Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޙީ

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

ރައީސް ޑރ. މުޢިއްޒުގެ އިޤްތިސާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށަށް ގޮސް، ވިޔަފާރިވެރިންނާއި ސިވިލް ސަރވަންޓުން މާޔޫސްވެފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވި،. ތަކެތީގެ އަގާއި ކަރަންޓު ބިލްތައް ބޮޑުވެ، ޑޮލަރުގެ ރޭޓު މަތިވުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ޤައުމުގެ އިޤްތިސާދު ހީނަރުވަމުންދާއިރުވެސް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމަށް ވިދާޅުވެ ސައުދުﷲ ވަނީ ފާޑުވިދާޅުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޖޫން 2026 | އާދީއްތަ 04:19
ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު

ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން ކަމަށާއި، އެމަނިކުފާނަކީ އިޤްތިސާދީ އެއްވެސް ސިޔާސަތެއް ނެތް ބޭފުޅެއްކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ވަރަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެން، ވަރަށް ފޮނި ހުވަފެންތަކެއް ދައްކައިގެން ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން ރައްޔިތުންގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަށަށް ގޮސްފައިވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ، ރައްޔިތުން މިއަދު ތިބީ ގޮތް ހުސްވެފައި ކަމަށާއި، މި ސަރުކާރުގައި ގޮތް ހުސްވެފައި ތިބީ ހަމައެކަނި ވިޔަފާރިވެރިންނެއް ނޫން ކަމަށެވެ. އެގޮތުން ސިވިލް ސަރވަންޓުންވެސް މިއަދު ތިބީ ބޮޑު މާޔޫސްކަމެއްގައި ކަމަށާއި، އެގޮތަށް ތިބުމުގެ ސަބަބަކީ ކަރަންޓު ބިލާއި އެހެނިހެން ޚަރަދުތައް އެހާ ބޮޑުވީމާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަންމިހެން ހުރިއިރުވެސް ރައީސް މުއިއްޒަށް އެންމެ ކުޑަމިނުން ރައްޔިތުންގެ ޙާލަތުވެސް އެނގިވަޑައިނުގަންނަވާ ކަމަށް ސައުދުﷲ ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒަކީ އެއްވެސް ވަރަކަށް އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން ކަމަށެވެ. އެގޮތުން މުޅި ޤައުމުގެ އިޤްތިސާދު ނެތިގެންދާއިރުވެސް އެމަނިކުފާނަށް ކުރެއްވެވޭ އެއްކަމެއްވެސް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

  ކަންމިހެން ހުރިއިރުވެސް ރައީސް މުއިއްޒަށް އެންމެ ކުޑަމިނުން ރައްޔިތުންގެ ޙާލަތުވެސް އެނގިވަޑައިނުގަންނަވާ، ސަބަބަކީ ރައީސް މުއިއްޒަކީ އެއްވެސް ވަރަކަށް އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅަކަށް ނުވާތީ، މުޅި ޤައުމުގެ އިޤްތިސާދު ނެތިގެންދާއިރު އެމަނިކުފާނުގެ ހިތަށް އެއްޗެއް އަރާހެނެއް ހިއެއް ނުވޭ،
ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު

އޭނާ ފާހަގަކުރެއްވި ގޮތުގައި މިއަދު ޑޮލަރު ހުރީ ވިހި ރުފިޔާއިން މަތީގައެވެ. މި ޤައުމަކީ ގިނަ ކަންކަން ބޭރުގެ ޤައުމުތަކަށް ބަރޯސާވާ ޤައުމަކަށްވާއިރު، މިއީ ރައްޔިތުންނަށް ހުރި ބޮޑެތި ތަކުލީފުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި މަގާމު ފުރުއްވި ސައުދުﷲ އަހުމަދު މި ވާހަކަތައް ދެއްކެވީ މިހާރުގެ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އުފުލުން އުނދަގޫވެ، އިޤްތިސާދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. މުޙައްމަދު މުޢިއްޒުސައުދުﷲ އަހުމަދުރާއްޖެ ޓީވީ

އިތުރަށް ކިޔާލަން

27 ޖޫން 2026

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

27 ޖޫން 2026
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
26 ޖޫން 2026

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026
އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު
26 ޖޫން 2026

އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު

26 ޖޫން 2026
އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު
25 ޖޫން 2026

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު

25 ޖޫން 2026
ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ

25 ޖޫން 2026
ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ
25 ޖޫން 2026

ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި

25 ޖޫން 2026
ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
24 ޖޫން 2026

އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި

24 ޖޫން 2026
އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު