Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެންސަރީ ކްލާސްރޫމް

ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

7 އެޕްރީލު 2026 | އަންގާރަ 12:26

އަމީނިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލުކުރާ 170 އަށްވުރެ ގިނަ ސެން ދަރިވަރުންނަށް އަމާޒުކޮށް، ބީއެމްއެލްގެ އެހީތެރިކަމާއެކު އެ ސްކޫލުގައި ޒަމާނީ ވަސީލަތްތަކާއެކު ސެންސަރީ ކުލާހެއް ވަނީ ތަރައްގީކޮށްފަ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގެނުމުގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްރޫއެއް. ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށްވުރެ ގިނަ ސްކޫލްތަކުގެ ސެން ކުލާސްތަކަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދީ، އެފަދަ ދަރިވަރުންގެ ތަޢުލީމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން.

މަޚްތޫމް
މަޚްތޫމް | 7 އެޕްރީލު 2026 | އަންގާރަ 12:26
ބީއެމްއެލް އިން އަމީނިއްޔާ ސްކޫލުގައި ހުޅުވި ސެންސަރީ ކްލާސް ރޫމް ރަސްމީކޮށް ހުޅުވަނީ.

ބީއެމްއެލް އިން އަމީނިއްޔާ ސްކޫލުގައި ހުޅުވި ސެންސަރީ ކްލާސް ރޫމް ރަސްމީކޮށް ހުޅުވަނީ. | ރާއްޖެ އެމްވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި "އައިވޮންޑަރ"ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފި އެވެ.

އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެ އެވެ.

މި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގަ އެވެ. އަދި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބެންކުންނެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދީފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މިގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވެ އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ބީއެމްއެލްއިން އަބަދު ވެސް ޚާއްސަ އިސްކަމެއްދެ އެވެ.

އަމީނިއްޔާ ސްކޫލް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

07 އެޕްރީލު 2026

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި

07 އެޕްރީލު 2026
ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
02 އެޕްރީލު 2026

ޑޮލަރު ލިކުއިޑިޓީ ވަނީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި: ބީއެމްއެލް

02 އެޕްރީލު 2026
ޑޮލަރު ލިކުއިޑިޓީ ވަނީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި: ބީއެމްއެލް
30 މާރިޗު 2026

މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރެއް

30 މާރިޗު 2026
މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރެއް
30 މާރިޗު 2026

ބީއެމްއެލްއިން ރެކޯޑް ޢަދަދެއްގައި 322 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބަހަނީ.

30 މާރިޗު 2026
ބީއެމްއެލްއިން ރެކޯޑް ޢަދަދެއްގައި 322 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބަހަނީ.
28 މާރިޗު 2026

ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާ: އެކި ދާއިރާތަކުން ހިދުމަތް ކުރި މުވައްޒަފުންނަށް 38 އެވޯޑު!

28 މާރިޗު 2026
ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާ: އެކި ދާއިރާތަކުން ހިދުމަތް ކުރި މުވައްޒަފުންނަށް 38 އެވޯޑު!
26 މާރިޗު 2026

ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

26 މާރިޗު 2026
ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
26 މާރިޗު 2026

ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ 70 އިންސައްތަ އިތުރު

26 މާރިޗު 2026
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ 70 އިންސައްތަ އިތުރު
22 މާރިޗު 2026

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

22 މާރިޗު 2026
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
12 މާރިޗު 2026

ސްވައިޕް އައްޑޫއަށް ތައާރަފްކޮށް، ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް

12 މާރިޗު 2026
ސްވައިޕް އައްޑޫއަށް ތައާރަފްކޮށް، ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް
10 މާރިޗު 2026

ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި

10 މާރިޗު 2026
ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް