Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިޔާ

މިޞްރަށް ދަތުރު ކުރަމުން ދިޔަ ތުރުކީ ބޯޓަކަށް ރަޝިޔާ އިން ޑްރޯން ހަމަލާދީފި

ޔުކްރެއިންގެ ނޭވީން ބުނީ ރަޝިއާ އިން މިޞްރަށް ސަންފްލަވަރ ތެޔޮ އުފުލަމުން ދިޔަ ވީވާ ނަމަކަށް ކިޔާ ތުރުކީ ބޯޓަކަށް ޑްރޯނަކުން ހަމަލާދީފައިވާ ކަމަށެވެ. އެ ބޯޓުގައި 11 ތުރުކީ ރައްޔިތުން ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ބޯޓު މިޞްރަށް ދަތުރު ކުރަމުން އަންނަ ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 20:18
ތުރުކީގެ ބޮސްފޮރަސް ސްޓްރެއިޓް ކައިރީގައި އޮންނަ ކަޅު ކަނޑުގައި ރަޝިޔާގެ ފްލީޓަކަށް ޔުކްރެއިން ދިން ހަމަލާ ގައި ބޯޓެއް ގައި ރޯވެ އަނދަނީ، ނޮވެމްބަރު 28، 2025.

ތުރުކީގެ ބޮސްފޮރަސް ސްޓްރެއިޓް ކައިރީގައި އޮންނަ ކަޅު ކަނޑުގައި ރަޝިޔާގެ ފްލީޓަކަށް ޔުކްރެއިން ދިން ހަމަލާ ގައި ބޯޓެއް ގައި ރޯވެ އަނދަނީ، ނޮވެމްބަރު 28، 2025.

މިޞްރަށް ސަންފްލަވަރ ތެޔޮ އުފުލަމުން ދިޔަ ތުރުކީ ގެ މަދަނީ ބޯޓަކަށް ރަޝިޔާ އިން ގަސްދު ގައި ޑްރޯން ހަމަލާ އެއް ދީފި ކަމަށް ޔުކްރެއިން އިން ބުނެފި އެވެ.

ރަޝިޔާ އިން ހޮނިހިރު ދުވަހު ކަޅު ކަނޑު ގައި މި ހަމަލާ ދިން ކަމަށް ޔުކްރެއިން އިން ބުނި އިރު އޭގެ ކުރީ ދުވަހު ރަޝިޔާ އިން ޔުކްރެއިންގެ ދެ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޔުކްރެއިން އިން ކުރިން ބުނެފައިވެ އެވެ.

ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ޔުކްރެއިން ގެ ކަނޑުގެ ސިފައިން ބުނީ އެ ބޯޓުގެ ނަމަކީ ވީވާ ކަމަށާއި އެ ބޯޓުގައި 11 ތުރުކީ ރައްޔިތުން ތިބި ކަމަށެވެ. އިތުރަށް ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ބޯޓު މިޞްރަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.

"ހަމަލާ ދީފައިވަނީ ޔުކްރެއިންގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރޭގައި، ޔުކްރެއިން ގެ އެއާ ޑިފެންސް ސިސްޓަމްތަކުގެ ރޭންޖުން ބޭރުގައި،" ކަމަށް ބަޔާނުގައި ބުނެ، ރަޝިއާ އިން ކަނޑުގެ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ނޭވީން ބުނީ އެ ބޯޓުގެ ކެޕްޓަން އާ މުއާސަލާތީ ގުޅުން އޮތް ކަމަށެވެ.

ހުކުރު ދުވަހު ރަޝިއާ އިން ޔުކްރެއިން ގެ ބަނދަރަކަށް ހަމަލާދީ، ތުރުކީގެ ތިން ބޯޓަކަށް ގެއްލުން ދީފައިވާ ކަމަށް ޔުކްރެއިންގެ ނޭވީން ބުނެފައިވެއެވެ. އެ ބޯޓުތަކުގެ ތެރެއިން އެއް ބޯޓެއްގައި ވަރަށް ބޮޑަށް ރޯވި އެވެ.

މި ހަމަލާތައް ދީފައިވަނީ ޔުކްރެއިން ގެ ހަމަލާތަކުން ރަޝިއާ އަށް ތެޔޮ ބަލައި ދަތުރު ކުރަމުން ދިޔަ "ޝެޑޯ ފްލީޓް" ގެ ތިން ޓޭންކަރަކަށް ގެއްލުން ދިނުމާ ގުޅިގެން، "ޔުކްރެއިން ގެ ހުރިހާ ކަނޑުގެ ގުޅުންތައް ކަނޑާލާނަން" ކަމަށް ބުނެ ރަޝިޔާ އިން ބިރު ދެއްކުމަށް ފަހުގައެވެ.

ޔޫކްރެއިން-ރަޝިޔާޑްރޯން ހަމަލާތައް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
29 ނޮވެމްބަރު 2025

އެމެރިކާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވަރަށް އަވަހަށް މަޝްވަރާތައް ފެށޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

29 ނޮވެމްބަރު 2025
އެމެރިކާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވަރަށް އަވަހަށް މަޝްވަރާތައް ފެށޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
26 ނޮވެމްބަރު 2025

ޔުކްރެއިން ހަނގުރާމައިގެ ސުލްޙަ ޤާއިމު ކުރުމަށް ވަކި ވަގުތެއް ކަނޑައެޅިފައި ނެތް: ޓްރަމްޕް

26 ނޮވެމްބަރު 2025
ޔުކްރެއިން ހަނގުރާމައިގެ ސުލްޙަ ޤާއިމު ކުރުމަށް ވަކި ވަގުތެއް ކަނޑައެޅިފައި ނެތް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު