Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމު އެއާޕޯޓު

ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!

ލާމު އަތޮޅުގައި އަލަށް ތަރައްޤީކުރާ އެއާޕޯޓު އިސްދޫކަލައިދޫގައި އެޅުމަށް ނިންމީ އިޤްތިސާދީ ގޮތުންނާއި ޚަރަދުގެ ގޮތުން އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މި ނިންމުމާ ގުޅިގެން މާވަށު ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިފައިވާއިރު، އެ ރަށުގެ ރައްޔިތުން ދަނީ އެއާޕޯޓު އެޅުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖޫން 2026 | ހޯމަ 08:09
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން.

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން. | ރައީސް އޮފީސް

ލާމު އަތޮޅުގައި އަލަށް ތަރައްޤީކުރާ އެއާޕޯޓު އެ އަތޮޅު އިސްދޫކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށާއި، އެ އަތޮޅު މާވަށުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާވަށުގައި އެއާޕޯޓު ނާޅާތީ އެ ރަށު ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ލާމު އަތޮޅުގެ ތިން ސަރަޙައްދަކުން އެއާޕޯޓެއް ބޭނުންވެގެން އެކަމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މިކަމުގައި ގޮތެއް ނިންމުމުގައި ބަލާފައިވަނީ އެންމެ ޚަރަދު ކުޑަކޮށް އަދި އިޤްތިސާދީ ގޮތުން އެންމެ ދެމެހެއްޓެނިވި ގޮތަކަށް އެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިސްދޫކަލައިދޫގައި އެއާޕޯޓު އެޅުމަށް ނިންމީ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ވަރަށް ތަފްސީލީ ގޮތެއްގައި ބަލަންޖެހޭ ކަންކަން ބަލައި ދިރާސާ ކުރުމަށްފަހުގައެވެ. އެހެންކަމުން، ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނީ އިސްދޫކަލައިދޫގައި ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މާވަށުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ނަމަވެސް، އޭގެ މާނައަކީ އެ ރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިނުދިނުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. މާވަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފަ އެވެ.

ލާމު އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެ އަތޮޅު މާވަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތްވެސް ވަނީ ކޮށްފަ އެވެ. އެގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މި ނިންމުން ހާމަކުރުމާ ގުޅިގެން، މާވަށުގައި ތިބި ސަރުކާރު ހިންގާ ޕީއެންސީގެ އާންމު މެމްބަރުންނާއި ބައެއް ރައްޔިތުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.

އެހެން ހުރިހާ ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބޮޑަށް އެ ރަށުގެ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއްގެ ޚިދުމަތް ކަމަށާއި، އެއީ ރަށުގެ އެކަހެރިކަން ނައްތާލުމަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށްވެސް އެ ރަށުގެ ރައްޔިތުން ބުނެ އެވެ.

މި މައްސަލައިގައި ރަށުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި މާވަށަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ދެވަނައަށް އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދިން ދާއިރާ އެވެ. އަދި އެ ރަށުގެ ރައްޔިތުން ސަރުކާރު ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީވެސް އެއާޕޯޓުގެ ބޭނުމުގައި ކަމަށް ރައްޔިތުން ބުނެ އެވެ.

ލ އަތޮޅުއިސްދޫ ކަލައިދޫމާވަށްޑރ. މުޙައްމަދު މުޢިއްޒުޕީއެންސީކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީ

އިތުރަށް ކިޔާލަން

29 ޖޫން 2026

އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ބޮޑު ބައެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައި، މީހުން ވައްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި. މި އަހަރުގެ ތެރޭގައި ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެކަން ފާހަގަކުރައްވައި، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށާއި ފްލެޓް ލިސްޓުވެސް މިއަހަރު އިއުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.

29 ޖޫން 2026
އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!
28 ޖޫން 2026

ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުން މި ހިތާމަވެރި ދަނޑިވަޅުގައި ސަޢޫދީއާއެކު ސާބިތުކަންމަތީ ތިބިކަން ހާމަކުރައްވައި، ވަކިވެދިޔަ މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައި. މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައި.

28 ޖޫން 2026
ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި 27 ފުލުހަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުލައާއި މެޑަލް ހަވާލުކޮށްދެއްވާފައި. މީގެ ތެރެއިން 20 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިވަޑައިގަތްއިރު، އިސް ހަތް އޮފިސަރަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވާފައި. މެޑަލް ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ތިން އެސިސްޓަންޓް ކޮމިޝަނަރުންނާއި، ދެ ޗީފް ސުޕްރިންޓެންޑެންޓުންގެ އިތުރުން ދެ ސުޕްރިންޓެންޑެންޓުން ހިމެނިވަޑައިގަންނަވާ.

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

ލާމު އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މާވަށު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި. ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ބޮޑު ތާއީދެއް ދިން އެ ރަށުގެ ރައްޔިތުން ބުނާ ގޮތުގައި، އެއާޕޯޓު އެހެން ރަށެއްގައި އެޅުމަކީ އެމީހުން ކުރި އިތުބާރަށް ލިބުނު ދެރައެއް ކަމުން، މި ނިންމުން މުރާޖައާކޮށްދިނުމަށް އެދޭ ކަމަށް.

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

ރައީސް ޑރ. މުޢިއްޒުގެ އިޤްތިސާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށަށް ގޮސް، ވިޔަފާރިވެރިންނާއި ސިވިލް ސަރވަންޓުން މާޔޫސްވެފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވި،. ތަކެތީގެ އަގާއި ކަރަންޓު ބިލްތައް ބޮޑުވެ، ޑޮލަރުގެ ރޭޓު މަތިވުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ޤައުމުގެ އިޤްތިސާދު ހީނަރުވަމުންދާއިރުވެސް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމަށް ވިދާޅުވެ ސައުދުﷲ ވަނީ ފާޑުވިދާޅުވެފައި.

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު