Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޑެންމާކް

ޑެންމާކުގައި ބަންގީގެ އަޑު އިއްވުން މަނާ ކުރަނީ

ޑެންމާކުގައި އިސްލާމީ ވަންތަކަން ފެތުރުން ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން، މުޅި ގައުމުގައި ބަންގި ގޮވުން މަނާކުރުމުގެ ގާނޫނީ ދިރާސާތައް ވަނީ ފަށާފައެވެ. ސަރުކާރުގެ މި ނިންމުމަކީ ހިޖުރަކުރާ މީހުންނާ ދެކޮޅު ސިޔާސަތުތަކަށް އޮތް ތާއީދު އިތުރުވުމާ ގުޅިގެން، އާންމު ތަންތަނުގައި ދީނީ ކަންކަން ފާޅުކުރުން ހަނިކުރުމަށް ކުރާ މަސައްކަތެކެވެ. މީގެ އިތުރުން ތައުލީމީ މަރުކަޒުތަކުގައި ބުރުގާ އެޅުމާއި ނަމާދުކުރާ ކޮޓަރިތައް ބޭނުންކުރުން މަނާކުރުމަށްވެސް އެ ގައުމުން ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 17:42
ޑެންމާކުގެ ކޯޕަންހޭގަންގައި ހުންނަ އަންހެނުންނަށް ޚާއްސަ މިސްކިތެއް.

ޑެންމާކުގެ ކޯޕަންހޭގަންގައި ހުންނަ އަންހެނުންނަށް ޚާއްސަ މިސްކިތެއް. | ގެޓީ އިމޭޖަސް

ޑެންމާކުގެ މުޅި ސަރަހައްދުގައި ބަންގީގެ އަޑު އިއްވުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ވިސްނަމުންދާ ކަމަށް ހާމަ ކޮށްފިއެވެ. އެ ގައުމުގެ އިމިގްރޭޝަން މިނިސްޓަރު މޯޓަން ބޮޑްސްކޯވް ވިދާޅުވި ގޮތުގައި، ބަންގީގެ އަޑަކީ ޑެންމާކުން ޖާގަދެވޭނެ ކަމެއް ނޫނެވެ. މި ނިންމުމަކީ އެ ގައުމުގައި "އިސްލާމީ ވަންތަކަން" ފެތުރުން ހުއްޓުވުމަށް ޑެންމާކް ސަރުކާރުން ފަށާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ނިންމުމެކެވެ.

ބުދަ ދުވަހު އެ ގައުމުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ "ރިޓްޒާއު" އަށް ދެއްވި ބަސްދީގަތުމެއްގައި، ވެރިކަންކުރާ ސޯޝަލް ޑިމޮކްރެޓްސް ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ބޮޑްސްކޯވް ވިދާޅުވީ، މުޅި ޑެންމާކުގައި ބަންގި ގޮވުން ގާނޫނީ ގޮތުން މަނާކުރެވިދާނެތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ ތަހުގީގުތައް އަލުން ފެށުމަށް ކަމާބެހޭ އިދާރާތަކުން ތައްޔާރުވަމުންދާ ކަމަށެވެ.

ބޮޑްސްކޯވް "ރިޓްޒާއު" އަށް ވިދާޅުވި ގޮތުގައި، ޑެންމާކުގެ ފުރާޅުތަކުގެ މަތިން ބަންގީގެ އަޑު އިވިގެން ނުވާނެއެވެ. އަދި ޑެންމާކުގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭއިރު، ތިމާ ހުރީ ޕާކިސްތާނުގެ އިސްލާމްއާބާދުގެ އަވަށެއްގައި ކަމާމެދު އެއްވެސް މީހެއްގެ ހިތުގައި ޝައްކު އުފެދިގެން ނުވާނެ ކަމަށާއި، އެއީ ޑެންމާކުން ޖާގަދެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑެންމާކުގެ ބައެއް ސިޓީތަކުގައި، އޭގެ ތެރޭގައި ކޯޕަންހޭގަން ހިމެނޭ ގޮތަށް، އަޑުގަދަކުރުމާ ގުޅޭ އާންމު ގަވާއިދުތަކުގެ ދަށުން ބަންގީގެ އަޑު ފެތުރުން މިހާރުވެސް ވަނީ ހަނިކޮށްފައެވެ. ނަމަވެސް، ގާތްގަނޑަކަށް ހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޑެންމާކުގައި "އިސްލާމީ ވަންތަކަން" އާންމު ތަންތަނުގައި މާ ބޮޑަށް ފާޅުވަމުންދާ ކަމަށް ބޮޑްސްކޯވް ވިދާޅުވިއެވެ. ޑެންމާކުގައި ގާތްގަނޑަކަށް 270،000 މުސްލިމުން (މުޅި އާބާދީގެ 5 އިންސައްތަ) ދިރިއުޅޭއިރު، އެ ގައުމުގައި ގާތްގަނޑަކަށް 100 މިސްކިތް ހުރެއެވެ.

ބަންގި މަނާކުރުމުގެ މި ހުށަހެޅުން އައިސްފައިވަނީ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަންގެ ތިންވަނަ ދައުރު ފެއްޓެވި ދަނޑިވަޅެއްގައެވެ. މިދިޔަ މާރިޗު މަހު ބޭއްވި އިންތިޚާބުގައި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް އޮތް ޕްރެޝަރާއި، ހިޖުރަކުރާ މީހުންގެ މައްސަލައިގައި އާންމުންގެ ނުރުހުން އަމާޒުވުމުގެ ސަބަބުން، ފްރެޑްރިކްސަންގެ ސޯޝަލް ޑިމޮކްރެޓްސް ޕާޓީއަށް ވަނީ ފާއިތުވި ސަތޭކަ އަހަރު ތެރޭގައި ކުރިމަތިވި އެންމެ ދަށް ނަތީޖާ ލިބިފައެވެ.

މި ދަނޑިވަޅުގައި، މުސްލިމުން އެ ގައުމަށް ހިޖުރަކުރުން މުޅިން ހުއްޓުވުމަށް ކެމްޕޭން ކުރި ކަނާތު ފިޔައިގެ "ޑެނިޝް ޕީޕަލްސް ޕާޓީ" އަށް އޮތް ތާއީދު ވަނީ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފައެވެ.

މީގެ ރައްދުގައި ބޮޑުވަޒީރު ފްރެޑްރިކްސަން ވަނީ އާންމު ތަންތަނުގައި އިސްލާމީ ކަންކަން ފާޅުކުރުމާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް އިތުރަށް ހަރުކަށި ކުރައްވާފައެވެ. މީގެ ތެރޭގައި، މޫނު ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް ފުޅާކުރުމާއި، ކެމްޕަސްތަކުގައި ހުންނަ ނަމާދުކުރާ ކޮޓަރިތައް ނައްތާލުން ހިމެނެއެވެ.

މީގެ ކުރިންވެސް ފްރެޑްރިކްސަންގެ ސަރުކާރުން ވަނީ ހިޖުރަކުރާ މީހުންނަށް ހިމާޔަތް ދިނުމުގެ ގަވާއިދުތައް ހަރުކަށިކޮށް، ގިނަ އަދަދަކަށް ބޭރު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް "ގެޓޯ" ގާނޫނުތައް ތައާރަފުކޮށްފައެވެ. އަދި އެ ގައުމުގެ ސަގާފަތާ އެކަށީގެންވާ މިންވަރަށް މަސްހުނިނުވާ ކަމަށް ބެލެވޭ އަވަށްތަކުން މީހުން އެހެން ތަންތަނަށް ބަދަލުކުރުމުގެ ބާރުވެސް ކަމާބެހޭ އިދާރާތަކަށް ވަނީ ދީފައެވެ.

ބަންގި މަނާކުރުމަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ޑެންމާކުގެ ސެކިއުލަރ މާހައުލު ރައްކާތެރިކުރުމަށާއި، އިސްލާމީ އާދަކާދަތަކުން އެ ގައުމު ދުރުކުރުމަށް ކުރާ ކަމެކެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ވަކި ދީނަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ކަމަށާއި، މީގެ ސަބަބުން އަޅުކަން ކުރުމުގެ މިނިވަންކަމަށް ގާނޫނުއަސާސީން ދީފައިވާ ރައްކާތެރިކަމާ ޚިލާފުވެދާނެ ކަމަށެވެ.

މުޅި ޔޫރަޕްގައިވެސް މިހާރު ދަނީ ހިޖުރަކުރާ މީހުންނާއި އިސްލާމީ އާދަކާދަތަކާ ދެކޮޅަށް ވަރުގަދަ ރޫހެއް އުފެދެމުންނެވެ. އެގޮތުން ނެދަލޭންޑްސް، ބެލްޖިއަމް، އޮސްޓްރިއާ، ސްވިޒަލޭންޑް އަދި ޑެންމާކުން ވަނީ މޫނު ނިވާކުރުން މުޅިން ނުވަތަ ބައެއް ހާލަތްތަކުގައި މަނާކުރާ ގާނޫނުތައް ފަހަކަށް އައިސް ފާސްކޮށްފައެވެ.

ޑެންމާކްމޯޓަން ބޮޑްސްކޯވްމެޓެ ފްރެޑެރިކްސަންބަންގިސްވިސް ޕީޕަލްސް ޕާޓީސޯޝަލް ޑިމޮކްރެޓްސް

އިތުރަށް ކިޔާލަން

13 ޖޫން 2026

ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަން ގައި ހިފެހެއްޓުމަށް ރިފަރެންޑަމެއް ބާއްވަނީ

13 ޖޫން 2026
ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަން ގައި ހިފެހެއްޓުމަށް ރިފަރެންޑަމެއް ބާއްވަނީ
26 މާރިޗު 2026

އިންތިޚާބުގެ ނާކާމިޔާބީއާ ގުޅިގެން ޑެންމާކުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި

26 މާރިޗު 2026
އިންތިޚާބުގެ ނާކާމިޔާބީއާ ގުޅިގެން ޑެންމާކުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
21 ޖެނުއަރީ 2026

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

21 ޖެނުއަރީ 2026
ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20 ޖެނުއަރީ 2026

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 ޖެނުއަރީ 2026

ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

17 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި
17 ޖެނުއަރީ 2026

ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

17 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
15 ޖެނުއަރީ 2026

ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި

15 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި
15 ޖެނުއަރީ 2026

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

15 ޖެނުއަރީ 2026
ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް
12 ޖެނުއަރީ 2026

ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"

12 ޖެނުއަރީ 2026
ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"
10 ޖެނުއަރީ 2026

ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ

10 ޖެނުއަރީ 2026
ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު