Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް

މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި

މައިންޑްކޯ އާއި ބީއެމްއެލް ގުޅިގެން "މޯލްޑިވްސް އޭއައި ލެބް" އިފްތިތާހުކުރުމާއެކު، އޭއައި ބޭނުންކުރުމުގެ ގައުމީ އުސޫލުތައް ކަނޑައެޅުމަށް "ކޯ.ލެބް 26" ގެ ނަމުގައި ހަތަރު ދުވަހުގެ ހަރަކާތެއް ވަނީ ފަށާފަ. މި ހަރަކާތުގެ ތެރެއިން ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި ފިންޓެކް ދާއިރާ ކުރިއެރުވުމަށް އޭއައި ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހާއްސަ ހެކަތަންއެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފަ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކޮށް، ދިވެހި ހުނަރުވެރިންގެ އެހީގައި އިގްތިސާދީ އަދި އިޖުތިމާއީ މަންފާ ހޯދުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 18:24
މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވާހަކަ ދައްކަވަނީ

މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވާހަކަ ދައްކަވަނީ | ބީއެމްއެލް

 މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން، ރާއްޖޭގެ ފުރަތަމަ ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރ، "މޯލްޑިވްސް އޭއައި ލެބް" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ހޯމަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެވެ. މި ސެންޓަރުގެ މަސައްކަތްތައް ފެށިގެންދިޔައީ އޭއައި ބޭނުންކުރުމާ ގުޅޭ ގައުމީ އުސޫލުތައް ބައްޓަންކުރުމަށް ބާއްވާ ހަތަރު ދުވަހުގެ ހަރަކާތެއް ކަމަށްވާ "ކޯ.ލެބް 26" އާއެކުގަ އެވެ. މި ހަރަކާތުގެ ފުރަތަމަ ދެ ދުވަހު އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމާއި ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ އެވެ.

މި ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ ހާއްސަ ހެކަތަންއެކެވެ. މި ހެކަތަންގައި ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބީއެމްއެލްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" ހިމެނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި، ސްކޭމްތައް ދެނެގަތުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، އަވަސް އަދި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އޭއައިއަށް ލިބިގެންވާ ކަމަށެވެ. އަދި ޓެކްނޮލޮޖީ އަކީ މިހާރު ހަމައެކަނި މަސައްކަތަށް އެހީތެރިވެދޭ އެއްޗެއް ނޫން ކަމަށާއި، އެއީ އިގްތިސާދީ ބައިވެރިވުން ބައްޓަންކުރާ މުހިންމު ވަސީލަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވި ގޮތުގައި، މިފަދަ މަރުކަޒެއްގެ ސަބަބުން ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކުރުމަށް ފުރުސަތު ލިބި، ދިވެހި ހުނަރުވެރިން ބިނާކުރުމަށް މަގުފަހިވާނެ އެވެ. މިއީ ވަކިވަކިން ކުރެވޭ މަސައްކަތްތަކުގެ ބަދަލުގައި، މުޅި ގައުމަށް އަމާޒުކޮށްގެން ނިޒާމީ ސިފައެއްގައި ކުރިއަށްދާނެ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ އަލީ އިހުސާންގެ ވާހަކަފުޅުގައި، އޭއައި ބޭނުންކުރަންވާނީ ދިވެހިންގެ ލާބައާއި މަންފާއަށްޓަކައި ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މައިންޑްކޯމޯލްޑިވްސް އޭއައި ލެބްމުހައްމަދު ޝަރީފް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ކޮމެންޓް

އިތުރަށް ކިޔާލަން

 
 ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ފަށައިފި

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ފަށައިފި

14 މެއި 2026
ބޭންކް އޮފް މޯލްޑިވްސްގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސްގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

13 މެއި 2026
ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި

08 މެއި 2026
ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު

ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު

08 މެއި 2026
ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

07 މެއި 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު