Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރްޑީސީ ޕްރެސް

ދެ ޕްރޮޖެކްޓް ނޫން އެހެން ހުރިހާ ޕްރޮޖެކްޓެއް މިއަހަރު ނިމޭނެ: މަމްދޫހު

28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 12:51

14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 12:51
އެމްއާރްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްއާރްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މޯލްޑިވްސް ރޯޑް ޑެވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީން) ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދެ މަޝްރޫއުއެއް ފިޔަވާ އެހެން ހުރިހާ މަޝްރޫއު އެއް މިއަހަރު ނިންމާލާނެ ކަމަށް އެކްޓިންގް މެނޭޖިންގ ޑިރެކްޓަރ އަހުމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

އެމްއާރްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މަމްދޫހު ވިދާޅުވީ، އެމްއާރްޑީސީގެ 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތުގެ އިތުރަށް 67 ރަށެއްގެ ފުޓްސަލް މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާކަމަށެވެ.

Advertisement - newsAdvertisement

މަމްދޫހު ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން 12 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލާނެ ކަމަށެވެ. އެގޮތުން ގދ. ތިނަދޫ އާއި ގއ.ވިލނގިއްޔާއި ދ.ކުޑަހުވަދޫ އާއިތ. ވިލުފުށީގެ އިތުރުން ސ.ހުޅުމީދޫގެ މަގު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާ ހައުސިން މިނިސްޓްރީއަ ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ވެސް އެއްކޮށް ނިންމާލާނެ ކަަމަށް މަމްދޫހު ވިދާޅުވި އެވެ.

"ހއ. ދިއްދޫގެ 15 މަގެއްގެ މަސައްކަތް ކުރެވެމުން އެބަދޭ. އެއީ 4.5 ކިލޯ މީޓަރު. އޭގެ ގާތްގަނޑަކަށް 85 ޕަސެންޓް މަސައްކަތް އެވަނީ ކޮށް ނިމިފައި.ހދ. ކުޅުއްފުށީގެ 18 މަގެއްގެ މަސައްކަތް ދަނީ ކުރަމުން.އެއީ 5.8 އަށެއް ކިލޯ މީޓަރު. އޭގެ ތެރެއިން 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި. ހދ. ހަނިމާދޫގެ 21 މަގެއްގެ މަސައްކަތް ދަނީ ކުރެވެމުން. އެއީ 6.5 ކިލޯ މީޓަރު ދިގު މަގެއް،" މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ، ހދ.ހަނިމާދޫ އާއި ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަސައްކަތް ނޫން އެހެން މަސައްކަތްތައް އެއްކޮށް ނިންމުމަކީ މިއަހަރުގެ ޓާގެޓް ކަަމަށެވެ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިފައިވާ އިރު ފުވައްމުލަކުގެ ލިންކް ރޯޑުގެ ކުރެވިފައިވަނީ 10 ޕަސެންޓް މަސައްކަތް ކަމަށެވެ. އަދި މި ދެ މަސައްކަތްވެސް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ހަތް ރަށެއްގެ ޖެޓީގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގދ.ތިނަދޫގެ އިސްލާމީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މަމްދޫހު ވިދާޅުވި އެވެ. މަމްދޫހު ވިދާޅުވީ، އެ މަސައްކަތްވެސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.

މަމްދޫހު ވިދާޅުވީ، ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން ހަތް ރަށުގެ ފުޓްސަލް ދނަޑުގެ ސިިވލް ވޯކް ނިމިފައިވާ ކަމަށެވެ. އަދި އަށް ރަށަކަށް ބޭނުންވާ ޓާފު ރާއްޖެ ގެނެވި ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަސްޓަމްސް އިން ކްލިއަރ ކުރުމަށް ފަހު ދެ ހަފްތާއެއްގެ ތެރޭގައި އެ ރަށްރަށަށް ޓާފު ފޮނުވާނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ، ކުރިން އެމްއާރްޑީސީއާ ގުޅޭ ގޮތުން، އެކި ކަހަލަ ވާހަކަތައް ދެކެވުން ދިޔަ ނަމަވެސް މިއަދު އެމްއާރްޑީސީގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ކުރިން އެމްއާރްޑީސީ އަކީ ގާ އަޅާ ތަނެއްގެ ގޮތުގައި މީހުންނަށް ސިފަވި ނަމަވެސް މިސަރުކާރު އައިފަހުން އެކަން ވަރަށް ބޮޑަށް ބަދަލުވެ، އެމްއާރްޑީސީން ކުރާ މަސައްކަތްތައް ފުޅާވެގެން ހިނގައްޖެ އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް