Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިނގިރޭޓުގެ ޑިއުޓީ

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

ދުންފަތުން ނަގާ ޑިއުޓީ ބަދަލު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ވިދާޅުވި ނަމަވެސް، ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމުގެ މަޝްވަރާތައް ސަރުކާރުން މިހާރު ވަނީ ފަށާފައި. ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމަށް މަޝްވަރާ ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާގެ މަތިން. ސަރުކާރުގެ މި ނިންމުމާ ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތަށް ސަރުކާރުން ކުއްލި ބަދަލެއް ގެންނާތީ އާންމުންގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 03:58
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވިނަމަވެސް، ސަރުކާރުގެ ރާގު މުޅިން ބަދަލުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާނެތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އެ ދުވަހު ރައީސް ވިދާޅުވީ، މިވަގުތު އެކަހަލަ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މިހާރުވެސް ނިންމާފައި އޮތް ޕޮލިސީ އެގޮތުގައި ކުރިއަށް ގެންދިއުންކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ. އަދި އެ ސިޔާސަތަށް މި ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނާނެކަމަށްވެސް ރައީސް އެ ދުވަހު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement
މި ސަރުކާރުގެ ޕޮލިސީއަކީ، ވަށާޖެހޭ ޞިއްޙީ ނިޒާމެއް. އޭގެ މާނައަކީ، ޕްރިވެންޓިވް ހެލްތް ކެއަރއާއި، ކިއުރޭޓިވް ހެލްތް ކެއަރއާ، އެކުއެކުގައި ކުރިއަށް ގެންދިޔުން. ޕްރިވެންޓިވް ހެލްތް ކެއަރއަށް ވަރަށް މުހިންމު، ދުންފަތު އިސްތިޢުމާލު ކުރުމުގެ އެކިކަހަލަ ކަންކަމުން ރައްޔިތުން ދުރުކުރުވުން. އެހެންވީމާ، އެ ސިޔާސަތަކަށް، އެ ޕޮލިސީއަކަށް އެއްވެސް ބަދަލެއް މި ސަރުކާރަކުން ނުގެންނާނެ.
ރައީސް ޑރ މުއިއްޒު

އެ ދުވަހު ރައީސް ވިދާޅުވީ، ޑަބްލިއުއެޗްއޯއާއެކީ މަޝްވަރާކޮށްގެން ބަދަލެއް ގެނައިނަމަވެސް ގެންނަވާނީ ސަރުކާރުގެ މިހާރު ހުރި ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ބަދަލުތައް ކަމަށެވެ. 

އޭގެ 20 ދުވަސް ފަހުން ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މުނާސަބަތުގައި  ރައީސް ފޮނުއްވެވި މެސެޖުގައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި، ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެހެންނަމަވެސް، ހަމަ އެ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން މިވަނީ ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަމުންދާކަން ހާމަކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާ އަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗުއޯގެ ލަފާ ލިބިފައި ވާތީ، އެ ބަދަލު ގެނައުމާ މެދުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދުންފަތުގެ އިމްޕޯޓް ޑިއުޓީ ރޭޓަށް ބަދަލު ގެނައުމުގެ ކުރިން ކަމާ ބެހޭ ހުރިހާ އިދާރާތަކާއި ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރާނެ ކަމަށާއި، އެއަށްފަހު ރޭޓަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެންމެންނަށް އެއްބަސްވޭ ނަމަ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި އޮޅުންބޮޅުންތައް އިތުރަށް ސާފުކޮށްދިނުމަށް ރައީސްގެ އަރިހުން ސުވާލު ކުރިނަމަވެސް، ރައީސަށް އެ ސުވާލުތަކަށް ޖަވާބު ދެއްވިފައެއް ނުވެއެވެ.

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ނިންމެވުމާ ދެކޮޅަށް ސަރުކާރުން "ޔޫޓާން" އެއް ނެގުމާ ގުޅިގެން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ކޮންމެ ކަމެއްގައިވެސް ޔޫޓާން ނަގަމުންދާކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. 

މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށްފަހު އަލުން ކުޑަކުރަން އުޅުމަކީ ސަރުކާރުގެ "ވެޕް" މަނާކުރުމާއި ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ. 

ޑރ. މުޙައްމަދު މުޢިއްޒުދުންފަތްދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސްޑަބްލިޔުއެޗްއޯއަލީ އަހުސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026
ދުންފަތުން ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނަން: ރައީސް މުއިއްޒު

ދުންފަތުން ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނަން: ރައީސް މުއިއްޒު

31 މެއި 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު