Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026 | ބުރާސްފަތި 06:20

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން އާސަންދަ ފުޅާކުރާނެ ކަމަށް ބުނި ނަމަވެސް، މިހާރު ރާއްޖެއިން ވެސް އެ ޚިދުމަތް ހޯދުމަށް ދަތިވެފައިވާ ކަމަށް. މި ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްކޮށްލާފައިވާ ކަމަށާއި، ބޭސްފަރުވާގެ ކަންކަމުގައި ސިޔާސީ ބޭފުޅުންގެ އެހީތެރިކަމަށް އެދެން މަޖުބޫރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖުލައި 2026 | ބުރާސްފަތި 06:20
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ހުސްއަނގަތަޅާ ސަރުކާރެއް ކަމަށާއި، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތް ވެސް ފޯރުކޮށް ނުދެވޭނެ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝާތިރު ވަނީ ރައީސް މުއިއްޒުގެ ސަރުކާރާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށް ކޮށްލާފައިވާ ކަމަށާއި، ރާއްޖެ ފަހަތަށް ޖައްސާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މިއީ ހުސްއަނގަތަޅާ ސަރުކާރެއްކަން ފާހަގަކުރައްވައި ޝާތިރު ވިދާޅުވީ ވާހަކައިން ސަރުކާރު ހިންގާ ކަމަށާއި، އެގޮތަށް ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ވަރަށް ފުރިހަމައަށް ދެމުންދާ ކަމަށެވެ. އާސަންދަ ޚިދުމަތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ މިސަރުކާރު އައީ އާސަންދަ ފުޅާ ކުރުމަށް ކަމަށާއި، ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކުން މި ޚިދުމަތް ދިވެހިންނަށް ފޯރު ކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް މިސަރުކާރާއެކު ރާއްޖެއިން ވެސް މިއަދު ދިވެހީންނަށް އާސަންދަ ޚިދުމަތް ނުލިބޭ ކަމަށް ޝާތިރު ވިދާޅުވި އެވެ. 

އަމަލެއް ނެތް. ވާހަކައިން ހިންގޭތޯ މިބަލަނީ. އެނގިވަޑައިގަންނަވާނެ އާސަންދައިގެ ކަންތަކުގައި ތިވިދާޅުވިހެން އަނގަތަޅާގެން ސަރުކާރުގެ މޮޅެތިވެރިން އަނގަތަޅާފަ މި ބުނަނީ ދުނިޔޭގެ ހުރިހާ ގައުމަކުން ތިމަންނަމެން އާސަންދަ ލިބޭ ގޮތް ހަދާނަމޭ. ބޭންކޮކް އިން އާސަންދަ ލިބޭ ގޮތް، ދުބާއީން އާސަންދަ ލިބޭ ގޮތް ހަދާދޭނަމޭ. އެހެން ބުނި މީހުންނަށް ރާއްޖެއިން ވެސް އާސަންދަ ނުލިބިގެން މިއުޅެނީ. 
ޝާތިރު އަބްދުއްރަހްމާން

ޝާތިރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުރިހާ ދިވެހީންނަށް ބޭސްފަރުވާގެ ޚިދުމަތް ހަމަހަމަ އުސޫލެއްގެ ތެރެއިން ލިބޭ ކަމަށާއި، ސިޔާސީ ބޭފުޅުންގެ ގާތަށް ދާން ރައްޔިތުންނަށް ނުޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެއިން ބޭރަށް ފަރުވާއަށް ދާން ޖެހޭ ނަމަ ޕީއެންސީގެ ބޭފުޅުންގެ ގާތަށް ދާން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝާތިރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ކުރުމަށް ނޫން ކަމަށާއި، އެކަން އެމަނިކުފާނު އިއްވެވި 3 ރިޔާސީ ބާޔާނުން ވެސް ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ 2024، 2025 އަދި 2026 ގެ ރިޔާސީ ބަޔާނުގައި އާސަންދައާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަ ދައްކަވާފައިވަނީ ތިން ގޮތަށް ކަމަށެވެ. 

ޝާތިރު ވިދާޅުވީ މިސަރުކާރާއެކު ގައުމުގެ މިސްރާބު ރަނގަޅުނުވާނެ ކަމަށާއި، ބަދަލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

ޑރ. މުޙައްމަދު މުޢިއްޒުޝާތިރު އަބްދުއްރަހްމާންމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
14 ޖުލައި 2026

ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި

14 ޖުލައި 2026
ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
14 ޖުލައި 2026

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

14 ޖުލައި 2026
ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި
13 ޖުލައި 2026

ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް