Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

ގައުމެއްގެ އެންމެ މަތީ ބާރުން ގާނޫނު މާނަކުރަން ބޭނުންވާ ގޮތަށް މާނަކޮށް، ރައްޔިތުންގެ މައުލޫމާތު ހޯދުމުގެ އަސާސީ ހައްގަށް ހުރަސްއެޅުމަކީ ޑިމޮކްރެސީގެ އަސްލުތަކާ މުޅިން ޚިލާފު ކަމެއް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުންވެސް ވިދާޅުވަމުން ގެންދެވީ ހާމަކަން ބޮޑު، ދެފުށް ފެންނަ ސަރުކާރެއް ހިންގަވާނެ ކަމަށް. ނަމަވެސް، ގާނޫނާ ޚިލާފުވެގެން ރައީސް އޮފީސް ކުރި ޖޫރިމަނާއާއެކު ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން މި ވަނީ ސާބިތުވެފައި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޖުލައި 2026 | ބުދަ 12:17
ގާނޫނާ ޚިލާފުވެގެން ރައީސް އޮފީހަށް ވަނީ އަދަބު ދީފައި

ގާނޫނާ ޚިލާފުވެގެން ރައީސް އޮފީހަށް ވަނީ އަދަބު ދީފައި | އޭއައި

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ތާރީޚީ އަދި ހައިރާން ކުރުވަނިވި ނިންމުމެއްގެ ދަށުން، ސަރުކާރު ހިންގުމުގެ އެންމެ މަތީ އިދާރާ ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފުރަތަމަ ފަހަރަށް ޖޫރިމަނާކޮށްފި އެވެ. ގައުމުގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތައް ހިންގުމުގައި ނަމޫނާ ދައްކަން ޖެހޭ އޮފީސް މިއޮތީ ގާނޫނާ ޚިލާފުވެގެން އަދަބު ލިބިފަ އެވެ. މިއާ އެކު މި ސަރުކާރުގެ ލެގަސީ އެއޮތީ ގާނޫނާ ގަވައިދާ ޚިލާފުވާ ސަރުކާރެއްގެ ގޮތުގައި ކަޅާ ހުދުން ލިޔެވިފަ އެވެ.

ގާނޫނަށް ބޯލެނބުމުގެ ނަމޫނާ ދައްކަންޖެހޭ އެންމެ އިސް މަރުކަޒުން ގާނޫނާ ޚިލާފުވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި ގާނޫނު) "މިސްޔޫސް" ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ނިންމާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ވަނީ އެ އޮފީސް 2،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވެމުން ފާހަގަ ވެގެން މިދަނީ، ރައީސް އޮފީސް ގާނޫނުގެ ނާޖާއިޒު ބޭނުން ކުރާ ކަމާއި، ގާނޫނާ ޚިލާފުވެފައިވާ ކަމެވެ.

މި ނިންމުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ގާނޫނީ ވެރިކަން ނަގަހައްޓަން ޖެހޭ މައި ހަބަށް އަމާޒުވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ ގާނޫނާއި ގަވައިދަށް ބޯލެނބުމާއި، ގާނޫނުގައިވާ ގޮތަށް އެހެން ފަރާތްތަކަށް އަބަދާ އަބަދު އިރުޝާދުދިނުމުގައި މި އޮފީސް އަދާ ކުރަން ޖެހޭ ދައުރަށް މިކަމުގެ ސަބަބުން ހިޔަނި އެޅުމެވެ.  ގާނޫނޭ ގަވައިދޭ ބުނެ ދެން އެހެން މީހުންނަށް މި އޮފީހުން ދޭން އޮންނާނީ ކޮން ލަފައެއް އިރުޝާދެއް ބާވައެވެ؟ އަމުރުކުރަން އެދޭނަމަ ކިޔަމަންވާން ދަސްކުރާށޭ މުސްކުޅިން ބުނެ އުޅެނީ އޭގައި ވަރަށް ބޮޑު ހިކުމަތެއް އޮތީމަކަން ޔަގީނެވެ.

ކޮންމެއަކަސް، އެއް ދުވަހެއްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނިކަން އަޑަށް ބާރު ލެއްވުމަށްފަހު ރައީސް އޮފީހުން އަބަދުވެސް ރޫލް އޮފް ލޯ ހިފަހައްޓާނެ ކަމަށް ވިދާޅުވުމަށްފަހު އެއާ ޚިލާފަށް އަމަލުކުރައްވައިގެން އަނެއްކާ ވެސް މި އޮތީ އަނެއް ރެކޯޑު ހައްދަވާފަ އެވެ. 

ރާއްޖެޓީވީގެ ފަރާތުން ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި އާރްޓީއައި ތަކަށް ގާނޫނީ މުއްދަތުގައި ޖަވާބު ނުދިނުމުން، އެކަމުގެ ޝަކުވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި އެވެ. މި މައްސަލައިގެ އަޑުއެހުންތަކުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، ރައީސް އޮފީހުން ތަކުރާރުކޮށް ކޮމިޝަނަރުގެ ގާނޫނީ ޒިންމާތަކަށް ހުރަސް އަޅަމުން ދާކަން ފާހަގަކުރައްވާފަ އެވެ. މައުލޫމާތު ދިނުމަށް އައިކޮމްއިން އެކި ފަހަރު މަތިން އެންގި އެންގުންތަކަށް ރައީސް އޮފީހުން އިޖާބަދީފައި ނުވާއިރު، މައްސަލަތައް ރަނގަޅުކުރުމަށް ދިން މުއްދަތުގައި ވެސް ގާނޫނާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

އެހެންކަމުން، އާރްޓީއައި ގާނޫނުގެ 67 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ރައީސް އޮފީސް ޖޫރިމަނާކުރަން ޖެހުނީ ގާނޫނު ނެގެހެއްޓުމަށްޓަކައި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. މީގެ އިތުރުން، ޖަވާބު ނުދީ ހުރި ހުރިހާ މައްސަލަތަކަށް ކުރިއަށް އޮތް 7 ދުވަސް ތެރޭގައި ޖަވާބު ދިނުމަށް އަމުރުކޮށް، އެ މުއްދަތުގައި މައުލޫމާތު ނުދީފިނަމަ ރައީސް އޮފީހާ ދެކޮޅަށް ކޯޓުގައި ދައުވާކުރާނެ ކަމުގެ ހަރުކަށި އިންޒާރުވެސް އައިކޮމް އިން ވަނީ ދީފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެކި ޕްރެސް ކޮންފަރެންސްތަކާއި ބައްދަލުވުންތަކުގައި އާރްޓީއައި ހުށަހަޅާ ނޫސްވެރިންނާއި އާންމު ފަރާތްތައް ކުށްވެރިކޮށް ވާހަކަދަ ދައްކަމުންދެ އެވެ. ސަރުކާރުގެ އިސް ބޭފުޅުން، ޚާއްސަކޮށް ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މީގެ ކުރިން ވިދާޅުވަމުން ގެންދެވީ، ގިނަ ބަޔަކު އާރްޓީއައި ގާނޫނުގެ ބޭނުން ހިފަނީ ނަހަމަ ގޮތުގައި ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ ވަގުތު ބޭކާރުވާ ކަމަށެވެ. ނަމަވެސް، ކޮމިޝަނަރު އާހިދު ސީދާ ވިދާޅުވީ ހަގީގަތުގައި މި ގާނޫނު "މިސްޔޫސް" ކުރަމުންދަނީ ނޫސްވެރިންނެއް ނޫން ކަމަށާއި، އެކަން ކުރަނީ ގާނޫނަށް ބޯނުލަނބައި މައުލޫމާތު ހިފަހައްޓަމުންދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.

ސަރުކާރުގެ އެންމެ މަތީ ބާރުން ބޭނުންވާހާ ގޮތަކަށް ގާނޫނުތައް މާނަކޮށް، ރައްޔިތުންގެ މައުލޫމާތު ހޯދުމުގެ އަސާސީ ހައްގަށް ހުރަސްއެޅުމަކީ ޑިމޮކްރެސީގެ އަސްލުތަކާ މުޅިން ޚިލާފު ކަމެކެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުންވެސް ވިދާޅުވަމުން ގެންދެވީ ހާމަކަން ބޮޑު، ދެފުށް ފެންނަ ސަރުކާރެއް ހިންގަވާނެ ކަމަށެވެ. ގާނޫނުގެ ވެރިކަމެއް ކުރައްވާނެ ކަމަށެވެ. ނަމަވެސް، މި އަދަބާ އެކު ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން ސާބިތުވެ ނިމިއްޖެ އެވެ. މިއާއެކު އެންމެ އާދައިގެ މީހަގެ ހިތައް ވެސް މިއަދު އަރާނެ ސުވާލަކީ ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

ޑރ. މުޙައްމަދު މުޢިއްޒުއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލްގެ އައު 7 ބްރާންޗެއް ރައީސް މިއަދު ހުޅުއްވައިދެއްވައިފި. މީގެ އިތުރުން ބައިނަލްއަގުވާމީ އެކައުންޓް ހުޅުވޭ "ސްވައިޕް" ހިދުމަތް ވަނީ އިފްތިތާހް ކޮށްފައި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރަން ހުޅުވާލުމަކީ ރައްޔިތުން ލައްވައި އާދޭސްކުރުވައި، ނިކަމެތިކުރުމަށް ހިންގާ "ޗަރުކޭހެއް" ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. މޭޔަރު ވިދާޅުވީ ރައްޔިތުންގެ ހާލަތު ސަރުކާރަށް އެނގެންޖެހޭނެ ކަމަށާއި، މިފަދަ ބައްދަލުވުންތަކަކީ އެއްވެސް އިޚުލާޞްތެރިކަމެއް ނެތް، ސިޔާސީ ޑްރާމާއެއް ކަމަށް.

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
14 ޖުލައި 2026

ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިިފި. ނަމަވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ރައީސް ގައުމާ މުޚާތަބު ކުރައްވާނެ.

14 ޖުލައި 2026
ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގައި ހުރި ގާނޫނީ އަދި ޝަރުއީ ކަންބޮޑުވުންތަކާ ގުޅިގެން، ގިސާސް ހިފުމާއި ދިޔަ ދިނުމުގެ މާއްދާ އުނިކޮށް ޖަލު އަދަބާއި ޖޫރިމަނާ ކުޑަކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފި. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބިލަށް ވަނީ މުހިއްމު ބަދަލުތަކެއް ގެނެސްފަ.

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
14 ޖުލައި 2026

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި ގަތަރުގެ އަމީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅުން ރާއްޖެއާއި ގަތަރާ ދެމެދު އޮތް ޒަމާނީ އުޚުއްވަތްތެރި ގުޅުމަށް ދިވެހި ސަރުކާރުން ދޭ ޚާއްޞަ އަހަންމިއްޔަތުކަން ހާމަވެގެންދެއެވެ.

14 ޖުލައި 2026
ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު