Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ

އަރިއަތޮޅު މެރިން ޕްރޮޓެކްޓެޑް އޭރިޔާ ގައި އަނެއްކާ ވެސް ފަތުރުވެރިޔަކު މަރުވެއްޖެ

މަރުވެފައި ވަނީ އުމުރުން 47 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އެމެރިކާގެ ރައްޔިތެއް

ރާއްޖެ އެމްވީ | 12 ޖުލައި 2025 | ހޮނިހިރު 08:14
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ގައި ފެހުރިއްސަކާ އެކު ފަތުރުވެރިން ފަތަނީ

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ގައި ފެހުރިއްސަކާ އެކު ފަތުރުވެރިން ފަތަނީ

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ ގައި އަނެއްކާ ވެސް ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ޖުލައި މަހު ކުރީ ކޮޅު ހިނގި މި ހާދިސާ ސަރުކާރުގެ އެއްވެސް ފަރާތަކުން މިހާތަނަށް އޮތީ ހާމަ ނުކޮށެވެ.

Advertisement - newsAdvertisement

މި ނޫހުން ސުވާލު ކުރުމުން ފުލުހުން ވަނީ މިކަން ހިނގިކަން ހޮނިހިރު ދުވަހު މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ، މަރުވެފައި ވަނީ އުމުރުން 47 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އެމެރިކާގެ ރައްޔިތެއް ކަމަށެވެ.

"އދ އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރި އެއް މަރުވެފައިވާ ކަމުގެ މައްސަލަ 2025 ޖުލައި 6 ވަނަ ދުވަހުގެ 12:28 ހާ އިރު ފުލުހުންނަށް ހުށަހެޅިފައިވޭ؛" ފުލުސް އޮފީހުން ފޮނުވި މައުލޫމާތުގައި ވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފައި ވުމުގެ އިތުރުން އެ މީހާ މަރުވި ސަބަބާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ މަރުވެފައި ވަނީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ފެހުރިހި ޖަމާވާ ސަރަހައްދެއް ކަމަށް ވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަމްޕާ) ސަރަހައްދުންނެވެ.

މިއީ އެ ސަރަހައްދުން މަރުވި ކަމަށް ރެކޯޑް ކުރެވުނު 6 ވަނަ ފަތުރުވެރިޔާ އެވެ.

ފަތުރުވެރިންގެ އަތުން ބޮޑު އާމްދަނީ އެއް ލިބުނު ނަމަވެސް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ސަރުކާރުން ފޯރުކޮށް ނުދޭތީ މި ސަރަހައްދު ބެލެހެއްޓުން ދޯދިޔާ ވެފައިވާ ކަމުގެ ވާހަކަތައް މީގެ ކުރިން ވެސް މީޑިއާ ގައި ހާމަވެފައިވެއެވެ.

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު