Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންވަޔަރަމަންޓް މިނިސްޓްރީ

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ރެސްޓޯރޭޝަން މަޝްރޫއުގެ ނަމުގައި އޭރުގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މަޝްރޫއެއް އިއުލާނު ކުރީ 11 ޖެނުއަރީ 2023 ގައި

ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 16:29
“ރެސްޓޯރ ރަސްފަރީ” ގެ ނަމުގައި ހިންގާ މަޝްރޫޢު ރަސްމީކޮށް ރަސްފަރީ ފަރުގައި ފަށާފައިވަނީ 5 އޮކްޓޯބަރ 2023 ގައި

“ރެސްޓޯރ ރަސްފަރީ” ގެ ނަމުގައި ހިންގާ މަޝްރޫޢު ރަސްމީކޮށް ރަސްފަރީ ފަރުގައި ފަށާފައިވަނީ 5 އޮކްޓޯބަރ 2023 ގައި

މާލެ އޮތޮޅު ރަސްފަރި ފަރު އާލާ ކުރަން ރައީސް ސާލިހް ސަރުކާރުން އުފެއްދި ފަންޑުން ކުރިން ގްރީން ބިލްޑިންގ ގައި ތިބި މުވައްޒަފުންނަށް ކުއްޔަށް ހޯދާ ވަގުތީ އޮފީސް އިމާރާތަށް ޚަރަދު ކުރަން ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުމާލެ އިން ކުއްޔަށް ހިފާ އިމާރާތެއްގެ އެތެރޭގެ ހުރިހާ މަސައްކަތެއް ކުރުމަށާއި ބޭނުންވާ ތަކެތި ހޯދުމަށް ރަސްފަރި ރެސްޓޮރޭޝަން ފަންޑު ބޭނުން ކުރުމުގެ ހުއްދަ ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

Advertisement - newsAdvertisement

ރަސްފަަރި ފަރު އާލާ ކުރުމުގެ މަޝްރޫއެއް ކުރީ ސަރުކާރުން އިއުލާނު ކުރީ ހިމާޔަތް ކޮށްފައިވާ އެ ރަށުގެ ފަރަށް ކާގޯ ބޯޓެއް އެރުމާ ގުޅިގެން ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.

އޭރު ސަރުކާރުން ބުނީ ފަރު އާރާސްތު ކުރުމަށް 5 އަހަރު ދުވަހުގެ މަޝްރޫއެއް ހިންގަން ނިންމި ކަމަށެވެ.

އުޅަނދުގެ ސަބަބުން 8,876 އަކަމީޓަރުގެ ސަރަޙައްދަކަށް ގެއްލުން ލިބުނެވެ. އޭގެ ތެރެއިން 2,882 އަކަމީޓަރުގެ ސަރަޙައްދެއްގައި ހުރި މުރަކަތައް މުޅިން ހަލާކުވެ ނެތިދިޔައެވެ.

2021 ވަނަ އަހަރުގެ އޯގަސްޓު 19 ވަނަ ދުވަހުގެ ފަތިހު ޕެނާމާގެ ދިދަ ނަގާފައިވާ، 190 މީޓަރުގެ ދިގުމިނުގެ އެމްވީ ނަވިއޯސް އެމަރިލިސް ނަމަކަށް ކިޔާ ކާގޯ ބޯޓު ރަސްފަރީގެ ހުޅަނގު ފަރާތުގެ ފަރަށް އެރުމާ ގުޅިގެން، ފަރަށް ލިބުނު ގެއްލުންތައް އަންދާޒާ ކުރުމަށް ފަހު އޭރުގެ ސަރުކާރުން އެ ބޯޓު ވަނީ 10 މިލިއަން ޑޮލަރުން ޖުރިމަނާ ކޮށްފައެވެ.

އުޅަނދުގެ ވެރިފަރާތުން ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ބޮޑު ޖޫރިމަނާ ދައްކާފައެވެ. މި ޖޫރިމަނާގައި ފަރަށް ލިބުނު ގެއްލުމުގެ އަގާއި ފަރު ކުރިން އޮތް ހާލަތަށް އަނބުރާ ގެނައުމަށް ހިނގާނެ ޚަރަދު އޮތީ ހިމަނާފައެވެ. މި ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމުން ސަރުކާރުން ނިންމީ ފަރު އާލާ ކުރުމަށް 50 މިލިއަން ރުފިޔާގެ ޓްރަސްޓް ފަންޑެއް އުފެއްދުމަށެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ބޯޓެއް ފަރަށް އެރުމުގެ ސަބަބުން ލިބުނު ޖުރިމަނާ ފައިސާ ބޭނުން ކޮށްގެން ފަރު އާލާ ކުރުމުގެ މަސައްކަތް ކުރުަމަށް ނިންމި ފުރުަތަމަ ފަހަރެވެ.

ރަސްފަރިިި އާއި ރަށުގެ ވަށައިގެންވާ ފަރު ވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހުން ފެށިގެން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދެއްގެ ގޮތުގައި އިޢުލާނުކުރެވިފައެވެ. މި ސަރަޙައްދަކީ ފީނުމަށް މަޝްހޫރު އަދި ކ. އަތޮޅުގައި ތިމާވެށީގެ ގޮތުން އެންމެ މުއްސަނދި ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދެވެ. މި ސަރަޙައްދުގައި ދިވެހިރާއްޖޭގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތްތަކުގެ ތެރެއިން މަޑި އާއި، ކަނޑުމަހާއި އަދި ވެލާ ފަދަ ދިރުންތައް ފެނެއެވެ.

ރަސްފަރި ރެސްޓޯރޭޝަން މަޝްރޫއުގެ ނަމުގައި އޭރުގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މަޝްރޫއެއް އިއުލާނު ކުރީ 11 ޖެނުއަރީ 2023 ގައެވެ. ފަރު އާލާ ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ, 2023 ވަނަ އަހަރުގެ އޮކްޓޯބަރ 05 ވަނަ ދުވަހު އޭރުގެ ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާއެވެ.

ރަސްފަރި ފަރު އާލާ ކުރުމުގެ މަސައްކަތައް ކުރީ ސަރުކާރުން އުފެއްދި ރެސްޓޮރޭޝަން ޓްރަސްޓް ފަންޑުގެ ބޭނުން ކޮށްގެން އޮފީސް އިމާރާތަކަށް ޚަރަދު ކުރަން މި ސަރުކާރުން ހުއްދަ ދިން އިރު، މި ސަރުކާރުން އެއްވެސް ފައިސާ އެއް އެ ފަންޑަށް އިތުރު ކޮށްދީފައި ނުވާ ކަމަށް އިތުބާރު ހުރި ގޮތެއްގައި މި ނޫހަށް އެނގިފައިވެއެވެ.

ހުޅުމާލެ އިން ޓުއަރިޒަމް މިނިސްޓްރީގެ ތިމާވެއްޓާ ބެހޭ ބައި ހިންގުމަށް އޮފީހެއް ހޯދުމަށް މަސައްކަތް ކުރަމުން ދަނީ މި ސަރުކާރުން އުވާލާފައިވާ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ހިނގަމުން ދިޔަ ގްރީން ބިލްޑިންގ ގައި ރޯވެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވުމުގެ ސަބަބުންނެވެ. ޖެހިގެން ހުރި ހައުސިންގ މިނިސްޓްރީ ގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެގެން ގޮސް ގްރީން ބިލްޑިންގ އަނދާ ހުލިވީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަަނަ ދުވަހުއެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި ގްރީން ބިލްޑިންގ އެނދިފަހުން އެ އިމާރާތް އަލުން ބިނާ ކުރަން މި ސަރުކާރުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، އެ ތަނުގައި މަސައްކަތް ކުރި މުވައްޒަފުން ގެންގޮސް ލާފައިވަނީ ދަރުބާރުގޭގެ މާލަމަކަށެވެ. އެތަނުގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ މުވަައްޒަފުންނަށް ގެއްލުން ލިބޭ ޝަކުވާ 122 މުވައްޒަފުން ސޮއިކޮށް މި އަހަރުގެ މެއި މަހު ޕެޓިޝަނެއް ސަރުކާރަށް ހުށަހެޅިއެވެ.

އިމާރާތުގައި ރޯވި ގޮތް ތަހުގީގު ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި މިހާތަނަށް އަދި ތަހުގީގުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒުރަސްފަރިގްރީން ބިލްޑިންގފަރު އާލާކުރުންއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު