Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ގަދަ 32 އަށް ހޮވުނު ޓީމުތަކާއި މެޗުތައް ތާވަލުކުރެވިފައިވާ ގޮތުގެ ތަފުސީލް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ގަދަ 32 ޓީމު ވާދަކުރާ ނޮކްއައުޓް ބުރުގެ ގުރުއަތާއި މެޗުތައް ކުޅޭނެ ތާވަލު މިހާރު ވަނީ އާންމުކޮށްފައި. މި ބުރުގައި ޖުމްލަ 16 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ކުރިއަށްދާނީ ޖޫން 28 އިން ޖުލައި 3 ގެ ނިޔަލަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ އެކި ސިޓީތަކުގައި. މުބާރާތުގެ ގަދަ ބާރުތައް ކަމަށްވާ ބްރެޒިލް، އާޖެންޓީނާ، ފްރާންސް އަދި ޖަރުމަނުވިލާތް ފަދަ ޓީމުތައް މި ބުރުގައި ވާދަކުރޭ

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 08:59
ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރިއިރު، އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިން ޖޫޑް ބެލިންގްހަމް އުފާފާޅުކުރަނީ.

ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރިއިރު، އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިން ޖޫޑް ބެލިންގްހަމް އުފާފާޅުކުރަނީ. | ގެޓީ އިމޭޖަސް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ނޮކްއައުޓް ބުރުގެ މެޗްތައް ކުރިއަށް ދާނެ ގޮތް މިހާރު ވަނީ ފުރިހަމަވެފައެވެ.

މުބާރާތުގައި ވާދަކުރި 48 ޓީމުގެ މެދުގައި ކުޅެވުނު ގްރޫޕް ސްޓޭޖުގެ 72 މެޗަށްފަހު، ދެން އޮތީ މުބާރާތުން ކަޓައިގެންދާ ނޮކްއައުޓް ބުރުގެ ފޯރިގަދަ މެޗުތަކެވެ. ތިރީގައި މިވަނީ ގަދަ 32 އަށް ހޮވުނު ޓީމުތަކާއި މެޗުތައް ތާވަލުކުރެވިފައިވާ ގޮތުގެ ތަފުސީލެވެ.

ގަދަ 32 އަށް ހޮވުނު ޓީމުތައް

މުބާރާތުގެ 12 ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދި ދެ ޓީމުގެ އިތުރުން، ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމު ވަނީ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައެވެ. އެ ޓީމުތަކަކީ:

ގްރޫޕް އޭ: މެކްސިކޯ، ދެކުނު އެފްރިކާ

ގްރޫޕް ބީ: ސްވިޒަލޭންޑް، ކެނެޑާ، ބޮސްނިއާ އެންޑް ހެރްޒެގޮވީނާ

ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ

ގްރޫޕް ޑީ: އެމެރިކާ، އޮސްޓްރޭލިއާ، ޕެރަގުއޭ

ގްރޫޕް އީ: ޖަރުމަނުވިލާތް، އައިވަރީ ކޯސްޓް، އިކުއެޑޯ

ގްރޫޕް އެފް: ނެދަލޭންޑްސް، ޖަޕާން، ސްވިޑަން

ގްރޫޕް ޖީ: ބެލްޖިއަމް، މިސްރު

ގްރޫޕް އެޗް: ސްޕެއިން، ކޭޕް ވާޑޭ

ގްރޫޕް އައި: ފްރާންސް، ނޯވޭ، ސެނެގާލް

ގްރޫޕް ޖޭ: އާޖެންޓީނާ، އޮސްޓްރިއާ، އަލްޖީރިއާ

ގްރޫޕް ކޭ: ކޮލަމްބިއާ، ޕޯޗުގަލް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ

ގްރޫޕް އެލް: އިންގްލޭންޑް، ކްރޮއޭޝިއާ، ގާނާ

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމުގެ ޝަރަފު ކޭޕް ވާޑް ހޯދި

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމުގެ ޝަރަފު ކޭޕް ވާޑް ހޯދި

ގަދަ 32 ގެ މެޗުތައް ތާވަލުކުރެވިފައިވާ ގޮތް

އާދީއްތަ ދުވަސް، 28 ޖޫން

ދެކުނު އެފްރިކާ އަދި ކެނެޑާ ބައްދަލުކުރާ މެޗު: ޖީއެމްޓީން 19:00 – ލޮސް އެންޖެލިސް ސްޓޭޑިއަމް، ކެލިފޯނިއާ، އެމެރިކާ

ހޯމަ ދުވަސް، 29 ޖޫން

ބްރެޒިލް އަދި ޖަޕާން ބައްދަލުކުރާ މެޗު: ޖީއެމްޓީން 17:00 – ހިއުސްޓަން ސްޓޭޑިއަމް، ޓެކްސަސް، އެމެރިކާ.

ޖަރުމަނުވިލާތް އަދި ޕެރަގުއޭ ބައްދަލުކުރާ މެޗު: ޖީއެމްޓީން 20:30 – ބޮސްޓަން ސްޓޭޑިއަމް، މެސެޗޫސެޓްސް، އެމެރިކާ.

ނެދަލޭންޑްސް އަދި މޮރޮކޯ ބައްދަލުކުރާ މެޗު: ޖީއެމްޓީން އަންގާރަ ދުވަހުގެ 01:00 – މޮންޓެރޭ ސްޓޭޑިއަމް، މެކްސިކޯ.

އަންގާރަ ދުވަސް، 30 ޖޫން

އައިވަރީ ކޯސްޓް އަދި ނޯވޭ ބައްދަލުކުރާ މެޗު: ޖީއެމްޓީން 17:00 – ޑަލަސް ސްޓޭޑިއަމް، ޓެކްސަސް، އެމެރިކާ.

ފްރާންސް އަދި ސްވިޑަން ބައްދަލުކުރާ މެޗު: ޖީއެމްޓީން 21:00 – ނިއު ޔޯކް/ނިއު ޖާޒީ ސްޓޭޑިއަމް، އެމެރިކާ.

މެކްސިކޯ އަދި އިކުއެޑޯ ބައްދަލުކުރާ މެޗު: ޖީއެމްޓީން ބުދަ ދުވަހުގެ 01:00 – މެކްސިކޯ ސިޓީ ސްޓޭޑިއަމް، މެކްސިކޯ.

ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި، ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއަރާއި އޭނާގެ ޓީމު، ޖަޕާނާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުން އެބަދޭ.

ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި، ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއަރާއި އޭނާގެ ޓީމު، ޖަޕާނާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުން އެބަދޭ.

ބުދަ ދުވަސް، 1 ޖުލައި

އިންގްލޭންޑް އަދި ކޮންގޯ ބައްދަލުކުރާ މެޗު: ޖީއެމްޓީން 16:00 – އެޓްލާންޓާ ސްޓޭޑިއަމް، ޖޯޖިއާ، އެމެރިކާ.

ބެލްޖިއަމް އަދި ސެނެގާލް ބައްދަލުކުރާ މެޗު: ޖީއެމްޓީން 20:00 – ސިއެޓްލް ސްޓޭޑިއަމް، ވޮޝިންގްޓަން، އެމެރިކާ.

އެމެރިކާ އަދި ބޮސްނިއާ ބައްދަލުކުރާ މެޗު: ޖީއެމްޓީން ބުރާސްފަތި ދުވަހުގެ 00:00 – ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް، ކެލިފޯނިއާ، އެމެރިކާ

ބުރާސްފަތި ދުވަސް، 2 ޖުލައި

ސްޕެއިން އަދި އޮސްޓްރިއާ ބައްދަލުކުރާ މެޗު: ޖީއެމްޓީން 19:00 – ލޮސް އެންޖެލިސް ސްޓޭޑިއަމް، އެމެރިކާ.

ޕޯޗުގަލް އަދި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު: ޖީއެމްޓީން 23:00 – ޓޮރޮންޓޯ ސްޓޭޑިއަމް، އޮންޓޭރިއޯ، ކެނެޑާ.

ސްވިޒަލޭންޑް އަދި އަލްޖީރިއާ ބައްދަލުކުރާ މެޗު: ޖީއެމްޓީން ހުކުރު ދުވަހުގެ 03:00 – ބީސީ ޕްލޭސް ވެންކޫވަރ، ބްރިޓިޝް ކޮލަމްބިއާ، ކެނެޑާ.

ހުކުރު ދުވަސް، 3 ޖުލައި

އޮސްޓްރޭލިއާ އަދި މިސްރު ބައްދަލުކުރާ މެޗު: ޖީއެމްޓީން 18:00 – ޑަލަސް ސްޓޭޑިއަމް

އާޖެންޓީނާ އަދި ކޭޕް ވާޑް ބައްދަލުކުރާ މެޗު: ޖީއެމްޓީން 22:00 – މިއާމީ ސްޓޭޑިއަމް، ފްލޮރިޑާ، އެމެރިކާ.

ކޮލަމްބިއާ އަދި ގާނާ ބައްދަލުކުރާ މެޗު: ޖީއެމްޓީން ހޮނިހިރު ދުވަހުގެ 01:30 – ކެންސަސް ސިޓީ ސްޓޭޑިއަމް، މިޒޫރީ، އެމެރިކާ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ފެށިގެން ފައިނަލާ ހަމައަށް، ޓީމުތައް ދަތުރުކުރާނެ ކަމަށް ބެލެވޭ މަގުތައް ދައްކައިދޭ އިންފޯގްރަފިކެއް.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ފެށިގެން ފައިނަލާ ހަމައަށް، ޓީމުތައް ދަތުރުކުރާނެ ކަމަށް ބެލެވޭ މަގުތައް ދައްކައިދޭ އިންފޯގްރަފިކެއް.

ފުޓްބޯޅަވޯލްޑް ކަޕް 2026

އިތުރަށް ކިޔާލަން

27 ޖޫން 2026

ޓިޕް ދޭންޖެހޭލެއް ގިނަކަމުން ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިޔަ ސަޕޯޓަރުން ފޫހިވެއްޖެ

27 ޖޫން 2026
ޓިޕް ދޭންޖެހޭލެއް ގިނަކަމުން ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިޔަ ސަޕޯޓަރުން ފޫހިވެއްޖެ
27 ޖޫން 2026

އުރުގުއޭ މުބާރާތުން ކެޓުން - "ވިހަ" މީހެއް ކަމަށް އަމިއްލަ އަށް ސިފަކުރި ހެޑް ކޯޗު ބުނީ މި މާޔޫސްކަމުގެ ޒިންމާ އުފުލަނީ އޭނާ ކަމަށް

27 ޖޫން 2026
އުރުގުއޭ މުބާރާތުން ކެޓުން - "ވިހަ" މީހެއް ކަމަށް އަމިއްލަ އަށް ސިފަކުރި ހެޑް ކޯޗު ބުނީ މި މާޔޫސްކަމުގެ ޒިންމާ އުފުލަނީ އޭނާ ކަމަށް
27 ޖޫން 2026

އުރުދުން އާޖެންޓިނާ މެޗުގައި މެސީ ފުރަތަމަ އިންނާނީ ބެންޗުގައި: ކޯޗު

27 ޖޫން 2026
އުރުދުން އާޖެންޓިނާ މެޗުގައި މެސީ ފުރަތަމަ އިންނާނީ ބެންޗުގައި: ކޯޗު
26 ޖޫން 2026

ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟

26 ޖޫން 2026
ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟
26 ޖޫން 2026

އެމްބާޕޭ އާއި ހާލަންޑް ހުކުރު ދުވަހު ބައްދަލު ކުރާއިރު، ދެކުޅުންތެރިންގެ ތަފާތު ފެންނަނީ ކިހިނެއް؟

26 ޖޫން 2026
އެމްބާޕޭ އާއި ހާލަންޑް ހުކުރު ދުވަހު ބައްދަލު ކުރާއިރު، ދެކުޅުންތެރިންގެ ތަފާތު ފެންނަނީ ކިހިނެއް؟
25 ޖޫން 2026

ވޯލްޑް ކަޕް ނޮކައުޓް ބުރަށް ދިއުމަށް ކޮންމެ ޓީމަކަށް ބޭނުންވަނީ ކޮން ކަމެއް؟

25 ޖޫން 2026
ވޯލްޑް ކަޕް ނޮކައުޓް ބުރަށް ދިއުމަށް ކޮންމެ ޓީމަކަށް ބޭނުންވަނީ ކޮން ކަމެއް؟
24 ޖޫން 2026

އުރުދުން ގައި ވޯލްޑް ކަޕް މެޗު ބަލަން އެއްވި ބަޔަކު ތޮއްޖެހި ފިތި ބާރުވެގެން އެކަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

24 ޖޫން 2026
އުރުދުން ގައި ވޯލްޑް ކަޕް މެޗު ބަލަން އެއްވި ބަޔަކު ތޮއްޖެހި ފިތި ބާރުވެގެން އެކަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ
24 ޖޫން 2026

ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް

24 ޖޫން 2026
ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް
23 ޖޫން 2026

ރަން ބޫޓުގެ ރޭސް - ކުރި ހޯދާނީ ކާކު؟

23 ޖޫން 2026
ރަން ބޫޓުގެ ރޭސް - ކުރި ހޯދާނީ ކާކު؟
23 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟

23 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު