Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރިޔަމް ޒުބައިރު

ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

އެމްޑީޕީ އެއްވުމެއްގައި މަންދީ ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުން އެމްޑީޕީން ހައިކޯޓަށް އިސްތިއުނާފުކޮށްފި އެވެ. އެއީ ކޯޓުގެ ނިންމުމުގައި އެމްޑީޕީ ގާނޫނީ ޓީމުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށްފައި ނުވާތީ އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 10:22
ރައީސްގެ ދަރިކަލުންނާއި ގުޅުވައި ދެއްކި ވާހަކައިގެ މައްސަލައިގައި މަންދި، ފައްޔާޒް އަދި އެމްޑީޕީއަށް ދައުވާކުރަން ހުށަހަޅާފައިވޭ

ރައީސްގެ ދަރިކަލުންނާއި ގުޅުވައި ދެއްކި ވާހަކައިގެ މައްސަލައިގައި މަންދި، ފައްޔާޒް އަދި އެމްޑީޕީއަށް ދައުވާކުރަން ހުށަހަޅާފައިވޭ

އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރްޔަމް ޒުބައިރު (މަންދީ) ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ނިންމުމަށް ފަހު އެމްޑީޕީ ހިންގަން އޭރު ހުރި އިސް ފަރާތުގެ ހައިސިއްޔަތުން އެ ޕާޓީގެ އޭރުގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލް ޒިންމާވާން ޖެހޭނެ ކަމަށް ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި އެވެ. 

މި މައްސަލަ އަކީ މިއީ މި އަހަރުގެ މާރޗް މަހުގެ 12، 13 އަދި 14 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި މަންދީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕްކުރާތީ ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާއި ގުޅުން ހުރި މައްސަލަ އެކެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ މި މައްސަލަ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުން މި މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް މިހާތަނަށް އައި އިރު މައްސަލަ ބަލައިގަތްކަން އެމްޑީޕީގެ ޤާނޫނީ ޓީމަށް އަންގާފަ އެއް ނުވެ އެވެ. މި މައްސަލަ އިސްތިއުނާފު ކުރީ ފެމިލީ ކޯޓުން ނިންމި ނިންމުގައި އެމްޑީޕީ ޤާނޫނީ ޓީމުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކޮށްފައި ނުވާތީ ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމުން ފާހަގަކުރެ އެވެ. އަދި މައްސަލައަކާއި މެދު ނިންމުމެއް ނިންމަން ވާނީ ދެ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމުން ޤަބޫލު ކުރެ އެވެ. 

ފެމިލީ ކޯޓުން މި މައްސަލައިގައި ނިންމާފައި ވަނީ ރައީސްގެ ދަރިކަލުންނަށް ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ލިބިދޭ ހައްގުތަކާއި ކަރާމާތާއި ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެކަމާއި އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް ޒިންމާ ނަގަން ޖެހޭނެ ކަމަށް އެ ކޯޓު ގެ ނިންމުމުގައި ބުނެފައި ވެ އެވެ.

މި މައްސަލަ ކުރިއަށް ގެންދިޔައީ ވަކި ވަކިންނެވެ. އެއީ މަންދީގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ އާއި ފައްޔާޒްގެ މައްޗަށް ކުރާ މައްސަލަ އެވެ. ފެމިލީ ކޯޓުން ވަނީ އެމްޑީޕީގެ އެއްވުމުގައި މަންދީގެ އިތުރުން އަހްމަދު ސަލީމް (މާޒް ސަލީމް) ދައްކާފައިވާ ވާހަކަތަކަކީ ރައީސް މުއިއްޒުގެ  18 އަހަރު ނުފުރޭ ދަރިފުޅާއި މެދު ދެއްކި ވާހަކަތަކެއް ކަން ކޯޓަށް ސާބިތުވާ ކަމަށެވެ. އެއީ އޭނާ ގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ސާޖިދާ އަށް މަންދީ، އެމްޑީޕީ އަދި ފައްޔާޒުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ހައްގު އޮތް ކަމަށް ވެސް އެ ކޯޓުން ނިންމާފައިވެ އެވެ.  ފެމިލީ ކޯޓުން ބުނީ އެ ވާހަކަތަކަށް ފައްޔާޒު ހިތްވަރުދީފައިވާކަން ކޯޓަށް ސާބިތުވާ ކަމަށެވެ.

އެމްޑީޕީ އިން މަގުމަތީގައި ބޭއްވި މުޒާހަރާ އެއްގައި މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަ ތަކުން ރައީސް މުހައްމަދު މުއިއްޒު އާއި ސާޖިދާ މުހައްމަދުގެ ދަރިކަލުން އުމެއިރު މުހައްމަދުގެ އަބުރު ގެއްލުނު ކަން ސާބިތުވާ ކަމަށް މި އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން ވެސް ވަނީ ޙުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ އެ ވާހަކަ ތަކަށް އެމްޑީޕީ ގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޒިންމާ ނަގަން ޖެހޭ ތަނެއް ނެތް ކަމަށެވެ. ނަމަވެސް 

މި މައްސަލަ ހުށަހެޅުމާ ގުޅިގެން އެމްޑީޕީ އިން ބުނެފައި ވަނީ މި ދައުވާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ހުދުމުހުތާރުކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ މީހުންނަށް ބިރު ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވާ ދައުވާތަކެއް ކަމަށް އެމްޑީޕީ އިން ދެކޭ ކަމަށެވެ.

އެ ޕާޓީން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނުވާނެ ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. ވަކިން ހާއްސަކޮށް، ދައުވާ އުފުލާފައިވާ އެ ޕާޓީގެ މެންބަރު މަންދީގެ ވާހަކައިގައި ވެސް އެއްވެސް ކުއްޖެއްގެ ނަމެއް ގެނެސްފައި ނުވާކަން އެ މުޒާހަރާގެ ރިކޯޑިންތަކުން ސާފުކޮށް އެނގޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މަރިޔަމް ޒުބައިރުރައީސް ޑރ. މުހައްމަދު މުއިއްޒުފައްޔާޒް އިސްމާއިލްފެމިލީ ކޯޓްސާޖިދާ މުހައްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާ އިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނަން: ރައީސް މުއިއްޒު

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާ އިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނަން: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
މިސަރުކާރުން ކުމުންދޫ ގައި ފެށި އެއްވެސް ކަމެއް އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދޭ، ސިއްހީ މަރުކަޒުގެ ބާ އިމާރާތް ތަޅަމުން ދަނީ އެމްޓީސީސީ އިން ގެންގުޅޭ މަރުތޭލަކުން: ކައުންސިލް ރައީސް އަމީން

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

20 ޑިސެމްބަރު 2025
ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު