Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

55 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޗެއާޕަރސަން ކަމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި

އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން އަބްދުއްޣަފޫރު މޫސާ މަގާމުން ވަކިކުރަން ހުށަހެޅީ، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އިސް މަގާމުތަކުން މީހުން ވަކިކޮށް، ޕާޓީގެ މަސްލަހަތު ހިމާޔަތްކުރުމަށް އޭނާ ނުކުޅެދިފައިވާ ކަމަށް ބުނެ. މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ޣަފޫރު ނިންމުންތައް ނިންމަވަނީ އެހެން ފަރާތްތަކުގެ ނުފޫޒުގެ ދަށުން ކަމަށްވާތީ، މީގެ ސަބަބުން ޕާޓީ ބައިބައިވެ އާންމު މެންބަރުންގެ އިތުބާރު ގެއްލުމުގެ ބިރު އެބައޮތް. އެހެންކަމުން ޕާޓީގެ ކުރިމަގަށްޓަކައި މިނިވަންކަމާއެކު މަސައްކަތްކުރާނެ ފަރާތަކާ ޗެއާޕަރސަންގެ މަސްއޫލިއްޔަތު ހަވާލުކުރުން މުހިންމު ކަމަށް 55 މެންބަރުންގެ ސޮއިކޮށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 12:00
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މުސާ (ގަޕޯ)

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މުސާ (ގަޕޯ) | ރާއްޖެ އެމްވީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ 55 މެންބަރުންގެ ސޮޔާއެކު އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ އެ މަގާމުން ވަކި ކުރަން ހުށަހަޅައިފި އެވެ. 

އަންގާރަ ދުވަހު ހުށަހަޅާފައިވާ އެ މައްސަލައިގައި ބުނެފައި ވަނީ އެމްޑީޕީ ގެ ގައުމީ މަޖިލީހުން އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން ކަމުގެ މަގާމު ޣަފޫރު އާ ހަވާލު ކުރީ ސަރުކާރުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކާ ޚުދުމުހުތާރު ނިޒާމަކަށް މުޅި ދައުލަތް އެކުގައި ފުރޮޅާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ޕާޓީ އިން ކުރަން ޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށެވެ. 

Advertisement - newsAdvertisement

މި ވަގުތަކީ ދުނިޔޭގެ ބޮޑު ހަނގުރާމަ އެއް ކުރަމުންދާ ވަގުތަކަށް ވެފައި، އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ރާއްޖެއާ ދިވެހިންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ ގޮތަށް އަމަލުކުރަމުންދާ ސިޔާސަތުތަކަށް ވީއިރު އެތައް ބައިވަރު ދިވެހީން އެމްޑީޕީގެ ކިބައިން އެދެމުން އަދި އުއްމީދު ކުރަމުން ދިޔައީ މި ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދާނެ ކަމަށް ކަމަށް ވެސް މައްސަލައިގައި ވެ އެވެ. 

ރައްޔިތުންގެ އެ އުއްމީދާ އެއްގޮތަށް އެކަންކަން ހާސިލުކުރެވޭނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި ޕާޓީ އަށް ތާއީދު އިތުރުކޮށް، އާންމު މެންބަރުން ޕާޓީގެ ލީޑަރުންގެ ގޮތުގައި ބަލާ އެއްވެސް ބޭފުޅަކު ބާކީ ނުކޮށް، އާންމު މެންބަރުންގެ އިހުސާސްތައް ދެނެގަނެގެން ޗެއާޕަރސަންގެ މަސްއޫލިއްޔަތު އަދާ ކޮށްގެން ކަމަށް ވެސް އެ މައްސަލައިގައި ވެ އެވެ. މައްސަލައިގައި ބުނީ އެހެން ނަމަވެސް ފެންނަމުން ދަނީ ވަގުތީ ޗެއާޕަރސަންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމެވުމުގައި އެހެން ފަރާތްތަކުން އަންގަވާ ގޮތްގޮތަށް ނިންމުންތައް ނިންމަމުން ގެންދާ މަންޒަރު ކަމަށެވެ. 

ޚާއްސަކޮށް ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ. އެގޮތުން ޕާޓީގެ ޗެއާޕަރސަންގެ ނައިބު އިބްރާހިމް ވަހީދު އެ މަގާމުން ވަކިކުރިކަމަށް އެންގުން ހިމެނޭ ކަމަށާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް  ވެސް ކުއްލިގޮތަކަށް އެ މަގާމުން ވަކި ކޮށްފައިވާ ކަމަށާއި އޭނާ ވަކި ކުރި އެއްވެސް ސަބަބެއް ވެސް އަންގާފައި ނުވާ ކަމަށް ވެސް މައްސަލައިގައި ވެ އެވެ. 

އެ މައްސަލައިގައި ބުނީ މި ވަގުތަކީ ނިމިދިޔަ އިންތިޚާބާ ގުޅޭ ގޮންނާއި އެހެނިހެން ކަންކަމާ ގުޅިގެން ވެސް ޕާޓީގެ ފަރާތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް މައްސަލަތައް ހުށަހެޅި އެ މައްސަލަތަކާ ގުޅޭ ގޮތުން އެތައް މަސައްކަތެއް ކުރެވެމުންދާ ވަގުތެއް ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ކުއްލި ގޮތަކަށް ޕާޓީގެ ލީގަލް ޑިރެކްޓަރު އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ވަކިކުރުމަކީ ޕާޓީގެ މެންބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ. 

މި އެންމެހައި ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެމްޑީޕީ އަށް އިތުރުވާން ފަށާފައިވާ ތާއީދާއި އިތުބާރު ގެއްލުމުގެ ފުރުސަތު އިތުރުވެފައިވާ އިރު، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަވެރިކަން އުފެދި ޕާޓީ ބައިބައި ވުމަށް މަގުފަހި ވެގެން ދާނެ ކަމަށް ވެސް ފާހަގަކޮށްފައި ވެ  އެވެ.  މި ދަނޑިވަޅުގައި ވަގުތީ ޗެއާޕަރސަން ޣަފޫރު ވަނީ ޕާޓީ އާ މެންބަރުންގެ މަސްލަހަތު ހިމާޔަތް ކުރަން ނުކުޅެދިފައި ކަމަށާއި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އޭނާ އެ މަގާމުން އެއްފަރާތްވެ، މިނިވަންކަމާއި އިންސާފުރެވިކަމާއެކު މެންބަރުންގެ މަސްލަހަތު ހިމާޔަތް ކޮށް ޕާޓީ އަށް އޮތް ތާއީދާއި އިތުބާރު އިތުރުކުރުމަށް މަސައްކަތް ކުރާނެ ފަރާތަކާ އެ މަގާމު ހަވާލު ކުރުން ކަމަށް ވެސް މައްސަލައިގައި ވެ އެވެ. 

އެހެންކަމުން 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައި ވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ އެ މަގާމުން ވަކި ކުރުމަށެވެ. 

އެމްޑީޕީއަބްދުލްޣަފޫރު މޫސާއިބްރާހިމް ވަހީދު އަހްމަދު މައުރޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

08 އެޕްރީލު 2026
މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

07 އެޕްރީލު 2026
ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު