Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފުލުހުންގެ ޚިދުމަތް

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި 27 ފުލުހަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުލައާއި މެޑަލް ހަވާލުކޮށްދެއްވާފައި. މީގެ ތެރެއިން 20 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިވަޑައިގަތްއިރު، އިސް ހަތް އޮފިސަރަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވާފައި. މެޑަލް ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ތިން އެސިސްޓަންޓް ކޮމިޝަނަރުންނާއި، ދެ ޗީފް ސުޕްރިންޓެންޑެންޓުންގެ އިތުރުން ދެ ސުޕްރިންޓެންޑެންޓުން ހިމެނިވަޑައިގަންނަވާ.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 17:51
ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި

ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި | ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވި 27 ފުލުހަކަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވައިފިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ކުލަ މި އަހަރު 20 އޮފިސަރަކަށް ލިބިލެއްވިއެވެ. 

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 އޮފިސަރަކަށް ވަނީ އަރުވާފައެވެ. އެއީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ސާމީ އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރެވެ.

މަސްދަރު: މޯލްޑިވްސް ޕޮލިސް ސާވިސް

ޑރ. މުޙައްމަދު މުޢިއްޒުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

28 ޖޫން 2026

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެނީ

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ރިޓަޔާކުރާ ފުލުހުންގެ އިނާޔަތްތައް މުއްދަތަށް ބަލައި އިތުރުކުރުމަށާއި، ބޯހިޔާވަހިކަމާއި ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަގީންކަން ދެއްވާފައި.

28 ޖޫން 2026
ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެނީ
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

ލާމު އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މާވަށު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި. ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ބޮޑު ތާއީދެއް ދިން އެ ރަށުގެ ރައްޔިތުން ބުނާ ގޮތުގައި، އެއާޕޯޓު އެހެން ރަށެއްގައި އެޅުމަކީ އެމީހުން ކުރި އިތުބާރަށް ލިބުނު ދެރައެއް ކަމުން، މި ނިންމުން މުރާޖައާކޮށްދިނުމަށް އެދޭ ކަމަށް.

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
28 ޖޫން 2026

މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ވެއްޓި އަނިޔާވި ބިދޭސީ ދެ މަސައްކަތްތެރިންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ދޫކޮށްފައިވާއިރު، ދެވަނަ މީހާއަށް ވޯޑުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނޭ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ތަހުގީގު ކުރަމުންދާއިރު، އިމާރާތްކުރުމުގެ މަސައްކަތުގައި ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނާޅާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވަމުންދާތީ، މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން.

28 ޖޫން 2026
މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
28 ޖޫން 2026

އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން

މާލޭ ވިޔަފާރި ބަނދަރުގެ ބާޖަކުން ކަނޑަށް ވެރުނު ކޮންޓެއިނަރުތައް ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން. މޫސުން ގޯސްވެ ހިނގި މި ހާދިސާގައި ވެރުނު ކޮންޓެއިނަރުތަކުގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ ދެ ކޮންޓެއިނަރު ކަމަށްވާއިރު، ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި. ކަނޑަށް ވެރިފައި ވަނީ ހުސް ކޮންޓެއިނަރުތަކެއް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، ވެރުނު ކޮންޓެއިނަރުގެ ސީދާ އަދަދާ މެދު ވަނީ ސުވާލު އުފެދިފައި.

28 ޖޫން 2026
އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން
28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

ރައީސް ޑރ. މުޢިއްޒުގެ އިޤްތިސާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށަށް ގޮސް، ވިޔަފާރިވެރިންނާއި ސިވިލް ސަރވަންޓުން މާޔޫސްވެފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވި،. ތަކެތީގެ އަގާއި ކަރަންޓު ބިލްތައް ބޮޑުވެ، ޑޮލަރުގެ ރޭޓު މަތިވުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ޤައުމުގެ އިޤްތިސާދު ހީނަރުވަމުންދާއިރުވެސް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމަށް ވިދާޅުވެ ސައުދުﷲ ވަނީ ފާޑުވިދާޅުވެފައި.

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު