Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްގީ

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026 | ހޯމަ 08:17

ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވަނީ ހިލަ ލިބުމުގެ ދަތިކަމާ ހުރެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ވިދާޅުވިއިރު، މިއީ މަސައްކަތްތައް ނުހިންގަން ދައްކާ ބަހަނާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ. އިންޑިއާއިން ހިލަ ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ބަހަނާއަކަށް ދައްކައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް މަޖިލީހުގައި މެންބަރުން ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖުލައި 2026 | ހޯމަ 08:17
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންޕްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންޕްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ | ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިމުނު އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓާލުމާއި، މި ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް މަޝްރޫއުތައް ނުހިންގާ ބަހަނާއެއްގެ ގޮތުގައި އިންޕްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހިލަ ނުލިބުން ކަމަށް ދައްކަވައިފި އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބު ހާޒިރު ކޮށްފައިވާއިރު ގިނަ މެންބަރުން ތަކެއް ވަނީ ހުއްޓިފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން ސުވާލު ކުރުމުގެ ވަގުތުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ހަނިމާދޫ ބަނދަރުގެ މަޝްރޫއާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ ހުއްޓިފައިވާ ހުރިހާ މަޝްރޫއުތަކެއް ތަފްސީލު އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ދެން ވިދާޅުވީ ދެ ރަށުގައި ސީދާ ތަފްސީލެއް ނޭނގުނަސް، ހުއްޓިފަ ހުރި ގިނަ ރަށްރަށުގެ މަސައްކަތްތައް މިވަގުތު ހުއްޓިފަ ހުރީ ހިލަ ލިބުމުގެ ދަތިކަމާ ހެދި. މި މަހުން ފެށިގެން ހިލަ ގެނައުމުގައި ފަސޭހަތަކެއް ލިބިގެންދާނެ. ހިލަ ލިބުނުހާ އަވަހަކަށް ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންގޮސް ނިންމާލެވޭ ހިސާބުގަ ހުރީ. 
އިންޕްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް 

މިނިސްޓަރު އެހެން ވިދާޅުވިއިރު ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ބަލްކުކޮށް ބޮޑު ހިލަ ގެންނަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފަ އެވެ. 

 ބޮޑު ހިލައިގެ ޝިޕްމަންޓްތައް ގަނޑުކޮށް ގެންނަވާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވުމަށްފަހު މަސައްކަތްތަކަށް ބޭނުންވާ ބޮޑުހިލައާއި އެހެނިހެން މެޓީރިއަލްސް ގެނައުމުގައި މެދުއިރުމަތީގެ މަސްރަހު އޮތްގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެ، މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެހެން ނަމަވެސް ރާއްޖެއަށް ބޮޑު ހިލަ އެންމެ ގިނައިން ފޯރުކޮށްދޭ އެއްގައުމަކީ އިންޑިއާ އެވެ. މި ސަރުކާރުން އަވަށްޓެރި އިންޑިއާ އާ މެދު ކަންތައް ކުރި އިހާނެތި ގޮތާ، އެ ގައުމަށް އަމާޒުކޮށް ކީ އެއްޗިއްސަށް ފަހު ވެސް އެ ގައުމުން ކޯޓާ ދިން އިރު ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ދީފައި ނުވާވަރުގެ ބޮޑު ކޯޓާ އެއް ދީފައިވާއިރު މިހުރިހާ ކަމަކާ އެކުވެސް މިއަދު ސަރުކާރުން ބުނަމުން ދަނީ ބޮޑު ހިލަ ނެތް ވާހަކަ ކަން ފާހަގަކޮށް ރައްޔިތުން ދަނީ މި ސަރުކާރުން ރައްޔިތުންނަށް ތަކުރާރު ކޮށް އޮޅުވާލަމުންދާ ކަމަށް ބުނަމުންނެވެ. 

އިންޑިއާ އިން ވެސް ހިލަ ހޯދޭނެ މަގުތައް އޮތް އިރު އެކަން ނުވަނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ. އަދި މި ސަރުކާރުން ހުރިހާ ކަމެއްގެ ބަހަނާ އަކަށް ވެސް މެދު އިރުމަތީގެ ހަނގުރާމަ ދައްކަމުންދާ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

އެމްޑީޕީޑރ. އަބްދުﷲ މުއްތަލިބުރައްޔިތުންގެ މަޖިލިސްމުއިއްޒު ސަރުކާރުތަރައްޤީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
13 ޖުލައި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

13 ޖުލައި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު
13 ޖުލައި 2026

ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި

13 ޖުލައި 2026
ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް
12 ޖުލައި 2026

ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!

12 ޖުލައި 2026
ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!
12 ޖުލައި 2026

އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު

12 ޖުލައި 2026
އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
12 ޖުލައި 2026

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު

12 ޖުލައި 2026
ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު
12 ޖުލައި 2026

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026
މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް