Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި

ފޭކް ސަނަދުތަކުގެ މައްސަލަ އިތުރުވަމުންދާތީ، މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމަށާއި އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުމަށް މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވައިފި. މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ދޭ އަދަބު ހަރުކަށިކޮށް، ސަނަދު ދޫކުރާ މުއައްސަސާތަކާއި އެ ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް މެންބަރު ވަނީ ގޮވާލައްވާފައި. މީގެ އިތުރުން، މި މައްސަލައިގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް އޮތް އިތުބާރު ގެއްލިދާނެ ކަމުގެ ބިރު އޮތްކަންވެސް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2026 | ބުރާސްފަތި 08:56
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު.

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު. | Higher Education Ministry

ރާއްޖޭގައި އެކްރެޑިޓް ނުކުރާ އަދި ފެންވަރު ކަށަވަރުނުކުރެވޭ ސަނަދުތައް ދޫކުރުމާއި، ފޯޖް ސަނަދުތައް އިތުރުވާ މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.

މި މައްސަލައާ ގުޅިގެން އެމްކިޔުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެދި، ބުދަ ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

ކުޑޫ ހުށަހެޅުއްވި ސިޓީގައި، އެކްރެޑިޓް ނުކުރާ ސަނަދު ދޫކުރުމާއި، ބޭނުން ކުރުމާއި، ޕޯޖު ސަނަދު ގެންގުޅުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދާފައިވާ ކަމަށާއި، މިކުށް މިހާރު ފެތެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުންކަމާއި އަދި އަދަބަކީ 1 އަހަރާއި 2 އަހަރާއި ދެމެދުގެ ޖަލު ހުކުމެއްކަން ފާހަގަކޮށްފަ އެވެ.

ނަމަވެސް މިކަން ވެސް މިހާތަނަށް ތަންފީޒު ކުރެވިފައިނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވީ ކުށް ތަކުރާރުވާ މިންވަރަށް ބަލައި، ގަވާއިދާ ހިލާފުވާ މުއައްސަސާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ތަން ބަންދުކުރަން ޖެހޭ ކަމަށާއި، މިފަދަ ކަންކަމަށް ގާނޫނުގެ ދަށުން މިހާރު ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަބަކީ 10،000 ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.

ނަމަވެސް މިއަދަދަކީ އެކަށީގެންވާ އަދަދެއް ނޫންކަމަށާއި މިކަމުގެ ބޮޑުކަމާއި، ކަމުގެ ހައްސާސް ކަމަށް ބަލައި، މި އަދަދު އިތުރު ކުރުމަކީ މުހިންމު ކަމެއްކަން ކުޑޫ ފާހަގަކުރެއްވި އެވެ.

އެގޮތުން ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 67 ( ފިޔަވަޅު އެޅުމުގެ ބާރު) މާއްދާއަށް އިސްލާހު ގެނައުމަކީ މުހިންމު ކަމެއް ކަމަށާއި، އެކްރެޑިޓް ނުކުރާ އަދި ފެންވަރު ކަށަވަރުނުކުރެވޭ ސަނަދުތައް (ފޭކް ސެޓްފިކެޓްތަކާއި ފޯޖް ސަނަދު ދޫކުރި ފަރާތް) އެ ސަނަދު ލިބިގެން ފަރާތެއްގެ މައުލޫމާތު އާއްމު ކުރުމަށް ކުޑޫ ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ. 

ފެންވަރެއް ނެތް ސަނަދުތަކެއް ހޯދުމަށް ދަރިވަރުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހުމަކީ ދަރިވަރުންނަށާއި އާއިލާތަކަށް ލިބޭ ވަރަށް ބޮޑު މާލީ ގެއްލުމެއްކަން ފާހަގަކުރައްވައި ކުޑޫ ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ނިޒާމުގެ އަގުވެއްޓި، ބޭރުގެ ގައުމުތަކުން ދިވެހި ސަނަދުތައް ބަލައިނުގަންނަ ހާލަތަކަށް ގައުމު ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އަދި ތައުލީމީ މަރުކަޒުތަކުން ނިކުންނަ ދަރިވަރުންނާމެދު ވަޒީފާދޭ ފަރާތްތަކުގެ އިތުބާރު އިއާދަކުރުމަކީ ގައުމުގެ މުސްތަގުބަލަށްކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ކުޑޫ ވިދާޅުވި އެވެ.

މީގެ އިތުރުން ކުޑޫ ވަނީ ރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމާއި ތަމްރީން ދިނުމުގެ ޚިދުމަތްތަކުގެ ފެންވަރު ވަޒަން ކުުރުމުގައި އެމްކިއުއޭގެ ދައުރު އަދި މިކަމުގައި ހުރި ގޮންޖެހުންތައް އޮޅުންފިލުވުމަށް އެ އޮތޯރިޓީގެ އިސް ފަރާތްތަށް ރައްޔިތުން މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ އަށް ހާޒިރު ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ20 ވަނަ ރައްޔިތުންގެ މަޖިލީސްމުހައްމަދު އިބްރާހިމް (ކުޑޫ)

އިތުރަށް ކިޔާލަން

25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
24 ޖޫން 2026

މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު

24 ޖޫން 2026
މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
24 ޖޫން 2026

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

24 ޖޫން 2026
"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
22 ޖޫން 2026

އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި

22 ޖޫން 2026
އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި
22 ޖޫން 2026

ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

22 ޖޫން 2026
ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު