Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ

ބުރަފަތި ގާޑު ނެތި ސަމްޕާ ސަރަހައްދަށް ވަނުން މިމަހުގެ 30 އިން ފެށިގެން މަނާވާނެ

އދ. އަތޮޅުގައި އޮންނަ "ސަމްޕާ" ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ގާޑު ހަރުކުރުން މަޖުބޫރުކުރީ، އެ ސަރަހައްދުގައި އުޅޭ ފެހުރިއްސާއި ކަނޑުގެ ދިރުންތަކުގެ އިތުރުން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް. މި ފިޔަވަޅަކީ އެ ސަރަހައްދުގައި ހިންގާ ފަތުރުވެރިކަމުގެ ހަރަކާތްތަކަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ކަންކަމަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް. މީގެ އިތުރުން، މިދިޔަ އަހަރު އެކުލަވާލި ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން އެ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތަކެއްވެސް މިހާރު ވަނީ ކަނޑައަޅާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 ޖޫން 2026 | ހޮނިހިރު 01:39
 އދ. އަތޮޅުގައި އޮންނަ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) އަށް މި މަހުގެ 30 ވަނަ ދުވަހުގެ ފަހުން ބުރަފަތިގާޑު އަޅުވާފަނުވާ އުޅަނދުތަކަަށް ވަނުން މަނާވާނެ.

އދ. އަތޮޅުގައި އޮންނަ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) އަށް މި މަހުގެ 30 ވަނަ ދުވަހުގެ ފަހުން ބުރަފަތިގާޑު އަޅުވާފަނުވާ އުޅަނދުތަކަަށް ވަނުން މަނާވާނެ. | ރާއްޖެއެމްވީ


އދ. އަތޮޅުގައި އޮންނަ ހިމާޔަތްކޮށްފައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގައި ބުރަފަތި ގާޑު ނުވަތަ "ޕްރޮޕެލާ ގާޑު" ހަރުކުރުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖުބޫރުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީން  ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި މަސް ނިމުމުގެ ކުރިން އެ ސަރަހައްދަށް ވަންނަ ސްނޯކަލް، ޑައިވް ދޯނިފަހަރު އަދި ލޯންޗުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރަން ޖެހޭނެ ކަމަށެވެ. މިއީ މޫދަށް ފައިބައިގެން އުޅޭ ފަތުރުވެރިންނާއި، އެ ސަރަހައްދުގައި ގިނަ އަދަދަކަށް އުޅޭ ފެހުރިއްސާއި އެހެނިހެން ކަނޑުގެ ދިރުންތައް ބުރަފަތީގައި ޖެހި ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށް އެޅި ފިޔަވަޅެކެވެ. ރާއްޖޭގައި މޫދަށް ފައިބައިގެން އުޅެނިކޮށް ބުރަފަތީގައި ޖެހިގެން ފަތުރުވެރިން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ހިނގުން މަދުކުރުމަކީވެސް މި ނިންމުމުގެ މުހިންމު މަގުސަދެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ ސަމްޕާ ސަރަހައްދުގައި ހިންގާ ފަތުރުވެރިކަމުގެ ހަރަކާތްތަކަކީ އިންސާނުންނަށާއި ތިމާވެއްޓަށް ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ކަންކަންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތެކެވެ.

ސަމްޕާ ސަރަހައްދަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ މި ސަރަހައްދަކީ މުޅި ރާއްޖޭގައިވެސް އެންމެ ގިނައިން ފެހުރިހި ފެންނަ ސަރަހައްދެވެ.

ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި
Raajje.mv

ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި

މިދިޔަ އަހަރު މިނިސްޓްރީން އެކުލަވާލި ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަހައްދަށް ވަންނަ އުޅަނދުތަކުން އަމަލުކުރަންޖެހޭ އިތުރު އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން:

  • ސަރަހައްދަށް ވަނުމުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހުން.
  • ރަޖިސްޓްރީ ކުރުމުން ދޫކުރާ ހާއްސަ ދިދަ އުޅަނދުގައި ނަގާފައި ބެހެއްޓުން.
  • ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުން.
  • އެ ސަރަހައްދުގައި އުޅޭ ވަގުތު އުޅަނދުގެ "ލައިވް ލޮކޭޝަން" ހިއްސާކުރުން.

މި އައު ގަވާއިދުތަކާއެކު، ސަމްޕާ ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.

އދ. އަތޮޅުސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާއެންވަޔަރަމަންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

20 ޖޫން 2026

ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި

20 ޖޫން 2026
ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި
09 މާރިޗު 2026

މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ގަވާއިދު ބަދަލު ކޮށްފި

09 މާރިޗު 2026
 މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ގަވާއިދު ބަދަލު ކޮށްފި
18 ފެބުރުއަރީ 2026

ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!

18 ފެބުރުއަރީ 2026
ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!
13 ފެބުރުއަރީ 2026

މެލިއާ ވޭލް ލެގޫން މޯލްޑިވްސް އަރިއަތޮޅުގައި ހުޅުވައިފި

13 ފެބުރުއަރީ 2026
މެލިއާ ވޭލް ލެގޫން މޯލްޑިވްސް އަރިއަތޮޅުގައި ހުޅުވައިފި
23 ޑިސެމްބަރު 2025

ތަރައްޤީގެ މަޝްރޫއުތައް ހިންގަން ގަސް ކަނޑަން ޖެހޭ: އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު

23 ޑިސެމްބަރު 2025
ތަރައްޤީގެ މަޝްރޫއުތައް ހިންގަން ގަސް ކަނޑަން ޖެހޭ: އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު
18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު