21 ޖޫން 2026
އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް