Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީއާރުއޭ

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީޕީއޭގެ ހުރިހާ ބާރެއް މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެކުލަވާލި އީއާރުއޭގެ ޒިންމާދާރު އެންމެ އިސްވެރިޔާގެ މަގާމަށް ހައްސާން މުހައްމަދު އައްޔަންކޮށްފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 12:40
އީއާރްއޭގެ އިސްވެރިޔަކަށް އައްޔަންކުރި ހައްސާން މުހައްމަދު

އީއާރްއޭގެ އިސްވެރިޔަކަށް އައްޔަންކުރި ހައްސާން މުހައްމަދު

އީޕީއޭ ގެ ހުރިހާ ބާރެއް ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ދަށަށް ބަދަލުކޮަށް އެކުލަވާލި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ އެންމެ އިސްވެރިޔަކަށް، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން މުހައްމަދު "ޗީފް އެގްޒެކެޓިވް" ގެ ގޮތުގައި އައްޔަނުކޮށްފި އެވެ.

ހައްސާން މި މަގާމަށް އައްޔަނު ކުރި އިރު މީގެ ކުރިން ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން، މި އިދާރާގެ ވެރިޔާގެ މަގާމަކީ ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން އާއްމުކޮށް އިއުލާނު ކޮށްގެން ހޮވާ "ޗީފް އެޑްމިނިސްޓްރޭޓަރ" އެވެ.

ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެގައި އީއާރުއޭ އިން ވަނީ އެ އިދާރާގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހައްސާން އައްޔަނު ކުރިކަން އިއުލާނުކޮށް މަރުހަބާ ކިޔާފައެވެ.

ކުރިން މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭގެ ނަން ބަދަލުކޮށް، އުފެއްދި އީއާރުއޭ ގެ ޗީފް އެޑްމިނިސްޓްރޭޓަރ ގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން އިން ވަނީ އިއުލާނު ކޮށްފައެވެ. އަދި އިއުލާނުގެ މުއްދަތު ހަމަވާނީ މި ހިނގާ އޮގަސްޓް މަހުގެ 26 ވަނަ ދުވަހަށެވެ. ރައީސް އޮފީހުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުން އީއާރުއޭގެ ވެރިޔަކަށް ހުންނާނީ މި އިއުލާނެ ދަށުން އޮންނަ އުސޫލުގެ ތެރެއިން ކަނޑައަޅާ ޗީފް އެޑްމިނިސްޓްރޭޓަރ އެވެ. ނަމަވެސް މި އިއުލާނު ކުރިތާ އެންމެ 48 ގަޑި އިރުވެސް ހަމަ ނުވަނީސް މިވަނީ، މީގެ ކުރިން ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުރި ބޭފުޅަކު "ޗީފް އެގްޒެކެޓިވް" ގެ ނަމުގައި އީއާރުއޭ ގެ ވެރިޔަކަށް އައްޔަނު ކޮށްފައެވެ.

އީޕީއޭގެ ނަން އަދި ހިންގުމަށް ރައީސް މުއިއްޒު ގެންނެވި ބަދަލު ތަކުގެ ސަބަބުން އެ އިދާރާގެ ހުރިހާ ބާރެއް މިހާރު ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ދަށަށް ބަދަލު ކޮށްފަ އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދިެވި އީޕީއޭ، މީގެ ކުރިން ހިނގަމުން ދިޔައީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުންނެވެ.

އީޕީއޭގެ ބާރު ކެނޑޭ ގޮތަށް ރައީސް މުއިއްޒު ގެންނެވި ބަދަލު ތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. މި ބަދަލުތަކާ ގުޅޭ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ އީޕީއޭގެ ދައުރެއް ނެތި އީއައިއޭ ހެދޭ ގޮތަށް ސަރުކާރުން އީއައިއޭގެ ގަވާއިދަށް އިސްލާހު ގެނައުމުން އީޕީއޭގެ ބާރެއް ނެތްކަން ދައްކުވައިދޭ ކަމަށެވެ. އަދި މިއީ ސަރުކާރުގެ މަސައްކަތްތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެކި މުއައްސަސާތަކުގެ ދައުރު ހަނިކޮށް، ބަލިކަށި ކުރުމަށް މިހާރު އޮތް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީޕީއޭގެ ރެގިއުލޭޓަރީ ދައުރު ހަރުދަނާ ކުރުމުގެ ފުރުސަތު އޮއްވައި، އެތަނުގެ މިނިވަންކަން ނަގާލުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ، އެއީ ބާރުތައް ޖަމާ ކުރަން މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.

އީއާރުއޭއީޕީއޭހައްސާން މުހައްމަދުއިބްރާހިމް ނައީމްއެންވަޔަރަމަންޓް މިނިސްޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު