Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ކޮމާންޑޯ އިން ތަމްރީނުކުރާ މަރުކަޒަކަށް ރަޝިޔާއިން ހަމަލާދީފި

ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރޭނުގެ ދެ އަވަށެއްގެ ކޮންޓްރޯލް ހޯދައި، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފި ކަމަށް ބުނޭ. މި ހަމަލާތަކުގައި ޔޫކްރޭނުގެ ގިނަ އަދަދެއްގެ ސިފައިން މަރުވެ، ހަނގުރާމަވެރި އުޅަނދުތަކާއި ޑްރޯންތައް ހަލާކުވެފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނޭ.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 17:13
ރަޝިޔާގެ ސިފައިން ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވަމުންދާ މަންޒަރު.

ރަޝިޔާގެ ސިފައިން ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވަމުންދާ މަންޒަރު. | އެކްސް

ޔޫކްރެއިންގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ސެންޓަރު ގެ ތަމްރީނު މަރުކަޒަކަށް ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލާދީފި ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. މި ހަމަލާގެ ވީޑިއޯއެއް އާންމުކުރަމުން އެ މިނިސްޓްރީން ބުނީ، ވަރަށް އަމާޒަށް ދިން މި ހަމަލާތަކުގައި، ކަނޑުގައި ބޭނުންކުރާ ޑްރޯންތައް ބަހައްޓާފައި ހުރި ގުދަންތަކަށާއި ސިފައިން ތިބޭ ބެރެކްސްތަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އާންމުކުރި ކުރު ވީޑިއޯއަކުން ފެންނަ ގޮތުގައި، އެއްބުރިއަށް އިމާރާތްކޮށްފައިވާ ބައެއް އިމާރާތްތަކުން ބޯ ދުން އަރަމުންދާއިރު، އެ ސަރަހައްދުގެ ބިމުގައި ވަނީ އަލިފާން ރޯވެފަ އެވެ. އަދި މި ވީޑިއޯގައި އަމާޒަށް ކާމިޔާބުކަމާއެކު ހަމަލާދީ، ބޮޑު ގޮވުމެއް ގޮވާ މަންޒަރު ވެސް ފެންނަން ހުރެއެވެ.

އާދީއްތަ ދުވަހު ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޝިޔާގެ ސިފައިން މި ހަމަލާގައި 'ގެރާން' މަރުކާގެ ބައެއް ޑްރޯންތައް ބޭނުންކޮށްފައިވާ ކަމަށާއި، މި ޑްރޯންތަކަކީ އަމިއްލައަށް އަމާޒު ދެނެގަނެ ހަމަލާދޭ (ސެލްފް-ހޯމިންގް) އެއްޗެހި ކަމަށެވެ. ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މި ހަމަލާތައް ދީފައިވަނީ ހަނގުރާމައިގެ ކުރީ ސަފުގައި ރަޝިޔާގެ ސިފައިން ކުރިއެރުންތައް ހޯދަމުންދާ ދަނޑިވަޅެއްގަ އެވެ. އާދީއްތަ ދުވަހު ޑިފެންސް މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ޒަޕޮރޯޖްޔޭ ސަރަހައްދުގައި ހިމެނޭ ނޮވޮސެލޮވްކާ އަވަށާއި، ޔޫކްރެއިންގެ ދިނެޕްރޯޕެޓްރޯވްސްކް ސަރަހައްދުގެ ޕިސަންޓްސީ އަވަށުން ޔޫކްރޭން ސިފައިން ފަހާލައި، އެ ދެ އަވަށް މިހާރު ވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. މި ދެ އޮޕަރޭޝަނުގައި ޔޫކްރެއިންގެ އެތައް ސިފައިންނެއް މަރުވެފައިވާއިރު، ހަނގުރާމަވެރި 11 އުޅަނދަކާއި، ހަމަލާދޭން ބޭނުންކުރާ 40 އަށްވުރެ ގިނަ ބަރު ޑްރޯން ހަލާކުކޮށްލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޔޫކްރެއިންގެ ސިފައިންނަށް ހަނގުރާމައިގެ ކުރީ ސަފުގައި ނާކާމިޔާބީއާ ކުރިމަތިވަމުންދާތީ، ކީވްއިން ދަނީ ރަޝިޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދުރު ރާސްތާގެ ހަމަލާތައް އިތުރުކުރަމުން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ. މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެންމެ ރެއެއްގެ ތެރޭގައި ޔޫކްރެއިން އިން ފޮނުވާލި 660 'ކަމިކާޒޭ' ޑްރޯން ވަނީ ހުއްޓުވާފަ އެވެ. މިއީ މިހާތަނަށް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ޑްރޯން ހުއްޓުވި ފުރަތަމަ ފަހަރެވެ.

ހޮނިހިރު ދުވަހު ރަޝިޔާގެ ރޮސްޓޯވް ސަރަހައްދުގެ ގަވަރުނަރު ވިދާޅުވި ގޮތުގައި، ޔޫކްރެއިން އިން ދިން ޑްރޯން ހަމަލާއެއް ދެވަނަ ބޮޑު ހަނގުރާމައިގެ ހަނދާނީ މިއުޒިއަމް ކޮމްޕްލެކްސްއަކަށް އަމާޒުވުމުގެ ސަބަބުން 12 މީހަކަށް ވަނީ އަނިޔާވެފައެވެ.

ރަޝިޔާއިން ބުނަމުންދަނީ މިފަދަ "ޓެރަރިސްޓް" ހަމަލާތަކުގެ ސަބަބުން، މި ހަނގުރާމައިގައި އެ ގައުމުން ކަނޑައަޅާފައިވާ ސަލާމަތީ ލަނޑުދަނޑިތައް ދޫކޮށްނުލާނެ ކަމަށެވެ. މޮސްކޯއިން މީގެ ކުރިން ވެސް ވަނީ ޔޫކްރެއިންގެ މިފަދަ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން، އެ ގައުމުގެ އަސްކަރީ އުމްރާނީ ވަސީލަތްތަކަށް "މެދުނުކެނޑި" ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

މަސްދަރު: ރަޝިޔާ ޓީވީ

ޔޫކްރެއިން-ރަޝިޔާ

އިތުރަށް ކިޔާލަން

28 ޖޫން 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި

28 ޖޫން 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި
26 ޖޫން 2026

ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް

26 ޖޫން 2026
ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް
18 ފެބުރުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ
05 ފެބުރުއަރީ 2026

ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި

05 ފެބުރުއަރީ 2026
ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި
25 ޖެނުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

25 ޖެނުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ
09 ޖެނުއަރީ 2026

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ
13 ޑިސެމްބަރު 2025

މިޞްރަށް ދަތުރު ކުރަމުން ދިޔަ ތުރުކީ ބޯޓަކަށް ރަޝިޔާ އިން ޑްރޯން ހަމަލާދީފި

13 ޑިސެމްބަރު 2025
މިޞްރަށް ދަތުރު ކުރަމުން ދިޔަ ތުރުކީ ބޯޓަކަށް ރަޝިޔާ އިން ޑްރޯން ހަމަލާދީފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް