Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަމްޕާ ރަޖިސްޓްރީ ނިޒާމް

ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި

އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތައް ރަޖިސްޓްރީކޮށް ލައިވް ލޮކޭޝަން ހިއްސާކުރުން އެންވަޔަރަމެންޓް މިނިސްޓްރީން މަޖުބޫރުކޮށްފި. މި އާ އުސޫލުގެ ދަށުން އެ ސަރަހައްދުގައި ޖެޓްސްކީ ދުއްވުން މަނާކޮށްފައިވާއިރު، އުޅަނދުތަކުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ޕްރޮޕެލާ ގާޑު" ހަރުކުރުމަށް ވަނީ މުހުލަތެއް ދީފަ. މި ފިޔަވަޅުތަކަކީ ގަވައިދާ ހިލާފަށް އުޅަނދުތައް ދުއްވުމުގެ ސަބަބުން ހިނގާ ހާދިސާތައް މަދުކޮށް، އެ ސަރަހައްދުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅި ފިޔަވަޅުތަކެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 20 ޖޫން 2026 | ހޮނިހިރު 12:18
ދިވެހިރާއްޖޭގެ އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ޑައިވް ދޯންޏެއް ހަރަކާތްތެރިވަނީ.

ދިވެހިރާއްޖޭގެ އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ޑައިވް ދޯންޏެއް ހަރަކާތްތެރިވަނީ. | ރާއްޖެއެމްވީ

އދ. އަތޮޅުގައި އޮންނަ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) އަށް ދެން ވަދެވޭނީ އެކަމަށްޓަކައި ހާއްސަކޮށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް ސަރުކާރުން ނިންމައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި، ފެހުރިހި ބެލުމަށާއި ސްނޯކަލް އަދި ޑައިވް ކުރުމަށް އެ ސަރަހައްދަށް ވަންނަ ހުރިހާ އުޅަނދެއް މިހާރު ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. މިގޮތުން އެ މިނިސްޓްރީގެ ކަމާ ގުޅޭ ޕޯޓަލް މެދުވެރިކޮށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އާ އުސޫލުގެ ދަށުން ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތަކުން ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް މިނިސްޓްރީން ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދަށް ވަނުމުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭއިރު، ރަޖިސްޓްރީ ކުރުމުން ދޫކުރާ ހާއްސަ ދިދަ އެ ސަރަހައްދުގައި އުޅޭއިރު ނަގާފައި ބަހައްޓަން ޖެހޭނެ އެވެ. މީގެ އިތުރުން އެ ސަރަހައްދަށް ވަނުމުގެ ކުރިން އެތަން ބެލެހެއްޓުމަށް ތިބޭ ރޭންޖަރުންނަށް އަންގަން ޖެހޭނެ ކަމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވަގުތު އުޅަނދުގެ "ލައިވް ލޮކޭޝަން" ހިއްސާކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މި ފިޔަވަޅު އަޅަން ނިންމީ، އެކަށީގެންވާ ގަވައިދުތަކެއް ނެތުމާއި، ހެދިފައިވާ ގަވައިދުތަކަށް ބޯނުލެނބުމުގެ ސަބަބުން އެ ސަރަހައްދުގައި ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގާފައިވާތީ އެވެ. މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ގަވައިދުތައް ހަރުކަށިކޮށް، އެ ސަރަހައްދު ބެލެހެއްޓުން ފުލުހުންނާ ވެސް ހަވާލުކޮށްފަ އެވެ.

ސަމްޕާ ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމަށް އެކުލަވާލާފައިވާ އާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަހައްދުގައި ޖެޓް ސްކީ އާއި ޖެޓް ކާރު ފަދަ އުޅަނދުތައް ދުއްވުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި އަދި ކަނޑުއަޑީގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އެ ސަރަހައްދަށް ވަންނަ ސްނޯކަލް އަދި ޑައިވް ދޯނިފަހަރާއި ލޯންޗުތަކުގެ ބުރަފަތީގައި "ޕްރޮޕެލާ ގާޑު" މި މަސް ނިމުމުގެ ކުރިން ހަރުކުރުމަށް ވަނީ އަންގާފަ އެވެ.

މި ސަރަހައްދަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. މީގެ 17 އަހަރު ކުރިން، 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ މި ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ ސަރަހައްދު ވެސްމެ އެވެ.

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާއެންވަޔަރަމަންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

09 މާރިޗު 2026

މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ގަވާއިދު ބަދަލު ކޮށްފި

09 މާރިޗު 2026
 މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ގަވާއިދު ބަދަލު ކޮށްފި
18 ފެބުރުއަރީ 2026

ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!

18 ފެބުރުއަރީ 2026
ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!
13 ފެބުރުއަރީ 2026

މެލިއާ ވޭލް ލެގޫން މޯލްޑިވްސް އަރިއަތޮޅުގައި ހުޅުވައިފި

13 ފެބުރުއަރީ 2026
މެލިއާ ވޭލް ލެގޫން މޯލްޑިވްސް އަރިއަތޮޅުގައި ހުޅުވައިފި
23 ޑިސެމްބަރު 2025

ތަރައްޤީގެ މަޝްރޫއުތައް ހިންގަން ގަސް ކަނޑަން ޖެހޭ: އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު

23 ޑިސެމްބަރު 2025
ތަރައްޤީގެ މަޝްރޫއުތައް ހިންގަން ގަސް ކަނޑަން ޖެހޭ: އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު
18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
12 ޖުލައި 2025

އަރިއަތޮޅު މެރިން ޕްރޮޓެކްޓެޑް އޭރިޔާ ގައި އަނެއްކާ ވެސް ފަތުރުވެރިޔަކު މަރުވެއްޖެ

12 ޖުލައި 2025
އަރިއަތޮޅު މެރިން ޕްރޮޓެކްޓެޑް އޭރިޔާ ގައި އަނެއްކާ ވެސް ފަތުރުވެރިޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު