Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް

ދުންފަތުން ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނަން: ރައީސް މުއިއްޒު

31 މެއި 2026 | އާދީއްތަ 08:33

ޒުވާނުންނަށް އަމާޒުކޮށްގެން އޭއައި ބޭނުންކޮށްގެން ހިންގާ މާކެޓިން ކެމްޕޭންތަކާއި ނިކޮޓިން ޕައުޗް ފަދަ އާ ނުރައްކާތަކަށް ސަރުކާރުން ފާރަވެރިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ދުންފަތުން ދުރުހެލިވުމަށް އެހީތެރިވެދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2026 | އާދީއްތަ 08:33
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

ދުންފަތުގެ ނުރައްކަލުން ދިވެހި ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މިޔަގީންކަން ދެއްވީ ދުނިޔޭގެ، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

Advertisement - newsAdvertisement

ދުންފަތާއި ނިކޮޓިންގެ ވަބާއިން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް އައު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އީ-ސިގްރޭޓް މަނާ ކުރުމާއި، ދުންފަތުން އެއްކޮށް ދުރުވެފައިވާ ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ދުނިޔޭގެ ފެންވަރުގައި ފުރަތަމަ ފަހަރަށް ފިޔަވަޅު އެޅި ގައުމަކީ ރާއްޖެ ކަމަށެވެ. އަދި މިއީ މި ލަނޑުދަނޑި ހާސިލުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެ ކަމަށެވެ. އަދި ޒުވާން ޖީލު މިވަބާއިން ރައްކާތެރި ކުރުމަށް މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާއި، ދުންފަތުން ދުރުހެލިވުމަށް އެހީތެރިވެދޭ ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ނުވަތަ މަނާ ސަރަހައްދުތައް ކަނޑައެޅުމުގެ އިތުރުން، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު މި ޕޯސްޓުގައި ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ވެސް ގޮވާލައްވާފައިވެ އެވެ. 

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހެވެ. 

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސްއީ-ސިގަރޭޓްޖެނެރޭޝަން ބޭންއާޓިފިޝިއަލް އިންޓެލިޖެންސްނިކޮޓިން ޕައުޗް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 މެއި 2026

ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

27 މެއި 2026
ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި
25 އެޕްރީލު 2026

މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

25 އެޕްރީލު 2026
މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
27 މާރިޗު 2026

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

27 މާރިޗު 2026
ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
17 މާރިޗު 2026

ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ

17 މާރިޗު 2026
ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ
09 ޖެނުއަރީ 2026

އެކްސް ގެ ސޯޝަލް މީޑިއާ ގައި ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބަދުއަޚުލާގީ ފޮޓޯ އުފެއްދުމުގެ ފުރުސަތު ބަންދުކޮށްފި

09 ޖެނުއަރީ 2026
އެކްސް ގެ ސޯޝަލް މީޑިއާ ގައި ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބަދުއަޚުލާގީ ފޮޓޯ އުފެއްދުމުގެ ފުރުސަތު ބަންދުކޮށްފި
11 ޑިސެމްބަރު 2025

ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން

11 ޑިސެމްބަރު 2025
ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން
19 ސެޕްޓެމްބަރު 2025

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

19 ސެޕްޓެމްބަރު 2025
ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި
08 ސެޕްޓެމްބަރު 2025

ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން

08 ސެޕްޓެމްބަރު 2025
ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން
09 ޖުލައި 2025

އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ހެދިގެން އޭއައި ބޭނުން ކޮށްގެން ބޭރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މީހަކު މުއާމަލާތް ކޮށްފި

09 ޖުލައި 2025
އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ހެދިގެން އޭއައި ބޭނުން ކޮށްގެން ބޭރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މީހަކު މުއާމަލާތް ކޮށްފި
16 މެއި 2025

10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި

16 މެއި 2025
 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް