Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ

އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ހައްލު ހޯދައި، ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދިފައިވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރެއްވި. މި އެއްބަސްވުމާއެކު، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށާއި، މަގާމުން ވަކިކުރި އިބްރާހިމް ވަހީދާއި އަހުމަދު މައުރޫފްގެ މަގާމު އިއާދަކުރުމަށް ނިންމާފައިވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 13:12
 ޕްރައިމަރީ ގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕްރައިމަރީ ގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން | ރާއްޖެ އެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށާއި އެ ޕާޓީގެ އިސް މަޤާމުތަކުން ވަކިކޮށްފައިވާ ބޭފުޅުންގެ މަގާމު އަލުން އިއާދަކުރަން ނިންމައިފި އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން (އިދާރީ)ގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު އާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފްގެ މަޤާމް އަލުން އިއާދަކުރުމަށް ނިންމާފައިވެ އެވެ. 

Advertisement - newsAdvertisement

އެ ދެ ބޭފުޅުން މަޤާމުން ދުރު ކުރީ ފާއިތުވެ ދިޔަ ދުވަސްތަކުގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރޭގަ އެވެ. 

 އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަ ހައްލުކުރެވޭނެ ގޮތް ހޯދައި، މުޅި ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާރު ހޯދިފައިވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން  ކުރި މަސައްކަތްތަކަށް ފަހު  ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު އަނބުރާ ގެންދިއުމަށް ނިންމި ކަމަށް އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ. 

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް އޮތް ހޯމަ ދުވަހަށް ތާވަލްކުރި އެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ޕާޓީގެ ޖަލްސާއެއްގައި ރައީސް ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ އެ މަގާމުން ވަކި ކުރަން ހުށަހެޅީ ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

މި މައްސަލަތަކާ މެދު ގޮތް ނިންމުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ  އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގަ ކަމަށް ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ. އެނގިފައިވާ ގޮތުން އެ ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ. އެހެންނަމަވެސް، ބައްދަލުވުމުގައި ނިންމާ ކަންކަން މީޑީއާތަކަށް ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ވެސް ބުނެ އެވެ. އެގޮތުން ޕާޓީގެ ޗެއާޕަރސަންގެ ނައިބު އިބްރާހިމް ވަހީދު އެ މަގާމުން ވަކި ކުރިކަމަށް އެންގުން ހިމެނޭ ކަމަށާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް ކުއްލިގޮތަކަށް އެ މަގާމުން ވަކި ކޮށްފައިވާ ކަމަށާއި އޭނާ ވަކި ކުރި އެއްވެސް ސަބަބެއް ވެސް އަންގާފައި ނުވާ ކަމަށް ވެސް މައްސަލައިގައި ވެ އެވެ.

އެ މައްސަލައިގައި ފާހަގަ ކޮށްފައި ވާގޮތުގައި މި ވަގުތަކީ ނިމިދިޔަ އިންތިޚާބާ ގުޅޭ ގޮތުންނާއި އެހެނިހެން ކަންކަމާ ގުޅިގެން ވެސް ޕާޓީގެ ފަރާތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް މައްސަލަތައް ހުށަހެޅި އެ މައްސަލަތަކާ ގުޅޭ ގޮތުން އެތައް މަސައްކަތެއް ކުރެވެމުންދާ ވަގުތެއް ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ކުއްލި ގޮތަކަށް ޕާޓީގެ ލީގަލް ޑިރެކްޓަރު އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ވަކިކުރުމަކީ ޕާޓީގެ މެންބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަބްދުލްޣަފޫރު މޫސާއިބްރާހިމް ވަހީދު އަހްމަދު މައުރޫފްއިބްރާހިމް މުހައްމަދު ސޯލިހުރައީސް މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ޕީއެންސީގެ ކެންޑިޑޭޓް 30 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި: ރައީސް ސޯލިހު

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ޕީއެންސީގެ ކެންޑިޑޭޓް 30 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި: ރައީސް ސޯލިހު

11 އެޕްރީލު 2026
ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

08 އެޕްރީލު 2026
55 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޗެއާޕަރސަން ކަމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި

55 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޗެއާޕަރސަން ކަމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި

08 އެޕްރީލު 2026
ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

07 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު