Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕީޖީ ގްރޫޕު

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

މަޖިލީހުގެ ކޮމިޓީތަކުން އެމްޑީޕީއަށް ލިބެންޖެހޭ ފުރުސަތުތަކަށް ޕީއެންސީން ހުރަސްއަޅަމުންދާ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ ތުހުމަތުކޮށްފައި. މިގޮތުން މުހިންމު ކޮމިޓީތަކުން ޖާގަ ދިނުމުގައި މެންބަރުންގެ "ޕަރފޯމަންސަށް" ބަލާނެ ކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީން ޖެއްސުން ކުރަމުންދާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖޫން 2026 | ބުދަ 10:07
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމުގައި މައިނޯރިޓީ ނުވަތަ އިދިކޮޅު ޕާޓީތަކަށް ލިބެންޖެހޭ ފުރުސަތުތަކަށް ހުރަސްއަޅައި، ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހުގެ ތެރޭގައި ޖެއްސުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.

ނާޒިލް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ދެވޭނީ، މަޖިލީހުގެ ތަޅުމުގައި ސޯބެ އަމަލުކުރައްވާ ގޮތް ނުވަތަ "ޕަރފޯމް" ކުރައްވާ ގޮތް ބެލުމަށްފަހު ކަމަށް ޕީއެންސީގެ މެމްބަރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން އެދޭ ނުވަތަ އެބޭފުޅުން ރުހޭހާ ގޮތަކަށް މަޖިލީހުގައި ސޯބެ އަމަލުކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދާއި އުސޫލުތަކަށް ރިއާޔަތްކުރާއިރު، މަޖިލީހުގެ ރޭޝިއޯ އޮންނަ ގޮތުން އިދިކޮޅު އެމްޑީޕީއަށް އިތުރު ދެ ކޮމިޓީއަކުން ޖާގަ ލިބެންޖެހޭނެ ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ޖާގަ ދީފައިވަނީ މަޖިލީހުގެ މަސައްކަތްތައް އެންމެ މަދުން ހިނގާ އަދި އެންމެ ހަރަކާތްތެރިކަން ކުޑަ ދެ ކޮމިޓީން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މައިނޯރިޓީއަށް ލިބެންޖެހޭ ހައްގުތަކަށް އަރައިގަތުން ކަމަށްވެސް ނާޒިލް ސިފަކުރެއްވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް ސަރުކާރު ހިންގާ ޕާޓީއަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާއި، އުސޫލުގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް ލިބެންޖެހޭ ހައްގުތަކެއް އޮންނާނެ ކަމަށެވެ. މަޖިލީހުގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް ޖެއްސުން ކުރަމުންދާ ދިއުމުގައި އެމްޑީޕީން ދޫދޭން ބޭނުން ނުވާ ކަމަށާއި، ހައްގުތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

  މައިނޯރިޓީއަށްވެސް ފުރުސަތު ދޭންޖެހޭނެ، ނަމަވެސް ފެންނަނީ ޖެއްސުން ކުރާތަން، އެހެންވީމާ އަޅުގަނޑުމެންވެސް ދޫދޭކަށް ނެތިން، ބޭނުންހާ ގޮތެއް ނުހެދޭނެ، އަޅުގަނޑުމެންނަށްވެސް އުސޫލުގެ ތެރެއިން ލިބެންޖެހޭ ޙައްޤުތަކެއް އޮންނާނެ
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި އެންވަޔަރމަންޓް ކޮމިޓީން އެމްޑީޕީއަށް ޖާގަ ދޭނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، މިހާރު ފެންނަނީ އެ ފުރުސަތު ނުދީ ހިފަހައްޓަން އުޅޭ މަންޒަރު ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މިކަމާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖު ކުރުމުން، މުޅި އެމްޑީޕީގެ ޕީޖީ ގްރޫޕު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

20 ވަނަ ރައްޔިތުންގެ މަޖިލީސްއެމްޑީޕީޕީއެންސީއިބްރާހިމް ނާޒިލްއަބްދުﷲ ސާދިގުސ.ހިތަދޫ

އިތުރަށް ކިޔާލަން

24 ޖޫން 2026

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

24 ޖޫން 2026
"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
22 ޖޫން 2026

އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި

22 ޖޫން 2026
އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު