Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. ހިރިމަރަދޫ

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ވޯޓުލާން ޖެހޭ ގޮތައް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ނިންމެވުމެއް: މެމްބަރު ގަފޫރު

31 ޑިސެމްބަރު 2025 | ބުދަ 02:58

ރަށެއްގައި ރައްޔިތަކު ދިރިއުޅެމުން ދަނިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ނޫންކަން ގަފޫރު ފާހަގަ ކުރެއްވި.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 02:58
މެމްބަރު އަބްދުލް ގަފޫރު މޫސާ

މެމްބަރު އަބްދުލް ގަފޫރު މޫސާ

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ވޯޓުލާން ޖެހޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ރަށް ތަމްސީލު ކުރައްވާ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ ދާއިރާ ގެ މެމްބަރު ގަފޫރު ސިފަ ކުރެއްވި ގޮތުގައި މިއީ "ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ކުރާ މަސައްކަތެއް،" ކަމަށެވެ.

Advertisement - newsAdvertisement

ގަފޫރު ތަކުރާރުކޮށް ވިދާޅުވީ، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ހިރިމަރަދޫ ރައްޔިތުން "ގެއްލުވާލުން" ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.

ރަށެއްގައި ރައްޔިތަކު ދިރިއުޅެމުން ދަނިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ނޫންކަން ގަފޫރު ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލު ކުރުމުގެ  ގަރާރުގައި ސޮއި ކުރެއްވި އިރު ހަނިމާދޫ ގައި ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު އަޅައި ދިނުމުގެ އެއްވެސް މަސައްކަތެއް އަދި ކުރެވިފައި ނުވާ ކަމަށް ގަފޫރު ވިދާޅުވި އެވެ.

"ފައުންޑޭޝަނެއްހާ ހިސާބު ވެސް އެޅިފަ އެއް ނެތް، ތިން ހަތަރު އަހަރު ނަގާނެ ބަދަލުވާން."

ގަފޫރު ވިދާޅުވީ، ސަރުކާރުން ހިރިމަރަދޫ ރައްޔިތުންނަށް އެ ކުރީ ވަރަށް އިހާނެތި ކަމެއް ކަމަށެވެ. އެއީ އަސާސީ ހައްގަކަށް އަރައިގަތުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުން މިކަމާ އިހުތިޖާޖު ކޮށް ހައްގު ހޯދުމަށް މަސައްކަތް ކުރުަމަށް ވެސް ގަފޫރު ގޮވާލެއްވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫ އަށް ބަދަލުކުރެއްވުމަށް ނިންމަވައި ކަނޑައެޅުއްވީ އަންގާރަ ދުވަހު އެވެ.

މި ނިންމުމުގެ ބޭނުމަކީ، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚަކަށްވާތީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 8 ވަނަ މާއްދާގެ (އ) ގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާ އަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެތީ، އެ ދޮޅުއަހަރުގެ ތެރޭގައި ވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ހިރިމަރަދޫ ރައްޔިތުންނާ އެ ރަށުގައި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

އަބްދުލްގަފޫރު މޫސާހދ. ހިރިމަރަދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

22 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
24 ނޮވެމްބަރު 2025

"އުފެދުމުގައި ވެސް ވައްކަން، ދެން ވެސް އޮތީ ވައްކަން، ކުރިއަށް އޮތީ ވެސް ވައްކަން"

24 ނޮވެމްބަރު 2025
"އުފެދުމުގައި ވެސް ވައްކަން، ދެން ވެސް އޮތީ ވައްކަން، ކުރިއަށް އޮތީ ވެސް ވައްކަން"
24 ނޮވެމްބަރު 2025

2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު

24 ނޮވެމްބަރު 2025
2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު
04 ނޮވެމްބަރު 2025

މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު

04 ނޮވެމްބަރު 2025
މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
08 އޮކްޓޯބަރު 2025

ދައުލަތަށް ލިބޭ ފައިސާ ވަގަށް ކާ ބަޔަކު މަގާމުތަކުގައި އެބަތިބި: ޣަފޫރު

08 އޮކްޓޯބަރު 2025
ދައުލަތަށް ލިބޭ ފައިސާ ވަގަށް ކާ ބަޔަކު މަގާމުތަކުގައި އެބަތިބި: ޣަފޫރު
19 އޯގަސްޓު 2025

ފެނިގެން މިދަނީ ހުދުމުހުތާރު ވެރިކަމެއް ހިންގުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ މަންޒަރު

19 އޯގަސްޓު 2025
ފެނިގެން މިދަނީ ހުދުމުހުތާރު ވެރިކަމެއް ހިންގުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ މަންޒަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް