Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންފަތުގެ އިސްތިއުމާލު

އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި، "ދެން ހުއްޓާލަމާ" ނަމުގައި 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފްތިތާޙްކޮށްދެއްވި.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 15:54
ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ ފަރާތަކުން ވެސް އާޢަޒުމަކާއެކު ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވި.

ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ ފަރާތަކުން ވެސް އާޢަޒުމަކާއެކު ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވި. | ރައީސް އޮފީސް

ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ ފަރާތަކުން ވެސް އާޢަޒުމަކާއެކު ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި ހޮނހިރު ދުވަހު ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ޚާއްޞަ ޤައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި މި ކެންޕޭނުން، މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރުގައި ބާރުއަޅާ ކަންކަމަށް ޚާއްޞަ އިސްކަމެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމުގައިވެސް އެކަމަނާ ވިދާޅުވި އެވެ.

މި މޭރުމުން އެކަމަނާ ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، މި ބޮޑު ޤައުމީ މައްސަލައިން ދިވެހި ޤައުމު ސަލާމަތްކުރުމަށް، ހުރިހާ ދިވެހީން އަތުގުޅާލުމަށް ގޮވާލައްވާފަ އެވެ. އަދި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރުމަށް އެކަމަނާ ގޮވާލެއްވި އެވެ. ހަމަމިއާއެކު، ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރެއްވުމުގައި ވިޔަފާރިވެރީން އިސްނެންގެވުމަށްވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ"ގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފަ އެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމުގައިވާ މެއި 31، 2026 ގައި އިޢުލާންކޮށް، މިއަދު ރަސްމީކޮށް އިފްތިތާޙްކުރެވުނު 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެކެވެ.

މީގެ އިތުރުން މިމުނާސަބަތާ ގުޅޭ ލައިވް ކެންވަސްގައި ކުލަޖައްސަން ފައްޓަވައިދެއްވައި، ޕްލެޖް ބޯޑުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ލިޔުއްވާފަ އެވެ. އެގޮތުން، ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، ދުންފަތަށް ނޫނެކޭ ބުނުމަށް އެކަމަނާގެ މެސެޖުގައި ވަނީ ގޮވާލައްވާފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅުންހުރި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ "ހެލްތު މިނިސްޓަރޒް އެވޯޑް ފޮރ ޓޮބޭކޯ ކޮންޓްރޯލް އެކްސަލަންސް" ލިބިވަޑައިގެންނެވި ފަރާތްތައް އިޢުލާންކުރުންވެސް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އޮތެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދުވަހާ ގުޅުވައިގެން، މުލަކު ސްކޫލުގެ ދަރިވަރުންގެ މެދުގައި ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ހުށަހެޅުންތައް ބައްލަވާލައްވާ، މުބާރާތުން އެކި ވަނަތަށް ހޯދި ދަރިވަރުންނާއެކު ފޮޓޯއެއް ނަންގަވާފަ އެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންނާއި ޓީޗަރުން ގުޅިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައްވެސް އެކަމަނާ ވަނީ ބައްލަވާލައްވާފަ އެވެ.

މުލަކު އަތޮޅު މުއްޔަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ، މ.މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިދެއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ. 

މަސްދަރު: ރައީސް އޮފީސް

ދުންފަތްދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސްއެންޓި ޓޮބޭކޯ ކެމްޕެއިންސާޖިދާ މުހައްމަދު

އިތުރަށް ކިޔާލަން

25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
21 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

21 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
01 ޖޫން 2026

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

01 ޖޫން 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!
31 މެއި 2026

ދުންފަތުން ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނަން: ރައީސް މުއިއްޒު

31 މެއި 2026
ދުންފަތުން ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނަން: ރައީސް މުއިއްޒު
05 މާރިޗު 2026

ރާއްޖޭގައި ޝީޝާ މަނާކުރަނީ

05 މާރިޗު 2026
 ރާއްޖޭގައި ޝީޝާ މަނާކުރަނީ
05 ޖެނުއަރީ 2026

ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

05 ޖެނުއަރީ 2026
ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް
21 ޑިސެމްބަރު 2025

ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

21 ޑިސެމްބަރު 2025
ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި
03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު